
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. އެމްއޭސީއެލްގެ މާލީ ހިސާބުތައް އާއްމުކޮށްފައިވަނީ ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ. އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އެމްއޭސީއެލްގެ މާލީ ތަފާސް ހިސާބުތަކަށް ބަލާއިރު، އެކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 7.9 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ކުރީ އަހަރު އެކުންފުނީގެ އާމްދަނީއަކީ 7 ބިލިޔަން ރުފިޔާއެވެ. މިއީ 11 އިންސައްތަ ކުރިއެރުމެކެވެ. މިދިޔަ އަހަރު ކުންފުނީގެ ރިކަރެންޓް ޚަރަދަކީ 7.2 ބިލިޔަން ރުފިޔާއެވެ. އަދި ސާފު ފައިދާއަކީ 1.1 ބިލިޔަން ރުފިޔާއެވެ. މިއީ އޭގެކުރީ 2023 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ 833.5 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 32.2 އިންސައްތަ އިތުރު އަދަދެކެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، މިއީ ކުންފުނީގެ ތާރީހުގައިވެސް މިވަރުގެ ބޮޑު ސާފު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ. އެމްއޭސީއެލްއަށް ލިބުނު އާމްދަނީ އިތުރުވެ ސާފު ފައިދާ އިތުރުވެފައިވާއިރު، އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އެކުންފުނީގެ އެއަރ ޓްރެފިކް ނޫން އެހެން ހިދުމަތްތަކުން ލިބިފައިވާ އާމްދަނީތަކުންނެވެ. މިދިޔަ އަހަރު މިބައިން 6.7 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ވައިގެ ޚިދުމަތް ނޫން އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ތެޔޮ ވިއްކައިގެން ހޯދި 4.7 ބިލިޔަން ރުފިޔާގެ އާމްދަނީއެވެ.
ވައިގެ ޚިދުމަތްތަކާއި ގުޅުން ހުރި އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 1.06 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މި ބައިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރައުންޑް ހޭންޑްލިންގ ފީ ގެ ގޮތުގައެވެ. އެގޮތުން ގްރައުންޑް ހޭންޑްލިން ފީގެ ގޮތުގައި 630.9 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އެމްއޭސީއެލްއަށް ބޮޑު ފައިދާއަށް ލިބިފައިވާއިރު، ވެލާނާ އެއައޕޯޓުގެ އައު ޓާމިނަލް އަންނަ މަހު ހުޅުވުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އެކުންފުނިން ވަނީ އައު ޓާމިނާލާއެކު ކުންފުނީގެ ވިޔަފާރިއަށްވެސް ކުރިއެރުން އަންނާނެ ކަމަށް ލަފާކޮށްފައެވެ. މިގޮތުން އަލަށް ހުޅުވާ ޓާމިނަލުގައި ކޮމާޝަލް ގިނަ ޖާގަތަކެއް ދޭއިރު، ޓާމިނަލުން ދޭ ޚިދުމަތްތައް ފުޅާކުރެވޭނެ ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
