
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ސަރުކާރުން ބޯހިޔާވަހިކަމުގެ ގޮތުގައި ދޫކުރާ ފްލެޓްތަކަކީ ކުއްޔަށް ދީގެން އާމްދަނީ ހޯދުމަށް ދޫކުރާ މުދަލެއް ނޫން ކަމަށާއި، މިފަދަ ޢަމަލުތަކަކީ އެއްބަސްވުމާ ހިލާފު ކަންކަން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އާހާށޭ ބުނާނަން” ޕްރޮގްރާމްގައި އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ފްލެޓްތައް ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ މަސައްކަތަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަމަކީ ބޯހިޔާވަހިކަން ނުލިބޭ ފަރާތްތަކުގެ ހައްގަށް އަރައިގަތުން ކަމުގައި ވަނީ ވިދާޅުވެފައެވެ.
“ފުލެޓްތައް ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ މަސައްކަތް ވަރަށް ބޮޑު މައްސަލައެއް ޙަޤީޤަތުގައި. އަޅުގަނޑު ކުރީންވެސް މި ދެންނެވި އެއްވެސް ފަރާތަކަށް މި ދެނީ އެބަޔަކު އާމްދަނީ ހޯދަންދޭ މުދާ ގަނޑެއް ނޫނޭ. އަޅުގަނޑު މި ކުރާ ކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ފަރާތްތަކަށް ހެޔޮ އަގުގައި ބޯހިޔާވަހިކަމަށް ފޯރުކޮށްދެނީ،” ޑރ. މުއްތަލިބް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ ތަންތަން މިސްޔޫސް ކުރުމަކީ، ވެފައި އޮންނަ އެއްބަސްވުމާ ހިލާފު ވުން ކަމަށެވެ. އަދި މިފަދަ ކަންކަމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ދޫކުރާ ފުލެޓްތައް ކުއްޔަށް ދޫކުރުން ހުއްޓުވުމަށްޓަކައި، ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަޒީރު ވަނީ ދެއްވާފައެވެ. ބޯހިޔާވަހިކަމާއި ބެހޭ ބިލް ފާސްވެގެން ދިޔުމުން މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ފަސޭހަވާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
“އެކަން ހުއްޓުވުމަށްޓަކައި އަޅުގަނޑުމެން ގާނޫނީ ގޮތުން މިހާރު ގާނޫނު ފާސްވެގެން އަންނައިރު، އިރާދަކުރެއްވިއްޔާ އޭގެތެރޭގައި އޮންނާނެ އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ އުސޫލުތަކާ އެއްޗެހި،” ވަޒީރު ވިދާޅުވިއެވެ.
ކުލި ނުދައްކާ މީހުން ގޮވައިގެން ކޯޓު މަރުހަލާ އަށް ނުގޮސް އަދި މާ ބޮޑު ދަތިތަކެއް ނެތި ކުލި ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު ދޫކޮށްފައިވާ ޔުނިޓްތައް ދޫކޮށްފައި ހުންނަނީ ސޭލް ޕާޗޭސް އެގްރިމަންޓު އުސޫލުން ކަމަށްވުމާއެކު، ދައުލަތުން ފިޔަވަޅު އެޅުމަށް ދަތިތައް ކުރިމަތިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
