
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުން ޝަހީދުކޮށްލުމަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ބޭނުން ކޮށްފައިވާ ގިނަ އަދަދެއްގެ ޑްރޯނާއި އެހެނިހެން ހަތިޔާރު އެ ޤައުމަށް އެތެރެކޮށްފައި ވަނީ އަޒަރްބައިޖާން މަގުން ކަން ހާމަވެއްޖެއެވެ. ޖާސޫސީ ރިޕޯޓުތަކާ ޙަވާލާދީ މި ކަން ހާމަކޮށްފައި ވަނީ އީރާންގެ ޚާރިޖީ ދާއިރާގެ އިސް އޮފިޝަލެކެވެ. އީރާނުން އަރްމީނިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަހްދީ ސުބްޙާނީ ވިދާޅުވީ، ޖޫން 13ވަނަ ދުވަހު ޔަހޫދީންގެ ޙަމަލާތައް ފެށުމުގެ މަސްތަކެއް ކުރިން އަޒަރްބައިޖާން މަގުން ޔަހޫދީން އީރާނަށް ޑްރޯން ފަދަ ހަތިޔާރު އެތެރެކުރަން ފަށާފައިވާ ކަން ޖާސޫސީ ރިޕޯޓުތަކުން ހާމަވާ ކަމުގައެވެ. “[އީރާންގެ] އަވައްޓެރި ޤައުމުތައް މެދުވެރިކޮށް އީރާނަށް ކުދި ޑްރޯންތަކެއްް އެތެރެކޮށްފައިވާ ކަމުގެ ޖާސޫސީ މަޢުލޫމާތު ވަނީ ލިބިފައި،” އޭނާ ވިދާޅުވިއެވެ.
އެ ކަމުގެ ފުރިހަމަ ތަޙުޤީޤެއް ހަދައިދިނުމަށް އީރާންގެ ރައީސް މަޞްޢޫދު ޕީޒިޝްކިޔާން އަޒަރްބައިޖާންގެ ރައީސްގެ އަރިހުން އެދިވަޑައިގަންނަވާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. “އަޅުގަނޑުމެން މި ތިބީ އެ ތަޙުޤީޤުން ހާމަވާ ކަމެއްގެ އިންތިޒާރުގައި. އެ ކަމާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އެއަށް ފަހު،” ސުބްޙާނީ ވިދާޅުވިއެވެ. އަޒަރްބައިޖާން މަގުން އީރާނަށް ޑްރޯންތަކެއް އެތެރެކޮށްފައިވާ ކަމަށް އީރާނުން ކޮށްފައިވާ ތުހުމަތު އެ ޤައުމުން ދޮގުކުރެއެވެ. އަދި، އީރާނާ ދެކޮޅަށް ޙަމަލާއެއް ދިނުމަށް އެ ޤައުމުގެ ސަރަޙައްދު ބޭނުން ކުރުމުގެ ފުރުސަތު ޔަހޫދީންނަށް ނުދޭނެ ކަމުގެ ޔަގީންކަން އަޒަރްބައިޖާނުގެ ސަރުކާރުން އަރުވާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
އީރާންގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި، ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތައް އެތެރެވެފައި ވަނީ ޢިރާޤުގެ އުތުރާއި ކެސްޕިޔަން ކަނޑުގެ ސަރަޙައްދުންނެވެ. ޔަހޫދީންގެ އުޅަނދުތަކުން ޢިރާޤުގެ ވައިގެ ސަރަޙައްދަށް އެތެރެވެފައި ވަނީ އެ ޤައުމުގެ ސަރުކާރުގެ ހުއްދައާ ނުލައެވެ. ޢިރާޤު ސަރުކާރުން ވަނީ އެ ކަން ކުށްވެރިކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
