
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނާ ދެކޮޅަށް ޔަހޫދީން ފެށި ހަނގުރާމައިގައި އެ ޤައުމުގެ އެންމެ ބޮޑު އެއް ޖަލަށް ބޮންއަޅައި 71 މީހުން ޝަހީދުކޮށްލިކަން ހާމަވެއްޖެއެވެ. ބާރަ ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގައި ޔަހޫދީން ބޮންއަޅާފައި ވަނީ އީރާނުގެ ވެރިރަށް ތަހްރާނުގައި ހުންނަ އަވީން ޖަލަށެވެ. އެ ޖަލުގައި ގިނައިން ބަންދުކޮށްފައި ތިބެނީ ސިޔާސީ ކުށްވެރިންނެވެ. އަވީން ޖަލަށް ޔަހޫދީން ބޮންއެޅީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްތަކުގައެވެ. ޖޫން މަހުގެ 23 ވަނަ ދުވަހު އެ ޖަލަށް ބޮންއެޅިކަން އީރާނުގެ އެކި މަސްދަރުތަކުން ބުނެފައިވެއެވެ. ނަމަވެސް އޭރު ބެލެވުނީ އެ ޙަމަލާގައި ބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ.
އީރާނުގެ ޢަދުލްއިންޞާފާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީންގެ ޙަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހިމެނެނީ ޖަލުގެ އިދާރީ މުވައްޒަފުންނާއި އަސްކަރީ ތަމްރީން ފުރިހަމަ ކުރަމުންދިޔަ ޒުވާނުންނާއި ޤައިދީންނާއި އެ މީހުންނަށް ގޮވާލަން ގޮސް ތިބި ޢާއިލާގެ މީހުންނާއި އެ ސަރަޙައްދުގައި ދިރިއުޅެމުންދިޔަ ޢާންމުން ކަމަށެވެ. ޔަހޫދީންގެ ޙަމަލާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޖަލުގެ އިދާރީ އިމާރާތަށެވެ. އަދި އެ ޖަލުގައި ތިބި ޤައިދީން ވަނީ އެހެން ޖަލުތަކަށް ބަދަލުކޮށްފައެވެ. އެ ޖަލުގައި ބަނދުކޮށްފައި ތިބި މީހުންގެ ޢަދަދެއް ސާފެއް ނޫނެވެ. ނަމަވެސް އެއީ އެހެން ޤައުމުތަކަށް ނިޞްބަތްވާ މީހުން ވެސް ބަންދުކޮށްފައި ތިބޭ ޖަލެކެވެ. އޭގެ ތެރޭގައި ވިލާތުގެ ޤައުމުތަކުގެ މީހުން ވެސް ހިމެނެއެވެ.
ޖޫން މަހުގެ 13 ވަނަ ދުވަހު ޔަހޫދީން އީރާނާ ދެކޮޅަށް ފެށީ ހަނގުރާމައިގައި 700އެއްހާ މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި އީރާނުގެ އަސްކަރީ ކޮމާންޑަރުންނާއި ސައިންސްވެރިންނާއި ނޫސްވެރިންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި އެތުލީޓުން ވެސް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
