
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި އީރާނުން ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް އަލުން ފެށުމުގެ ފުރުޞަތު އޮތް ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ)ގެ ވެރިޔާ ރަފަޔަލް ގްރޮއްސީ ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ޖޫން 22ވަނަ ދުވަހު އެމެރިކާއިން އީރާންގެ މައި ނިއުކްލިޔަރ މަރުކަޒުތަކަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އެ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކުގެ ބިމު އަޑީގައި، ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމުގައި އީރާނުން ވެސް އޮތީ ބުނެފައެވެ. އެ ކަމާ ކޯފާ އިސްކުރައްވައި، ޓްރަމްޕް ވަނީ އީރާނުން ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް އަލުން ފަށައިފި ނަމަ، އެ ޤައުމަށް އަލުން ޙަމަލާ ދޭނެ ކަމަށް ވިދާޅުވެ، އިންޒާރު ދެއްވާފައެވެ. “އެ މީހުންގެ [އީރާންގެ] ކެޕޭސިޓީތައް [ޔުރޭނިޔަމް މުއްސަނދި ކުރުމުގެ ވަސީލަތްތައް] އެ ހުރި ގޮތުގައި އެބަހުރި. އަޅުގަނޑު ދަންނަވާނީ، މަދު މަސްތަކެއްގެ ތެރޭގައި ސެންޓްރިފިޔުޖްތައް އޮޕަރޭޓް ކުރަން ފަށައި، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް އަލުން ފެށުމުގެ ފުރުޞަތު އެބައޮތޭ، އޭގެ ކުރިން ވެސް ފަށާފާނެ،” ގްރޮއްސީ ވިދާޅުވިއެވެ.
އީރާންގެ ނަޠާންޛާއި ފޫރްދޫ އަދި އަޞްފިހާން ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ޓްރަމްޕް ވިދާޅެފައިވާތީ އެ ކަމަށް އިޝާރާތް ކުރައްވައި ގްރޮއްސީ ވިދާޅުވީ، “ސާފު ބަހުން ދަންނަވާ ނަމަ، ހުރިހާ އެއްޗެއް ނައްތައިލާފައިވާނެ ކަމަށް ބުނުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނޯންނާނެ،” ކަމުގައެވެ. ނަމަވެސް، އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަކީ ޤަބޫލު ކުރަން ޖެހޭ ޙަޤީޤަތެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމުގެ ނަމުގައި ޔަހޫދީން ވެސް ވަނީ ޖޫން 13ވަނަ ދުވަހު އީރާނަށް ބޮންއަޅަން ފަށާފައެވެ. އެއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވެސް ވަނީ ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އަދި، އެމެރިކާއިން ޔަހޫދީންނާ ބައިވެރިވެ އީރާނަށް ޙަމަލާ ދިނުމުން، އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޙަމަލާ ދީފައެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލާފައި ވަނީ، 12 ދުވަސް ފަހުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
