
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މަސައްކަތަށް ނުނިކުމެ ހަޅުތާލުކުަރަމުންދާ ބަންގްލަދޭޝްގެ ޓެކްސް އަދި ކަސްޓަމްސް މަސައްކަތްތެރިން ވަގުތުން މަސައްކަތަށް ނިކުތުމުތަށް އެ ޤައުމުގެ ސަރުކާރުން އަންގައިފިއެވެ. ބަންގްލަދޭޝްގެ ޓެކްސް އަދި ކަސްޓަމްސް މަސައްކަތްތެރިން މަސައްކަތް ހުއްޓައިލައި ހަޅުތާލުކުރަމުންދާތާ ދެ ދުވަސް ވެއްޖެއެވެ. އެ މީހުންގެ މަސައްކަތް ހުއްޓައިލީ ނޭޝަނަލް ބޯރޑް އޮފް ރެވެނިއު، އެންބީއާރު އުވައިލައި ދައުލަތަށް ލިބޭ އާމްދަނީ ބަލައިގަންނަ އައު އިދާރާތައް ޤާއިމުކުރަން އަންގައި ސަރުކާރުން އަމުރެއް ނެރުމާ ގުޅިގެންނެވެ. ސަރުކާރުން ބުނީ އެ ބަދަލު ގެނައުމަށް ނިންމީ އާމްދަނީ ބަލައިގަތުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ޒަމާނީކުރުމުގެ މަޤްޞަދުގައި ކަމަށެވެ.
ނަމަވެސް އެންބީއާރުގެ ގިނަ މުވައްޒަފުންނަށް ވަނީ ވަޒީފާގެ ރައްކާތެރިކަން ނެތް ކަމުގެ އިޙްސާސް ކުރެވި، މުއައްސަސާތަކުގެ މިނިވަންކަން ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މީހުން ދަނީ އަލަށް ހުށަހަޅާފައިވާ އޮނިގަނޑަށް ބަދަލު ގެނައުނަށް ގޮވާލައިފައެވެ. އޭގެ އިތުރުން އެންބީއާރުގެ ޗެއާޕާސަންގެ އިސްތިޢުފާއަށް ވެސް އެ މީހުން ދަނީ ގޮވައިލަމުންނެވެ. އެ ކަންކަމަށް ގޮވާލައި ބަންގްލަދޭޝްގެ ހުރިހާ ސަރަޙައްދެއްގައި ހަޅުތާލު ފަށާފައި ވަނީ ޖޫން މަހުގެ 28ވަނަ ދުވަހުއެވެ. ޓެކްސް އަދި ކަސްޓަމްސްގެ މުވައްޒަފުންގެ ހަޅުތާލާ ގުޅިގެން އެ މީހުންގެ މަސައްކަތާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ބަންގްލަދޭޝްގެ އެންމެ މައި އެއް ވިޔަފާރި މަރުކަޒުކަމުގައިވާ ޗިޓަގޮންގް ބަނދަރުގައި ވެސް ކަސްޓަމްސްގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ހަޅުތާލާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެންމެހާ މަސައްކަތްތެރިން މަސައްކަތަށް ނިކުންނަން ޖެހޭ ކަމަށާއި ޤައުމުގެ މަސްލަހަތަށް ގެއްލުން ލިބޭފަދަ ޢަމަލުތަކުން ދުރުހެލިވާން ޖެހޭ ކަމަށެވެ. މަސައްކަތްތެރިން މަސައްކަތަށް އަނބުރާ ނުނިކުމެއްޖެނަމަ އާންމުންނާއި ޤައުމުގެ އިޤްތިޞާދު ރައްކާތެރި ކުރުމަށް ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރަށް މަޖުބޫރުވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އަޅާނެ ފިޔަވަޅުތަކުގެ ތަފްޞީލް ބަޔާންކޮށްފައެއް ނުވެއެވެ. ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުގެ އިސްވެރިޔާ، މުޙައްމަދު ޔޫނުސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެސް އިމްޕޯޓް-އެކްސްޕޯޓް މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަންޖެހޭ ކަމަށް ވަނީ ބުނެފައެވެ. އެންބީއާރުގެ ހުރިހާ ވަޒީފާއަކީ ވެސް ކޮންމެހެން މުހިންމު ވަޒީފާއެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
