
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މޯލްޑިވިއަންގެ ލ.ކައްދޫ އާއި އައްޑޫ ސިޓީ ގަމުގައި ޤާއިމްކޮށްފައިވާ އޮފީހުން ޓިކެޓް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މޯލްޑިވިއަނުން ބުނީ 1 ޖުލައި އިން ފެށިގެން މި 2 ސަރަހައްދުގައި ޤާއިމްކޮށްފައިވާ އެކުންފުނީގެ އޮފީހަށް ގޮސް ކަސްޓަމަރުންނަށް ޓިކެޓް ނެގޭނެ އިންތިޒާމް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ. މި ޚިދުމަތް މެދުކަނޑާލި ސަބަބެއް މޯލްޑިވިއަނުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ އޮފީހުން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް މިހާރެކޭވެސް އެއްފަދައިން ލިބޭނެކަމަށް މޯލްޑިވިއަނުން ވަނީ ހާމަކޮށްފައެވެ.
މޯލްޑިވިއަނުން ބުނީ ލ.ކައްދޫ އާއި އައްޑޫ ސިޓީ ގަމުގައި އެ ކުންފުނީގެ އޮފީހަށް ގޮސްގެން ޓިކެޓް ނެގުން މެދުކަނޑާލި ނަމަވެސް އެ ކުންފުނީގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޓިކެޓް ނެގޭނެކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަން، ކޯލް ސެންޓަރ، މެއިލް، ވައިބަރ އަދި އެ ކުންފުނިން ކަނޑައަޅާފައިވާ އެޖެންޓުން މެދުވެރިކޮށް ޓިކެޓް ނެގޭނެއެވެ.
އެއަރޕޯޓްގައި ހުރި އެ ކުންފުނީގެ ކައުންޓަރުތައް ޗެކިން ކުރާ ވަގުތުތަކުގައި ހުޅުވިފައި ހުންނާނެކަމަށާއި އެތަންތަނުންވެސް ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. ލ.ކައްދޫ އާއި އައްޑޫ ސިޓީ ގަމުގައި ޤާއިމްކޮށްފައިވާ އޮފީހުން ޓިކެޓް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް އެހެން ސަރަހައްދުތަކުގައި ހުރި އެ ކުންފުނީގެ އޮފީސްތަކުން ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
