
(ފޮޓޯ ކްރެޑިޓްސް: ސޯޝަލް މީޑިއާ)
ރާއްޖޭގެ 5 ސަރަހައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ނިންމަވާ އެކަމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް ލުއިތަކެއް ދެއްވުމަށް ނިންމަވައިފިއެވެ. މި ނިންމެވުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައު ދޮރެއް ހުޅުވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ޙަލާލު ޓޫރިޒަމަކީ މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ޚާއްސަ އިސްކަމެއް ދީގެން އަދި އެހެން ހުރިހާ މެހުމާނުންނަށްވެސް މެހުމާންދާރީ އަދާކުރެވޭގޮތަށް، ފަރުމާކުރެވިފައިވާ ޚިދުމަތްތަކެއްކަމަށެވެ. އަދި މި ކޮންސެޕްޓް ތަންފީޒުކުރެވިގެން ދާނީ ރިސޯޓު ތަރައްޤީކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި ރިސޯޓް އޮޕަރޭޝަންސްގެ މަރުހަލާގައިމަށް އެވުޒާރާއިން ވިދާޅުވެއެވެ. މި ގޮތުން ރާއްޖޭގެ 5 ސަރަޙައްދަކުން ކަނޑައެޅޭ ރަށްތަކެއް ފަތުރުވެރިކަމަށް ހުޅުވާލެވާލުމަށް ނިންމަވާ “ހަލާލް ޓޫރިޒަމް” ގެ ކޮންސެޕްޓަށް ތަރައްޤީކޮށް ހިންގުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް އިތުރު ލުއިތަކެއް ދެއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. ހަލާލް ޓޫރިޒަމަށް ހުޅުވަލުމަށް ސަރުކާރުން ނިންމަވާފައިވަނީ ހއ.އަތޮޅު، ހދ.އަތޮޅު، ށ.އަތޮޅު، ތ .އަތޮޅު، އަދި ލ.އަތޮޅުގައެވެ.

މިސަރަޙައްދުގައި ހަލާލް ޓޫރިޒަމް ތަޢާރަފްކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް ލީސް އެކުއިޒިޝަން ކޮސްޓުން އިތުރު 20 އިންސައްތަ ދަށްކުރުމަށާއި، ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ފަހިކުރުމަށް ރިސޯޓު ތަރައްގީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން 5 ވަނަ އަހަރު އަދި 6 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި ދައްކާގޮތަށް ހަމަޖެއްސުމަށްވަނީ ނިންމަވާފައެވެ. މީގެއިތުރުން ރިސޯޓް ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު ނުވަތަ ގްރޭސް ޕީރިއަޑްގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރާ ހާލަތުގައި، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މަޢާފްކޮށްދިނުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، ރިޒޯޓެއް ތަރައްޤީކުރުމަށް ގެންނަ ތަކެތީގެ ކެޕިޓަލް އިންވެސްޓްމަންޓްގެ 20 އިންސައްތަ އާ ހަމައަށް ޑިއުޓީ މަޢާފްކޮށްދިނުމަށް ސަރުކާރުންވަނީ އަދި ތަންތަން ތަރައްޤީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސްސަސްއާއި އިލެކްޓްރޯނިކް އަދި އެހެނިހެން އެމެނިޓީސް ޑިއުޓީ މަޢާފު ދޭ ކެޓެގަރީއަށް އިތުރުކުރުމަށްވަނީ ކަނޑައަޅާފައެވެ. މިލުއިތަކާއެކު މި 5 ސަރަޙައްދުން 31 ޕްރޮޖެކްޓް ހިންގުމަށް އޯޕަން ބިޑިން އަދި ކްލޯޒް ބިޑިން އުސޫލުން ހުޅުވާލުމަށްވަނީ ނިންމާފައެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އެސަރަޙައްދުތަކުން ކޮންމެ އަތޮޅަކުން، ހަލާލް ޓޫރިޒަމް ގެ މޮޑެލްއަށް އެއް ޕްރޮޖެކްޓް ކަނޑައެޅިފައި ވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
