
(ފޮތޯ ކްރެދިޓްސް: ރޮއިޓާރސް)
ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهން ހަތިޔާރު ތިރިކުރުމަށް އިންކާރު ކުރަމުންދާ ނަމަ، އެ ޤައުމަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބުނެ، ޔަހޫދީން އިންޒާރު ދީފިއެވެ. ޔަހޫދީ ފައުޖުން ލުބްނާންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ނިރުބަވެރި ޙަމަލާތައް ދެމުން ދަނީ ޙަމަލާ ބަދަލު ކުރުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށެވެ. ޖޫން 29 ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ދެކުނަށް ޙަމަލާދީ ޢާންމުންގެ ތިން މީހުން ޝަހީދު ކޮށްލާފައެވެ. ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ޤައުމުގެ ދެކުނުގައި އޮތް އަވަށެއް ކަމުގައިވާ ކޫނީނާއި އިޠާރު ކައިރީގައި އޮންނަ އަވަށެއް ކަމުގައިވާ މަޙްރޫނަތަށެވެ. އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެއްގަމު އުޅަނދުތަކަކަށެވެ. އޭގެ ތެރެއިން ކޫނީނަށް ދީފައިވާ ޙަމަލާގައި އެކަކު ޝަހީދު ކޮށްލާފައިވާއިރު، މަޙްރޫނަތަށް ދިން ޙަމަލާތަކުގައި އިތުރު ދެ މީހުން ޝަހީދު ކޮށްލިއެވެ. ޔަހޫދީން ބުނީ، ކޫނީނަށް ޙަމަލާ ދީފައި ވަނީ ޙިޒްބުاللهގެ އިސް މުޖާހިދެއް ކަމުގައިވާ ޙަސަން މުޙައްމަދު ޙައްމޫދީ ޝަހީދު ކޮށްލުމަށް ކަމުގައެވެ.
ޖޫން 27ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ދެކުނުގައި އޮތް އަލް-ނަބަޠިއްޔަތަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. ޢާންމުން ދިރިއުޅޭ ސަރަޙައްދަކަށް ދީފައިވާ އެ ޙަމަލާތަކުގައި އަންހެނަކު ޝަހީދު ކޮށްލައި، އިތުރު 25 މީހުން ޒަޚަމު ކޮށްލިއެވެ. ލުބްނާންގެ ނޭޝަނަލް ނޫސް އޭޖެންސީން ބުނީ، އަންހެން މީހާ ޝަހީދު ކޮށްލާފައި ވަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ޑްރޯން ޙަމަލާއެއް ދީގެން ކަމުގައެވެ. މިއީ، ނޮވެންބަރު މަހުން ފެށިގެން އަމަލު ކުރަމުންދާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ނިރުބަވެރި ޖަރީމާތަކެކެވެ. ލުބްނާންގެ ރައީސް ޔޫސުފް ޢަވްން ވަނީ ޔަހޫދީންގެ ޖަރީމާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ އެހީތެރިކަމާ އެކު ހަދާފައިވާ އެއްބަސްވުމާ ޚިލާފުވެ، ލުބްނާނަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ޤައުމުން ފޭބުމަށް އިންކާރު ކުރަމުންދާ ކަމުގައެވެ.
އެއްބަސްވުމުގެ ދަށުން ލުބްނާންގެ ލަޔިޠާނީ ކޯރުގެ ދެކުނުގައިވާ ސަރަޙައްދުތަކުގައި ޙިޒްބުاللهން އަސްކަރީ ހަރަކާތްތައް ހިންގުން ވަނީ މަނާކޮށްފައެވެ. އަދި، އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ވަނީ ލުބްނާންގެ އަސްކަރިއްޔާއާއި އެކުވެރި ދައުލަތްތައް (އދ)ގެ ސުލްޙަ ބަލަހައްޓާ ފައުޖާ މަތިކޮށްފައެވެ. ޙިޒްބުاللهން ބުނީ، އެއްބަސްވުމާ އެއްގޮތަށް އެ ޖަމާޢަތުން އަމަލު ކުރަމުންދާ ކަމުގައެވެ. ނަމަވެސް، ޔަހޫދީން ވަނީ ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް އިންކާރު ކުރަމުންދާ ނަމަ، ލުބްނާންގެ ޢާންމު ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް ހުއްޓައިނުލާނެ ކަަމަށް ބުނެ، އިންޒާރު ދީފައެވެ. ޔަހޫދީންގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް ބުނީ، ޙަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންދާނެ ކަމުގައެވެ. އަދި، ޙަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނީ، ލުބްނާންގެ ރައީސް ޢަވްން ޔަހޫދީންގެ ޖަރީމާތައް ކުށްވެރި ކުރެއްވުމުން، އެ ކަމުގެ ރައްދުގައި ކަމުގައި ވެސް އޭނާ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
