
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑިޔާގެ މުމްބާއީއިން ޗެންނާއީއަށް ދަތުރުކުރި އެއަރ އިންޑިޔާގެ މަތިންދާބޯޓަކުން އަނދާ ވެސް ދުވާތީ އަނބުރާ މުމްބާއީއަށް ޖައްސައިފިއެވެ. މަތިންދާބޯޓުގައި ދަތުރުކުރި ފަސިންޖަރެއް ޙިއްޞާކުރި ގޮތުގައި މުމްބާއީއިން އެ ފްލައިޓު ނައްޓާލާފައި ވަނީ އިންޑިޔާ ގަޑިން ރޭގަނޑު 11.50ގައެވެ. މަތިންދާބޯޓު ގާތްގަނޑަކަށް 45 މިނެޓެއްހާއިރު ދުއްވި ފަހުން، ޓެލްނިކަލް މައްސަލައެއް ދިމާވެގެން އަނބުރާ މުމްބާއީއަށް ދިޔުމަށް ނިންމާފައިވާ ކަމަށް ޕައިލެޓު ވަނީ އިޢުލާނު ކޮށްފައެވެ. މަތިންދާބޯޓު މުމްބާއީއަށް އަނބުރާ ޖައްސާފައި ވަނީ 12:47ގައެވެ.
ޖޫން މަހުގެ 27ވަނަ ދުވަހު އެއަރ އިންޑިޔާގެ ފްލައިޓު، އޭއައި 639 މުމްބާއީއިން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެނބުރި މުމްބާއީއަށް ދިޔުމަށް ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެއަރ އިންޑިޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. އެ ބަޔާނުގައި ބުނީ އޭއައި 639 ރައްކާތެރިކަމާއެކު މުމްބާއީއަށް ޖައްސާފައިވާ ކަމަށާއި އެ ދަތުރު އަލުން ކުރުމަށް އެހެން މަތިންދާބޯޓެއް ހަމަޖައްސާފައިވާ ކަމަށެވެ. އެއަރ އިންޑިޔާއިން އިތުރަށް ބުނީ މަތިންދާބޯޓުގައި ތިބި ފަސިންޖަރުންނަށް ދިމާވެދާނެ ދަތިތައް ޙައްލު ކުރުމަށް އެ އެއަރލައިންގެ ޓީމެއް މުމްބާއީ ވައިގެ ބަނދަރުގައި ޙަރަކާތްތެރިވި ކަމަށެވެ. ބަޔާނުގައި އަނދާ ވަސް ދުވި ސަބަބުފަދަ އިތުރު އެއްވެސް ތަފްޞީލެއް ހިމަނާފައެއް ނުވެއެވެ.
ފާއިތުވި ހަފްތާތަކުގައި އެއަރ އިންޑިޔާގެ މަތިންދާބޯޓުތަކުގައި ތަފާތު ހާދިޘާތައް ހިނގާފައިވެއެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ ހާދިޘާއަކީ ޖޫން މަހުގެ 12ވަނަ ދުވަހު އިންޑިޔާގެ އަޙްމަދުއާބާދުން އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ނައްޓާލި އެއަރ އިންޑިޔާގެ މަތިންދާބޯޓެެއް ، މަތިންދާބޯޓު ނައްޓާލިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެއްޓުމެވެ. އެ ހާދިޘާގައި އެ މަތިންދާބޯޓުގައި ދަތުރުކުރި އެކަކު ފިޔަވައި އެންމެން ވަނީ މަރުވެފައެވެ. ޖޫން މަހުގެ 26ވަނަ ދުވަހު އިންޑިޔާގެ ކޮލްކަޓާއިން ދިއްލީއަށް ދަތުރުކުރި ފްލައިޓް އޭއައި 186 ވެސް ވަނީ ވައިގެ ބަނދަރުން ނައްޓާލިތާ މާ ގިނަ އިރެއް ނުވެ ފުރި ވައިގެ ބަނދަރަށް އަނެއްކާ ޖައްސައިފައެވެ. އެއީ ފަސިންޖަރަކަށް ޞިއްޙީ މައްސަލައެއް ދިމާވެގެންނެވެ. އެ މީހާއަށް ފަރުވާ ދިނުމަށް ފަހު އަލުން އެ ދަތުރު ވަނީ ކޮށްފައެވެ.
އޭގެ ތިން ދުވަސް ކުރިން، ޖޫން މަހުގެ 23ވަނަ ދުވަހު ވެސް އިނގިރޭސިވިލާތުގެ ލަންޑަނުން މުމްބާއީއަށް ދަތުރުކުރި ފްލައިޓް އޭއައި130ގައި ވެސް ހާދިޘާއެއް މެދުވެރިވެފައިވެއެވެ. އެ ދަތުރުގެ މަތީގައި ފަސް ފަސިންޖަރުންނާއި ދެ ފަޅުވެރިން ބޯއަނބުރާ ހޮޑުލަވާ ގޮތް ވާން ފެށުމުން މައިންދާބޯޓު ރައްކާތެރިކަމާއެކު ޖައްސައި ޙާލު ދެރަވި ހަތް މީހުންނަށް ވަނީ ފަރުވާ ދީފައެވެ. އެ ދުވަހު އެ ގޮތަށް ކަންތައް މެދުވެރިވާން ޖެހުނު ސަބަބު މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ. ޖޫން މަހުގެ 22ވަނަ ދުވަހު ވެސް އިނގިރޭސިވިލާތުން ނިއު ދިއްލީއަށް ދަތުރު ކުރި އެއަރ އިންޑިޔާގެ މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރާއެކު އެ މަތިންދާބޯޓު ވަނީ ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ޖައްސައިފައެވެ. ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެ މަތިންދާބޯޓަށް ނުަރައްކަލެއް ނެތް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.
އޭގެ އިތުރުން މުމްބާއީއިން ބެންކޮކަށް ދަތުރުކުރުމަށް ތައްޔާރުވެފައި އޮތް ފްލައިޓެއް ކަމަށްވާ އޭއައި2354ގެ ފިޔަގަނޑުގައި އެއްޗެއް ހަރުލާފާއި ހުރި ކަމަށް ފާހަގަވެގެން އެ ފްލައިޓު ނައްޓާލުން ވަނީ ތާވަލުކޮށްފައި އޮތް ގަޑިއަށްވުރެ ވަރަށް ބޮޑަށް ލަސްވެފައެވެ. މި ހާދިޘާތަކުގެ ސަބަބުން އިންޑިޔާގެ މަދަނީ އުދުހުންތަކާބެހޭ ކަންކަން ބަލަހައްޓައި އިދާރާ، ޑީގީސީއޭއިން ވަނީ އެއަރ އިންޑިޔާގެ މަތިންދާބޯތަކުގެ ސަލާމަތީ ކަންކަން މުރާޖަޢާ ކުރުމަށް ޚާއްޞަ ޙަރަކާތެއް ފަށައިފައެވެ. އެ ޙަރަކާތުގެ ދަށުން ގިނަ ދާއިރާތަކަކުން ގިނަ ކަންތައްތަކެއް މުރާޖަޢާކުރާނެއެވެ. މިހާތަނަށް ހޯދާފައިވާ ހޯދުންތަކުން ގިނަ މައްސަލަތަކެއް ފާހަގަވެފައިވެއެވެ.
އެއަރ އިންޑިޔާއިން ދަނީ އެ އެއަރލައިން އެންމެ ބޮޑަށް އިސްކަން ދެނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށް ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
