
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިސްނަގައިން ބޭއްވި ފުޓްބޯޅަ މުބާރާތް ސާންތީ ކޯޗަށް ޚާއްސަކުރީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި، މިއީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ. 8 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ މައިލޯ ސްވޭމް ފުޓްބޯލް ފިއެސްޓަރ ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަފައްކަމުން ސާންތީގެ ކޮއްކޮ އަހުސަން އަބްދުލްޣަނީ ބުނީ އޭނާގެ ބޭބެގެ ހަނދާނުގައި މިވަރުގެ މުބާރާތެއް ބާއްވާ އަގުވަޒަން ކުރުމަކީ އާއިލާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަދި މި ފިއެސްޓާ ކުރިޔަށް ގެންދިޔައީ އާއިލާ އާއި ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ކަމަށެވެ. އެހެންކަމުން ސާންތީ ކޯޗުގެ އަގު ވަޒަންކުރުމުގެ ގޮތުން މިފަދަ ފުރުސަތެއް ސޮކާ ވެޓްރަންސްއަށް ދިނުމުން އެ އެސޯސިއޭޝަންގެ ރައީސް އަލީ ޝަމީމަށް ވަރަށް ބޮޑު ޝުކުރު އަދާ ކުރާ ކަމަށް އަހުސަން ބުންޏެވެ، އަހުސަނު ބުނީ ސާންތީ ކޯޗަކީ ޔޫތް ޑިވެލޮޕްމެންޓަށް ގިނަ މަސައްކަތްތަކެއް ކޮށްދިން މީހެއްކަމަށާއި، ހާއްސަކޮށް ކުޅުންތެރިން އުފައްދަން އުޅުނު މީހަކަށްވާއިރު ތުއްތު ކުދިންގެ މުބާރާތެއް ސާންތީ ކޯޗުގެ ހަނދާނަށް ހާއްސަކުރުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.
އަދި މުބާރާތް ކުރިޔަށް ދިޔައީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކުގައި ކަމަށާއި މުބާރާތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށްވެސް އޭނާ ބުންޏެވެ. ސްވޭމް ފުޓްބޯލް ފިއެސްޓަރ އަކީ ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްމަރްހޫމު އިހްސާން އަބްދުލްޣަނީގެ ހަނދާނުގައި ސޮކާ ވެޓްރަންސްއިން އިސްނަގައިގެން އެކަޑަމީތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ. މި މުބާރާުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ބީޖީ ސްޕޯޓްސް އެކަޑަމީއާއި ވާދަކޮށް އޮޑި އެކަޑަމީގެ އޮޑި އެވެންޖާސް އިންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
