
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފަށާފައިވާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 100،000އާ ގާތްކުރާ ޢަދަދަކަށް ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ޔުނިވަސިޓީ އޮފް ލަންޑަނުގެ އިޤްތިޞާދީ މާހިރެއް ކަމަށްވާ ޕްރޮފެސަރ މައިކަލް ސްޕަގެޓް އަދި ފަލަސްޠީނުގެ ސިޔާސީ އިލްމުގެ ސައިންޓިސްޓެެއް ކަމަށްވާ ޚަލީލް ޝިކާކީ ކުރި ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށް ޖުމްލަ 10،000 މީހުން ދިރިއުޅޭ ޣައްޒާގެ 2،000 ގޭބިސީއެއްގެ މީހުންނާ ވަނީ ސުވާލުކޮށްފައެވެ. ދިރާސާގެ ހޯދުންތަކުން ދެއްކި ގޮތުގައި މި އަހަރުގެ ޖަނަވަރީ މަހާ ހަމައަށް ޔަހޫދީން ވަނީ ޣައްޒާގެ 75،200 ރައްޔިތުން ވަނީ އަނިޔާވެރިކޮށް ޝަހީދުކޮށްލައިފައެވެ. އޭގެ ތެރެއިން ގިނަ މީހުން ޝަހީދުވެފައި ވަނީ ހަތިޔާރު ބޭނުންކޮށްގެން ކަމަށް ދިރާސާއިން ދައްކައެވެ. އަދި އިތުރު 8،450 މީހުން އެހެނިހެން ގޮތްގޮތަށް ޝަހީދުކޮށްލާފައިވެއެވެ. ޝަހީދުވި މީހުންގެ 56 އިންސައްތައަކީ 18 އަހަރު ނުފުރޭ ކުޑަކުދިންނާއި އަންހެނުން ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ޖަނަވަރީ މަހުގެ ފަހުން ވެސް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ވަނީ 10،000އަށްވުރެ ގިނަ މީހުން އެ ސަހަރުގައި ޝަހީދުވެފައިވާ ކަމަށް މަޢުލޫމާތު ދީފައެވެ. އެއާއެކު ޢުދުވާން ފެށުނު ފަހުން މިހާތަނަށް 100،000އާ ގާތްކުރާ ޢަދަދަކަށް ޣައްޒާގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ބެލެވެއެވެ. ޝަހީދުވެފައިވާ މީހުންގެ ޢަދަދުގެ ގޮތުގައި ޣައްޒާގެ ޞިއްހީ ވުޒާރާއިން ރަސްމީކޮށް އިޢުލާނުކޮށްފައި ވަނީ 56،000އެއްހާ މަރެވެ. ޢުދުވާނުގައި ޝަހީދުވި މީހުންގެ ހަޤީޤީ ޢަދަދު އެ ޢަދަދާ އަޅާބަލައި އިރު ގާތްގަނޑަކަށް ދެ ގުނަ އިތުރު ކަމަށް ބެލެވޭއިރު ރަސްމީ ޢަދަދުތަކުން ޣައްޒާގެ ހަޤީޤީ ޙާލަތު ދައްކުވައިނުދޭ ކަމަށް ބެލެވެއެވެ.
ސްޕަގެޓް ވިދާޅުވީ ދިރާސާގައި އެއްކުރި މަޢުލޫމާތަށް ބަލާއިރު ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޢުދުވާނަކީ 21ވަނަ ޤަރުނުގެ އެންމެ ލޭއޮހޮރުވުން ގިނަ ޙަމަލާތަކެވެ. ޢުދުވާނުގައި މިހާތަނަށް ޝަހީދުވެފައިވާ މީހުންނަކީ ޣައްޒާގެ ޖުމްލަ އާބާދީގެ ހަތަރު އިންސައްތަ ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ ފާއިތުވި ޤަރުނުގެ ތެރޭގައި އާބާދީއެއްގެ މިހާ ބޮޑު ނިޞްބަތެެއް ޢުދުވާނެއްގައި ޝަހީދުވެފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. އޭގެ އިތުރުން ޣައްޒާ ޢުދުވާނުގައި އަނިޔާވެރި މަރެއްގައި ޝަހީދުވެފައިވާ އަންހެނުންނާއި ކުޑަކުދިންގެ ނިޞްބަތަކީ ފަހުގެ އެހެން ހަނގުރާމަތަކާ އަޅާބަލައިއިރު ދެ ގުނައަށް ވުރެ އިތުރު ނިޞްބަތެއް ކަމަށް ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
