
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ އިންޓަރ މަޔާމީ އާއި ދެކޮޅަށް ފްރާންސްގެ ޕީއެސްޖީ ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވެ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ. އެޓްލާންޓާގެ މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި ފަސްދޮޅަސް ފަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ޕީއެސްޖީ އިން ޖެހި ހަތަރު ލަނޑުވެސް އެ ޓީމުން ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މީގެ ދެ އަހަރު ކުރިން ޕީއެސްޖީ ދޫކޮށް އިންޓަރ މަޔާމީ އަށް ބަދަލުވި އާޖެންޓީނާގެ ފޯވަޑް ލިއޮނެލް މެސީ މިއީ, އޭނާގެ ކުރީގެ ކްލަބާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ލަނޑު ޖަހަން ރަގަޅު ދެ ފުރުސަތެއް މެސީ އަށް ލިބުނު ނަމަވެސް އޭގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭ ގޮތް ވަނީ ނުވެފަ އެވެ. އެގޮތުން އޭގެ ތެރެއިން އެއް ހަމަލާ ޕީއެސްޖީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ މަތަކުރިއިރު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކުޅުންތެރިން ބަނީ ބްލޮކް ކޮށްފަ އެވެ.
ޔޫރަޕްގެ ޗެމްޕިއަންކަން ދާދި ފަހުން ހޯދާފައިވާ ޕީއެސްޖީ އިން ވަނީ މި މެޗުގެ 6 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޕީއެސްޖީއަށް ލިބުނު ހިލޭ ޖެހުމަކުން އޭރިޔާ ތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ޖަހާ ޖޮއާއޯ ނެވެސް އެވެ. އަދި މެޗުގެ 39 ވަނަ މިނިޓުގައި ފަބިއަން ރުއީޒްގެ އެސިސްޓަކުން ޖޮއާއޯ ނެވޭސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި މެޗުގައި އޭނާ ޖެހި ދެ ލަނޑާއެކު މިއީ އޭނާ ކެރިއަރުގައިވެސް އެއް މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ޕީއެސްޖީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އިންޓަރ މަޔާމީގެ ޑިފެންޑަރ ތޯމަސް އަވިލޭޒްގެ އަތުން ބައިކޮޅަށް ވަދެފައިޥާ ލަނޑެކެވެ. މި މެޗުގައި ޕީއެސްޖީ އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަޝްރަފް ހަކީމީ އެވެ, މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު ޕީއެސްޖީ އާއި ދެކޮޅަށް ނިކުންނާނީ ޖަރުމަނުގެ ބަޔާން މިއުނިކް އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
