
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ދޭން ފެށި ޙަމަލާތަކުގައި ޝަހީދުވި އެ ޤައުމުގެ އަސްކަރީ ކޮމާންޑަރުންނާއި ނިއުކްލިޔައ ސައިންސުވެރިންނާއި ބައެއް އާންމުންގެ ޖަނާޒާ ބާއްވައިފިއެވެ. އެ ޖަނާޒާގައި އީރަނުގެ އެތައް ހާސް ރައްޔިތުންނެއް ބައިވެރިވެފައިވެއެވެ. އީރާނުގެ ދައުލަތުގެ ޓީވީއިން ބުނީ ޖޫން މަހުގެ 28ވަނަ ދުވަހު ބާއްވާފައި ވަނީ ހަތަރު އަންހެނުންނާއި ހަތަރު ކުޑަކުދިން ހިމެނޭ ގޮތަށް ޔަހޫދީން ދިން ޙަމަލާތަކުގައި ޝަހީދުވި 60 މީހުންގެ ޖަނާޒާ ކަމަށެވެ. އޭގެ ތެރޭގައި 16 ސައިންސުވެރިންނާއި 10 އިސް ކޮމާންޑަރުންގެ ޖަނާޒާ ހިމެނެއެވެ. އެ ގޮތުން ހަރިޔާރުއެޅި ފައުޖުގެ އިސްވެރިޔާ މޭޖަރ ޖެނެރަލް މުޙައްމަދު ބަޣާރީއާއި އިންޤިލާބީ ފައުޖުގެ ކޮމާންޑަރ ޖެނެރަލް ޙުސައިން ސަލާމީއާއި ގަރޑްސް އެެއޮރޮސްޕޭސް ފޯރސްގެ އިސްވެރިޔާ، ޖެނެރަލް އާމިރު ޢަލީ ހާޖީޒާދުގެ ޖަނާޒާ ހިމެނެއެވެ.
ޝަހީދުވި މީހުންގެ ޖަނާޒާ ބާއްވާފައި ވަނީ ތެހްރާނުގެ އަޒާދީ ސްކުއެއަރގައެވެ. ޝަހީދުންގެ ހަށިތައް އަޒާދީ ސްކުއެއަރއަށް ގެންދިޔަ ވަގުތު ގިނަ ޢަދަދެއްގެ މީހުން ވަނީ ސަންދޯއްތަކުގެ ފަހަތުން އެ ސަރަޙައްދަށް ގޮސްފައެވެ. ސަންދޯއްތަކުގައި ޝަހީދުވި މީހުންގެ ފޮޓޯއާއި އީރާނުގެ ދިދަ ޖަހާފައިވެއެވެ. ޖަަނާޒާގައި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިޔާންއާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. 12 ދުވަހުގެ ހަނގުރާމައިގައި ބޮޑެތި ޒަޅަމްތައް ލިބިވަޑައިގެންނެވި ޢަލީ ޝަމްޚާނީ ވެސް ޖަނާޒާގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އޭނާއަކީ އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީ އަދި އޭނާގެ ދަރިކަލުން މުޖުތަބާގެ ޚާއްޞަ މުޝީރެކެވެ. ޓެލެގްރާމްގައި ޙިއްޞާކުރެއްވި މެސެޖެއްގައި އީރާނުގެ ޚާރިޖީ ވަޒީރު، ޢައްބާސް ޢަރާޤްޖީ ވިދާޅުވީ ނިއުކްލިޔަރ ހަތިޔާރު ގެންގުޅޭ ދެ ބާރާ ކުރިމަތިލައި އީރާނުގެ ބަޠަލުން ކުރި މަސައްކަތުން ޤައުމުގެ ޝަރަފާއި ކަރާމާތް ހިމާޔަތްކޮށްދީފައިވާ ކަމަށެވެ. އޭގެ ސަބަބުން އެ ޤައުމުން ކުރިމަގާ ކުރިމަތިލަނީ ކުރިއަށްވުރެ ޝަރަފުވެރި، ކަރާމާތްތެރި އަދި ޢަޒުމު ވަރުގަދަ ބައެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ޖަނާޒާގައި ޚާމަނާއީ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ބާރަ ދުވަހުގެ ހަނގުރާމަ ފެށުނު ފަހުން އާންމުންގެ ތެރެއަށް އޭނާ ނިކުމެވަޑައިގެންފައެއް ނުވެއެވެ. މީގެ ކުރިން ބާއްވާ މި ފަދަ ޖަނާޒާތަކުގައި ކުރާ ކަށުނަމާދުތަކުގައި އިމާމުވެ ނަމާދު ކުރައްވަނީ ޚާމަނާއީއެވެ.
ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދޭން ފެށީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ މުހިންމު ސަރަޙައްދުތަކަށް ޔަހޫދީން ޙަމަލާދީފައިވެއެވެ. މިއީ 1980ގެ އަހަރުތަކުގައި އީރާނާއި ޢިރާޤާ ދެމެދު ކުރި ހަނގުރާމައަށް ފަހު އީރާނަށް ކުރިމަތިވި އެންމެ ބޮޑު ޙަމަލާއެވެ. އެ ޙަމަލާގައި އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންސުވެރިންނާއި ގިނަ ޢަދަދެއްގެ އާންމުން ޝަހީދު ކޮށްލާފައިވެއެވެ. އެ ޙަމަލާގެ ރައްދެއްގެ ގޮތުން އީރާނުން ވަނީ ޔަހޫދީންނާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށައި ޔަހޫދީ ދައުލަތަށް ވަރުގަދަ ޙަމަލާތައް ދީ ގެއްލުން ދީފައެވެ. ދެ ފަރާތުން ބަދަލުކުރި ޙަމަލާތަކުގައި އީރާނުގެ 610 މީހުން ޝަހީދުވެ، 5،000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އަދި ޔަހޫދީންގެ 28 މީހުން މަރުވެ، 3،238 މީހުންނަށް ޒަޚަމްވެ، އިމާރާތަކާއި އަސްކަރީ މަރުކަޒުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
ޔަހޫދީން އީރާނަށް ޙަމަލާ ދެމުން ދަނިކޮށް، ޖޫން މަހުގެ 22ވަނަ ދުވަހު އެމެރިކާއިން ވެސް ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެ، އީރާނުގެ މައި ނިއުކްލިޔަރ މަރުކަތުތަކަށް ބޮން އަޅައިފައެވެ. އެ ގޮތުން އިޞްފަހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދީފައިވެއެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ޙަމަލާދީފައެވެ. އޭގެ ފަހުން ޔަހޫދީންނާއި އީރާނުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
