
ފަރަންސޭސިވިލާތުގެ ދަށުގައި އޮންނަ ކޯސިކާއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފިއެވެ. ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ސަރަޙައްދީ ޤާނޫނުހަދާ މަޖިލީހަށް ހުށަހެޅީ އެ މަޖިލީހުގެ ރައީސް މަރީ އެންޓޮއިނެޓް މައުޕަރޓުއިސްއެވެ. އޭނާ ހުށަހެޅުއްވި ޤަރާރުގައި ބަޔާންކޮށްފައި ވަނީ އދން މީގެ ކުރިން ފާސްކޮށްފައިވާ ޤަރާރުތަކާ އެއްގޮތަށް، ފަލަސްޠީނުގެ ދައުލަތެއް އޮންނަ ކަމަށް ބަލައިގަންނަ ކަމަށެވެ. ޔަހޫދީން ފަލަސްޠީނަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޖަރީމާތަކެއް ކަމަށާއި އެއީ ބަޔަކު ނަސްލުހޭދުކުރުން ކަމަށް ވެސް ޤަރާރުގައި ބުނެފައިވެއެވެ. ދިގު ޒަމާންތަކެއް ވަންދެން ފަލަސްޠީނުގެ ރައްޔިތުން ގެ ބިންތައް އަތުލާފައިވާ ކަމަށާއި، އެ ޤައުމުގެ ރައްޔިތުން ތަފާތުކުރުމާއި ނިޒާމީ އަނިޔާވެރިކަން ތަޙައްމަލު ކުރަމުންދާ ކަމަށް ފާހަގަކޮށް، ޤަރާރުގައި އިތުރަށް ބުނީ ކޯސިކާއިން ފަލަސްޠީނާއެކު ދެމިއޮތް ކަމަށެވެ.
އެ ޤަރާރުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ފަރަންސޭސިވިލާތުން ރަސްމީކޮށް ބަލައިގަތުމަށް ވެސް ގޮވާލައިފައިވެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ފަލަސްޠީނަށް ޙަމަލާދެމުންދާހާ ހިނދަކު ޔަހޫދީ ދައުލަތަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލުމަށް ވެސް ފަރަންސޭސިވިލާތަށް ގޮވާލާފައިވެއެވެ. މީގެ ދުވަސްކޮޅެއް ކުރިން ފަރަންސޭސިވިލާތުން ދިޔައީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެމެރިކާގެ ފަރާތުން ފިއްތުންތައް ކުރިމަތިވުމުން އެ ޤައުމުން މިހާރު ވަނީ އެ ޚިޔާލު ދޫކޮށްލައިފައެވެ.
ޤަރާރު ފާސްވުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުޕަރޓުއިސް ވިދާޅުވީ ކޯސިކާގެ ސަރަޙައްދީ މަޖިލީހުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ފަލަސްޠީނުގެ އާބާދީ ނަސްލުހޭދުކުރުމަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް، އިންސާނީ ހައްޤުތަކާ ޚިލާފު ޢަމަލުތައް ހިންގުމަށް ކޯސިކާއާއި ސާޑީނިޔާގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމާ ދެކޮޅު ހަދާ ކަމަށެވެ. ސާޑީނިޔާއަކީ އިޓަލީވިލާތުގެ ދަށުގައި އޮންނަ ރަށެކެވެ. ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި މިހާތަނަށް 147 ޤައުމަކުން ބަލައިގެންފައިވާ ނަމަވެސް ވިލާތުގެ ގިނަ ޤައުމުތަކަކުން އެ ގޮތަށް ޢަމަލުކުރުމަށް ފަސްޖެހެއެވެ. ނަމަވެސް ވިލާތުގެ ތިން ޤައުމު ކަމަށްވާ އަޔަލެންޑާއި ސްޕެއިންއާއި ނޯވޭއިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
