
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިންގެ އިރުމަތީގައި އޮތް މުހިންމު ރަށެއް ކަމުގައިވާ ޕޯކްރޮވްސްކް ހިފުމަށް ރަޝިޔާގެ ސިފައިން ހިންގަމުންދާ އަސްކަރީ ކެމްޕޭންގެ ދަށުން އެ ރަށް ހިފުމަށް 110,000 ސިފައިން ހިމެނޭ ބޮޑު ލަޝްކަރެއް ޖަމާކޮށްފައިވާ ކަން ޔޫކްރެއިނުން ހާމަކޮށްފިއެވެ. މި ކަން ހާމަކުރައްވަމުން ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު އޮލެކްސާންދްރް ސިރްސްކީ ވިދާޅުވީ މި ވަގުތު އެންމެ ނުރައްކާތެރި ޙަމަލާތަކެއް ބަދަލު ކުރަމުން ދަނީ ޕޯކްރޮވްސްކް އޮންނަ ސަރަޙައްދުގައި ކަމުގައެވެ. 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ދަށުން ޕޯކްރޮވްސްކަށް އަތްގަދަ ކުރުމަށް ރަޝިޔާއިން އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ މީގެ އަހަރެއް ދުވަސް ކުރިންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ރަޝިޔާގެ އަސްކަރިއްޔާގައި ސިފައިންގެ އަދަދު އިތުރުވި ނަމަވެސް، އަދި ހަތިޔާރުގެ ގޮތުން ބާރުވެރިކަން ބޮޑު ނަމަވެސް، އެ ރަށަށް އަތްގަދަ ކުރެވޭ ގޮތްވެފައި ނުވާ ކަމުގައެވެ.
ޕޯކްރޮވްސްކަށް އަތްގަދަ ކުރުމަކީ ރަޝިޔާއަށް މުހިންމު ކަމެކެވެ. ޔޫކްރެއިންގެ އިރުމަތީގައި އޮތް ދޮންޏެސްކާއި ލުހާންސްކްގެ ހުރިހާ ސަރަޙައްދަކަށް އަތްގަދަ ކުރުމަކީ މުހިންމު އަމާޒެއް ކަމުގައި ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވެފައިވެއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ރަޝިޔާއިން އެމެރިކާއާ އެކު މަޝްވަރާތައް ފަށާފައިވީ ނަމަވެސް، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައި ނުވަނީ، ރަޝިޔާއިން ބޭނުންވާ ސަރަޙައްދުތަކަށް އަތްގަދަ ކުރުމުގެ ފުރުޞަތު ބޮޑު ކުރުމުގެ ގޮތުން ކަމުގައި ޔޫކްރެއިނާއި، އެ ޤައުމުގެ ހުޅަނގުގެ މަދަދުގާރުން ތުހުމަތު ކުރެއެވެ.
ޕޯކްރޮވްސަކީ ބޮޑު ރަށެއް ނޫނެވެ. ނަމަވެސް، އެއީ ރަޝިޔާގެ ލަޝްކަރުތަކާ ކުރިމަތިލަމުންދާ ޔޫކްރެއިންގެ ސިފައިން އަސްކަރީ މައި މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ރަށެކެވެ. އަދި، އެހެން އަސްކަރީ މަރުކަޒުތަކަށް ހަތިޔާރާއި އެހެނިހެން މުދާ ފޯރުކޮށްދިނުމަށް ބޭނުން ކުރާ މައި މަގެކެވެ. މި ވަގުތު ދޮންޏެސްކުގައި ޔޫކްރެއިންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގެ ތެރޭގައި ޕޯކްރޮވްސްކާއި، ކޮސްޗަންތިނިޔެވްކާ، ކްރަމަތޮރްސްކް އަދި ސްލޮވިއެންސްކް ހިމެނެއެވެ. ޕޯކްރޮވްސަކީ ޔޫކްރެއިންގެ މުހިންމު ބޯޓުދެލި މައިނެއް ވެސް އޮންނަ ރަށެކެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ މަސްރަޙު ދިރާސާ ކުރާ އިންސްޓިޓިއުޓް ފޯ ދި ސްޓަޑީ އޮފް ވޯ (އައިއެސްޑަބްލިޔު)ން ބުނީ، ޕޯކްރޮވްސްކަށް އަތްގަދަ ކުރުމަށް ރަޝިޔާއިން މީގެ އަަހަރެއްހާ ދުވަސް ކުރިން ވެސް ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. އަދި، އެ މަސައްކަތް ނާކާމިޔާބުވެފައި ވަނީ، ޔޫކްރެއިންގެ ފައުޖުތަކުން ޑްރޯން ފަދަ ހަތިޔާރު ބޭނުން ކުރަން ފެށުމުން ކަމުގައެވެ. މީގެ އިތުރުން، ހުސްވި އަހަރުގެ އޮގަސްޓު މަހު ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ކޫރްސްކް ސަރަޙައްދަށް ޔޫކްރެއިންގެ ސިފައިން އަރައި ދިން ކުއްލި ޙަމަލާތަކާ ގުޅިގެން ޕޯކްރޮވްސްކް ކައިރިއަށް ސިފައިން ޖަމާ ކުރުމަށް ރަޝިޔާއިން ކުރަމުން ދިޔަ މަސައްކަތްތަކަށް ހުރަސް އެޅިގެން ދިޔަ ކަމުގައި ވެސް އައިއެސްޑަބްލިޔުން ބުންޏެވެ. ސިރްސްކީ ވިދާޅުވީ، ކޫރްސްކްގައި ތިބި ޔޫކްރެއިންގެ ސިފައިންނާ ކުރިމަތިލުމަށް، ރަޝިޔާއިން ޕޯކްރޮވްސްކް ކައިރީގައި ތިބި 63,000އެއްހާ ސިފައިން ގެންގޮސްފައިވާ ކަމުގައެވެ.
“އޭގެ ސަބަބުން ދުޝްމިނުންގެ ޕްރެޝަރާ ކުރިމަތިލުމަށާއި، އިތުރު ސިފައިން ޖަމާކުރުމަށް އަޅުގަނޑުމެންނަށް އިތުރު ފުރުޞަތެއް ލިބިގެންދިޔަ. ޕޯކްރޮވްސްކަށް އަތްގަދަ ކޮށްފައިވާނެ ކަމުގައި 2024ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ދުޝްމިނުން އިޢުލާނު ކުރި ނަމަވެސް އަދި އެ ކަން ހާސިލެއް ނުކުރެވޭ، އެއީ ކޫރްސްކްގައި އަޅުގަނޑުމެން ހިންގި އޮޕަރޭޝަންގެ ނަތީޖާ،” ސިރްސްކީ ވިދާޅުވިއެވެ. ނަމަވެސް، ރަޝިޔާގެ ބިޔަ ލަޝްކަރު މިހާރު ޕޯކްރޮވްސް ވަށައިލުމަށް މަސައްކަތް ކުރަމުންދާ ކަން އޭނާ ހާމަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
