
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިދިޔަ ސަރުކާރުން ފެށި ”ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރާ 4،000 ފްލެޓު ރަޖިސްޓްރީކޮށްދެވޭނީ، އެއްބަސްވުމުގައިވާ ގޮތަށް 25 އަހަރުގެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސްކުރުމުން ކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ، މިހާރު އެ ފްލެޓުތަކުގެ އެއްބަސްވުންތައް ހަދަން ނިންމާފައިވަނީ 25 އަހަރަށް ކަމަށާއި، އެ މުއްދަތަށް ޖެހޭ ފައިސާ ދެއްކުމުން މެނުވީ ފްލެޓު ރަޖިސްޓްރީ ނުކުރެވޭނެ ކަމަށެވެ. މީގެ ބޭނުމަކީ ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ސަރުކާރަށް ފަސޭހަ ކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިހާރު ދޫކުރަންއުޅޭ 4000 ފްލެޓް އެގްރިމަންޓް ކުރާނީ 25 އަހަރުގެ މުއްދަތުގެ ކުލި ދެއްކީމަ އެތަން ރަޖިސްޓްރިކޮށްދެވޭގޮތަށް. ކުއްޔަށް ދޭ ތަނެއްގެ ގޮތަށް އޮތީމަ، ކުލި ނުދައްކާނަމަ ފިޔަވަޅު އަޅަން ފަސޭހަވޭ،” މުއްތަލިބް ވިދާޅުވިއެވެ. ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވެފައިވާތީ، މި އުސޫލު ބަދަލުކުރީ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކުރަން ތައްޔާރުވަމުން އަންނަ ގެދޮރުވެރިކަމުގެ ބިލުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އެ ބިލު ފާސްވުމުން، ކުލި ނުދައްކާ ފަރާތްތަކާއި ދޭތެރޭ ކޯޓު މަރުހަލާއަށް ނުގޮސް، ފަސޭހައިން ކުލި ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި، ހައުސިން މަޝްރޫއުތައް ހިންގަނީ ބޮޑެތި ލޯނުތަކެއް ނަގައިގެން ކަމަށްވާއިރު، އެ ލޯނުތައް އަނބުރާ ދައްކަން ޖެހެނީ އެކްސްރޯ އެކައުންޓެއް މެދުވެރިކޮށެވެ. ކުލި ނުދެއްކުމަކީ ބޭންކުތަކަށް ވެސް އެނގޭނެ ކަމަކަށް ވާތީ، ދައުލަތަށް އިތުރަށް ލޯނު ނަގަން ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވާ ކަމަށާއި، މިކަމަކީ ދައުލަތަށް އާމްދަނީ ލިބުން ދަތިވުމަށް ވުރެ މާ ސީރިއަސް މައްސަލައެއް ކަމަށް މުއްތަލިބު ސިފަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން އިތުރު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅޭ ކަމަށްވެސް ވިދާޅުވިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލަހައްޓާ ހުޅުމާލޭގެ ޖުމްލަ 8,511 ހައުސިން ޔުނިޓުގެ ތެރެއިން 5,099 ފްލެޓުން ކުލި ނުދައްކާ ކަމަށް އެޗްޑީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދާދިފަހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން 4000 ފްލެޓުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިންމާފައެވެ. ނަމަވެސް، މިދިޔަ މަހުގެ 29 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވެފައިވަނީ، މިހާތަނަށް ނިމިފައިވަނީ 1000 ފްލެޓް ކަމަށާއި، އެ ތަންތަނަށް ފެނާއި ކަރަންޓް ގުޅައި ނިމޭނީ ޖުލައި މަސް ތެރޭގައި ކަމަށެވެ. އަދި ހުރިހާ ފްލެޓެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
