
(ފޮޓޯ ކްރެޑިޓްސް: ވިޒިޓް މޯލްޑިވްސް)
ރާއްޖޭގައި ހަލާލު ފަތުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ހާމަކުރައްވާ އެ ރައްތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ މިމަހުގެ ތެރޭގައެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ރާއްޖޭގައި ހަލާލް ޓުއަރިޒަމް ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކާއި ރަށްތައް އިއުލާންކުރައްވާފައެވެ. ރާއްޖޭގެ 5 ސަރަހައްދެއްގައި ހަލާލް ޓުއަރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅައި އެ 5 ސަރަހައްދުން ކޮންމެ ސަރަހައްދަކުން 1 ރަށެއް މިހާރު ވަނީ އިންވެސްޓްމަންޓަށް ހުޅުވާލާފައެވެ.
ހަލާލް ޓޫރިޒަމް ތަރައްޤީކުރުމަށް ހުޅުވާލި ރަށްތައް:
• ހއ. ބީނާފުށި، ހއ. ކަނޑާލިފިނޮޅު
• ހދ. މަކުނުދޫ ފަރު
• ށ.ފުށިފަރު
• ތ. މާގުޅި
• ލ.ފޮނަގާދޫ
ހަލާލް ނުވަތަ އިސްލާމިކް ޓުއަރިޒަމަކީ މުސްލިމުންނަށް ހާއްސަކޮށް އިސްލާމް ދީނުގެ އަސާސްތަކާއި ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމެވެ. ހަލާލް ޓުއަރިޒަމް ކޮންސެޕްޓަށް ހިންގާ ތަންތަނުގައި ފަތުރުވެރިންނަށް ބޭނުންވާ އެކަހެރިކަމާއި، ހަލާލް ކެއުމާއި ބުއިންތައް ލިބެން ހުރުމާއި، ވަކި ޚިދުމަތްތައް ލިބެން ހުރެއެވެ. ސަރުކާރުން ވިދާޅުވީ، ހަލާލް ޓޫރިޒަމް ތަރައްޤީކުރާނީ ފަތުރުވެރިންނަށް ތަފާތު ގިނަ ޚިދުމަތްތައް ލިބޭނެގޮތައް ކަމަށެވެ. އެގޮތުން މި ރަށްތައް ތަރައްޤީވެގެން އަންނައިރު މިތަންތަނުގައި ފަތުރުވެރިންނަށް ނަމާދުކުރެވޭނެ މިސްކިތްތައް ހުންނާނެއެވެ. ރާއްޖޭގެ ރިސޯޓްތަކުގައި މިހާރު މިސްކިތް ހުންނަނީ ހަމައެކަނި މުވައްޒަފުންނަށް ޚާއްސަކޮށްގެންނެވެ.
ހަލާލް ޓޫރިޒަމް ތަރައްޤީކުރާ ރަށްތަކަށް ބަނގުރަލާއި، އޫރުމަސް އެތެރެކުރުން މަނާވާނެއެވެ. އަދި މިތަންތަނުން ތައްޔާރުކުރާ ކެއުންތަކުގައިވެސް އެއްވެސް ވަރަކަށް މިފަދަ ބާވަތްތައް އެކުލެވިފައި ނުހުންނާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ރިސޯޓްތަކުގެ މުވައްޒަފުންގެ ހެދުންއެޅުންވެސް ހުންނާނީ އިސްލާމީ މިންގަނޑުތަކާއި އެއްގޮތަށެވެ. އަދި ރަމާޟާންމަހުގައި ވަކި ޚާއްސަކޮށް ހާރުކެއުމާއި، ރޯދަވީއްލުން ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވެލާ ޕްރައިވެޓް އައިލަންޑް)
ހަލާލް ފަތުރުވެރިކަމަށް 5 ރަށެއް ހުޅުވާލިއިރު ސަރުކާރުން މި ރަށްތައް ހުޅުވާލާފައިވަނީ އިންވެސްޓަރުންނަށް ވަރަށް ބޮޑެތި ދުއިތަކެއްދީ އިންވެސްޓްމަންޓަށް ފަހިވާގޮތަށެވެ. ހަލާލު ޓޫރިޒަމް މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ ޖުލައި 15 އިން އޮގަސްޓް 4 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 1 ވަނަ ދުވަހެވެ. ހަލާލް ފަތުރުވެރިކަމަކީ ދުނިޔޭގައި ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ. ހަލާލް ފަތުރުވެރިކަމުގެ ޚިދުމަތްތައް ލިބޭ ތަންތަނަށް މުސްލިމުން ދަތުރުކޮށް، ކޮންމެ އަހަރަކުވެސް މި ބާވަތުގެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އެތައް ބިލިޔަން ޑޮލަރަކަށް އަރައެވެ. މިދިޔަ އަހަރު އެކަނިވެސް މި ދާއިރާގެ އާމްދަނީ 274 ބިލިޔަން ޑޮލަރަށް އަރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އިސްލާމީ ޤައުމުތައް ހިމެނޭ ސަރަހައްދުތަކުން ރާއްޖެއަށް އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ސައުތު އީސްޓް އޭޝިއާ ސަރަހައްދުން 28،815 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %12.5 އިތުރުވުމެކެވެ. ސައުތު އޭޝިއާ ސަރަހައްދުން %2.3 އިތުރުވުމަކާއިއެކު 78،157 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މެދުއިރުމަތިން 28،640 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ %3.2 އިތުރުވުމެއްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
