
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ބްރެޒިލްގެ ފްލެމިންގޯ އާއި ދެކޮޅަށް ޖަރުމަނުގެ ބަޔާން މިއުނިކް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ބަޔާން މިއުނިކް އިން ހޯދައިފި އެވެ. މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ފްލެމިންގޯ ނިކުތްއިރު އެ ޓީމު އެންމެ ފަހުން ކުޅުނު 11 މެޗުން ބަލިވެފައެއް ނުވެއެވެ. ބަޔާން މިއުނިކް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ ހަވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ކޯނަރެއް ޖޯޝުއާ ކިމިޗް ނެގިއިރު އެ ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ފްލެމިންގޯގެ މިޑްފީލްޑަރ އެރިކް ޕުލްގާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ބަޔާން މިއުނިކް އިން ވަނީ މެޗުގެ 9 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހެރީ ކޭން އެވެ. މި ލަނޑާއެކު ބަޔާން މިއުނިކް އިން މެޗުގެ ކޮންޓްރޯލް ހޯދާ ފްލެމިންގޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ވަނީ ފޮނުވާލަފަ އެވެ. ނަމަވެސް ފްލެމިންގޯ އިން ވަނީ ލިބޭ މަދު ފުރުސަތުތަކުގައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެގޮތުން މެޗުގެ 33 ވަނަ މިނިޓުގައި ފްލެމިންގޯގެ ގާރސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ގެނެސްދީފަ އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ލިއޮން ގޮރެޓްޒްކާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަ ވަނަ މިނިޓުގައި ފްލެމިންގޯ އިން ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. މި ލަނޑަކީ އޭރިޔާ ތެރެއިން ބަޔާން މިއުނިކްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖޯޖީނިއޯ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ. ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ހަތަރު ވަނަ ލަނޑަކީ މެޗުގެ 73 ވަނަ މިނިޓުގައި ހެރީ ކޭން ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 41 ވަނަ ލަނޑެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
