
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ދިން ޙަމަލާއަކާ ގުޅިގެން ފެށުނު 12 ދުވަހުގެ ހަނގުރާމައިގައި އީރާނުން ބޭނުންކޮށްފައި ވަނީ އެ ޤައުމުގެ ދިފާޢީ ބާރުވެރިކަމުގެ ފަސް އިންސައްތައަށްވުރެ މަދު ޢަދަދެއް ކަމަށް އެ ޤައުމުން ބުނެފިއެވެ. ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދޭން ފެށީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ މުހިންމު ސަރަޙައްދުތަކަށް ޔަހޫދީން ޙަމަލާދީފައިވެއެވެ. މިއީ 1980ގެ އަހަރުތަކުގައި އީރާނާއި ޢިރާޤާ ދެމެދު ކުރި ހަނގުރާމައަށް ފަހު އީރާނަށް ކުރިމަތިވި އެންމެ ބޮޑު ޙަމަލާއެވެ. އެ ޙަމަލާގައި އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންސުވެރިންނާއި ގިނަ ޢަދަދެއްގެ އާންމުން ޝަހީދުކޮށްލާފައިވެއެވެ. އެ ޙަމަލާގެ ރައްދެއްގެ ގޮތުން އީރާނުން ވަނީ ޔަހޫދީންނާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށައި ޔަހޫދީ ދައުލަތަށް ވަރުގަދަ ޙަމަލާތައް ދީ ގެއްލުން ދީފައެވެ. ދެ ފަރާތުން ބަދަލުކުރި ޙަމަލާތަކުގައި އީރާނުގެ 610 މީހުން ޝަހީދުވެ، 5،000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އަދި ޔަހޫދީންގެ 28 މީހުން މަރުވެ، 3،238 މީހުންނަށް ޒަޚަމްވެ، އިމާރާތަކާއި އަސްކަރީ މަރުކަޒުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
ޔަހޫދީން އީރާނަށް ޙަމަލާ ދެމުން ދަނިކޮށް، ޖޫން މަހުގެ 22ވަނަ ދުވަހު އެމެރިކާއިން ވެސް ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެ، އީރާނުގެ މައި ނިއުކްލިޔަރ މަރުކަތުތަކަށް ބޮން އަޅައިފައެވެ. އެ ގޮތުން އިޞްފަހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދީފައިވެއެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ޙަމަލާދީފައެވެ. އޭގެ ފަހުން ޔަހޫދީންނާއި އީރާނުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ.
އީރާނުގެ އިންޤިލާބީ ފައުޖުގެ އިސް އޮފިސަރެއް ކަމަށްވާ ބްރިގޭޑިޔަރ ޖެނެރަލް މުޙައްމަދު ރިޒާ ނަޣްދީ ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ޔަހޫދީންނާއި އެމެރިކާއާ ދެކޮޅަށް އެ ޤައުމުން ދިން ޙަމަލާގައި ބޭނުން ކުރުމަށް ޚާއްޞަ ކޮށްފައި ވަނީ އަސްކަރީ ބާރުވެރިކަމުގެ ފަސް އިންސައްތައަށްވުރެ ވެސް މަދު މިންވަރެއް ކަމަށެވެ. އޭގެ މާނައަކީ އަސްކަރީ ޤާބިލު ކަމުގެ ފަސް އިންސައްތަ ބޭނުންކޮށްފައިވުން ނޫން ކަމަށް ވެސް އޭނާ އޮޅުންފިލުވައިދެއްވިއެވެ. އޭގެ މާނައަކީ އީރާނުގެ އެންމެ ވަރުގަދަ އަސްކަރީ ހަތިޔާރު އެއްވެސް މިންވަރަކަށް ބޭނުންކޮށްފައި ނުވާ ކަމާއި އެ ޤައުމުގެ ފުރިހަމަ އަސްކަރީ ޤާބިލުކަން މިހާތަނަށް ދައްކާފައި ނުވާކަން ކަމަށް އޭނާ ވިދާޅުވިއެވެ. ޔަހޫދީންނާ ދެކޮޅަށް ދިން ފަދަ ޙަމަލާ ދުޝްމަނުންނާ ދެކޮޅަށް ދީދީ އެތައް އަހަރެއް ވަންދެން އެ ޤަައުމަށް ދެމިތިބެވިދާނެ ކަމަށް ވެސް ނަޣްދީ ވިދާޅުވިއެވެ.
ހަނގުރާމައިގެ ދުވަސްވަރު އީރާނުގެ ހަމަލާތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ޔަހޫދީ އަސްކަރިއްޔާގެ މިސައިލް ނިޒާމު ފުރިހަމައަށް ބޭނުންކޮށްފައިވާ ކަމަށާއި އެމެރިކާއިން ވެސް ޔަހޫދީންނަށް އެހީތެރިވެދީފައިވާ ކަމަށް ހުޅަނގުގެ ނޫސްތަކުން ވަނީ ފާހަގަކޮށްފައެވެ. އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެމެރިކާއިން ވަނީ މިސައިލް ޙަމަލާ ދިނުމަށް ބޭނުން ކުރާ އެ ޤައުމުގެ ހަތް ‘ތާޑް’ މިސައިލް ޕްލެޓްފޯމުގެ ތެރެއިން މަގުވެގެން ދެ ޕްލެޓްފޯމް 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ބޭނުން ކޮށްފައެވެ. އެ 12 ދުވަހުގެ ތެރޭގައި ޔަހޫދީންނަށް އެހީތެރިވުމަށް އެމެރިކާއިން 800 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން ޚަރަދު ކޮށްފައިވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
