
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފިސް)
ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޓަރމިނަލާއެކު އަހަރުން އަހަރަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ. ޝިއުރީ މިހެން ވިދާޅުވީ އައު ޓަރމިނަލާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޢާންމުކުރެއްވި ވީޑިއޯ ޕޯސްޓެއްގައެވެ. ވެލާނާ އިންޓަނޭޝަލް އެއަރޕޯޓުގައި މިހާރު ތަރައްޤީކުރަމުންދާ އައު އިންޓަރނޭޝަނަލް ޓަރމިނަލުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރާ ބައިނަލްއަޤުވާމީ ފެންވަރުގެ މި ޓަރމިނަލަކީ ރާއްޖޭގެ އިޤުތިޞާދަށް އެތައް ގޮތަކުން ފައިދާކުރާނެ ޢުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢެކެވ. އެގޮތުން މި ޓަރމިނަލުގެ ސަބަބުން އެންމެ ބޮޑު ކުރިއެރުމެއް އަންނާނެ އެއް ދާއިރާއަކީ ފަތުރުވެރިކަމެވެ.
ވީއައިއޭގައި މިހާރު ހުރި ޓަރމިނަލުން ޚިދުމަތް ދެވެނީ އަހަރަކު 1.5 މިލިޔަން މީހުންނަށެވެ. ނަމަވެސް ރާއްޖެއަށް އަހަރަކު 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެހެންކަމުން މިހާރު ހުރި ޓަރމިނަލުން ޚިދުމަތް ދެމުންގެންދަނީ އޯވަރ ކެޕޭސިޓީއެއްގައެވެ. މި މައްސަލައަށް ހައްލު ގެނެސްދޭނީ މިހާރު ހުޅުވުމަށް ތައްޔާރުވަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލެވެ. މި ޓަރމިނަލާއެކު އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ފާހަގަކުރައްވައެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ ވީއައިއޭގެ އައު ޓަރމިނަލާއެކު އިޤުތިޞާދީ ގޮތުން ކުރިއަރާ ދިއުމަށް ގިނަ ފުރުޞަތުތަކެއް ފަހިވާނެ ކަމަށެވެ. އަދި މިހާރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރަމުންދާއިރު، އެއަށްވުރެވެސް އިތުރަށް އައު ޓަރމިނަލާއެކު ފަތުރުވެރިން ޒިޔާރަތްކުރާނެކަން ޝިއުރީ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑު ޔަޤީން ކުރަނީ ދުނިޔޭގެ ލެވެލްގައި ފާހަގަކުރެވޭ ޓާމިނަލަކަށް މި ޓާމިނަލް ވާނެކަން. މި ޓަރމިނަލުން ޚިދުމަތް ލިބިގަންނަ ފަތުރުވެރިންނަށްވެސް ބައިނަލްއަޤުވާމީ ފެންވަރުގެ ގިނަ ތަޖުރިބާތަކެއް ކުރެވޭނެ. ޚިދުމަތްތައް ލިބިގެންދާނެ.” ޝިއުރީ ވިދާޅުވިއެވެ.
Mr. @shiuree, Managing Director of @mmprc_corporate, applauds the planned unveiling of the New Passenger Terminal at Velana International Airport on 26th July 2025, heralding it as an economic milestone.
He emphasized that the state-of-the-art terminal will play a pivotal role… pic.twitter.com/gmuiH5nm4T
— Maldives Airports Company Ltd (@MACLmedia) June 28, 2025
އަންނަ މަހުގެ 26ވާ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހު އައު ޓަރމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް އަންނާނެ ކުރިއެރުންތައް ޝިއުރީގެ އިތުރުންވެސް ގިނަ އިސް ބޭބޭފުޅުން ފާހަގަކުރައްވައެވެ.
އައު ޓަރމިނަލް އަޅަން ފެށި ފަހުން 8 އަހަރުވެފައިވާއިރު، ޓަރމިނަލްގެ މަސައްކަތް އަވަސްކުރުމަށް މި ސަރުކާރުން ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ހުވާކުރެއްވުމުގެ ކުރިން އޭރުގެ އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޓަރމިނަލްގެ މަސައްކަތް ހިނގާ ގޮތް ބައްލަވާލެއްވުމަށް ވަޑައިގެންނެވިއެވެ. އަދި ޓަރމިނަލާއެކު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވެ، ޚިދުމަތްތައް ލުއި ފަސޭހަވާނެކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މީގެ އިތުރުން ރާއްޖޭގައި ޙަލާލް ފަތުރުވެރިކަން ތަރައްޤީކުރުމަށް މަސައްކަތްކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ މިހާރު އިޢުލާންކުރައްވާފައިވާއިރު، ތަފާތު ބާވަތްތަކުގެ ފަތުރުވެރިކަން ކުރިއަރުވުމުގެ މަގު ފަހިވާނެކަން މި ސިނާޢަތުގެ މާހިރުން ދަނީ ފާހަގަކުރައްވަމުންނެވެ.
މި ސަރުކާރަށް މިވީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރައީސްގެ އިރުޝާދުގެ ދަށުން އެމްއޭސީއެލުން ވަނީ ޓަރމިނަލްގެ މަސައްކަތް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ މަސައްކަތްތަކާއެކު ކުރިން މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހުޅުވުމަށް ނިންމި ޓަރމިނަލް، އޭގެ 2 މަސް ކުރިން ހުޅުުވުމަށް މިހާރު މިވަނީ ތައްޔާރުވެފައެވެ. އަލަށް ތަރައްޤީކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ބޮޑު ޓަރމިނަލެކެވެ. މި ޓަރމިނަލް ބޭނުންކުރާނީ ހަމައެކަނި ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ. އެންމެ ޒަމާނީ އެއަރޕޯޓުތަކެކޭ އެއްގޮތަށް، އެއިރޯ ބުރިޖުތައް މި ޓަރމިނަލްގައި ބޭނުންކުރާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
