
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނާއި އަފްޣާނިސްތާނު ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ކައިރީގައި ދިން ޙަމަލާއެއްގައި ޕާކިސްތާނުގެ 13 ސިފައިން މަރާލައިފިއެވެ. އެނގިފައިވާ ގޮތުގައި އެ ޙަމަލާ ދީފައި ވަނީ އުތުރު ވަޒީރުސްތާނުގެ މީރު ޢަލީ ސަރަޙައްދުގައެވެ. އެ ހާދިޘާ މެދުވެރިވީ ގޮވާތަކެތި ހަރުކޮށްފައި ހުރި އުޅަނދެއް އެ ސަރަޙައްދުން ދަތުރުކުރަމުންދިޔަ ޕާކިސްތާނުގެ އަސްކަރީ އުޅަނދުތަކެއްގައި ޖެއްސުމުންނެވެ. އެ ޙަމަލާގައި 13 ސިފައިން މަރުވެ، އިތުރު 10 ސިފައިންނަށް ވަނީ ޒަޚަމުވެފައެވެ. ޒަޚަމްވީ ބައެއް މީހުންގެ ޙާލު ވަރަށް ދެރައެވެ.
ބޮމުގެ ޙަމަލާ ދިން ވަގުތު އެ ސަރަޙައްދުން ބާރުގަދަ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށާއި ވަރަށް ދުރު ސަރަޙައްދުތަކަށް ވެސް އެ ގޮވުމުގެ ސަބަބުން އަރާފައިވާ ދުންގަނޑު ފެނިފައިވާ ކަމަށް ޕާކިސްތާނުގެ އިދާރާތަކުން ބުނެއެވެ. ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސުގެ ޗީފް މިނިސްޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޙަމަލާއަކީ ޖާނުން ފިދާވުމުގެ ޙަމަލާއެއް ކަމަށެވެ. އެ ޙަމަލާގައި އަށް ސަލާމަތީ އޮފިސަރުން މަރުވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސުގެ ޗީފް މިނިސްޓަރު، ޢަލީ އަމީން ގަންދަޕޫރު ވަނީ އެ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. އޭނާ ވަނީ މަރުވި އޮފިސަރުންގެ ޢާއިލާއަށް ތައުޒިޔާ ކިޔުއްވައިފައެވެ. ޙަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
ޙަމަލާ ދީފައިވާ ސަރަޙައްދަކީ ސަރަޙައްދީ ރޮނގުގެ ދެ ފަރާތުގައި ވެސް ޙަރަކާތްތެރިވާ ހަނގުރާމަވެރިން އެ ސަރަޙައްދުގެ ބޭނުން އާއްމުގޮތެއްގައި ހިފައި އުޅޭ ސަރަޙައްދެެކެވެ. ޕާކިސްތާނުން ޤަބޫލުކުރާ ގޮތުގައި އަފްޣާނިސްތާނުގައި ހަތިޔާރުއެޅި ހަނގުރާމަވެރިން އަސްކަރީ ތަމްރީންތައް ހިންގާ ޕާކިސްތާނަށް ޙަމަލާ ދެއެވެ. ނަމަވެސް އަފްޣާނިސްތާނުން އެކަން ދޮގުކޮށް، ހަނގުރާމަވެރިކަމަކީ ޕާކިސްތާނުގެ އަމިއްލަ މައްސަލައެއް ކަމަށް ބުނެފައިވެއެވެ. ޕާކިސްތާނުގައި ޙަރަކާތްތެރިވާ ޠާލިބާނުންގެ ގޮތްޕެއް ކަމަށްވާ ތަހްރީކީ ޠާލިބާން ޕާކިސްތާން، ޓީޓީޕީން ޕާކިސްތާނުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ޙަމަލާތައް ދޭތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. އެ ޖަމާޢަތުން ބޭނުން ވަނީ ސަރުކާރު ވައްޓާލައި އެ ޖަމާޢަތުގެ އަމިއްލަ ވެރިކަމެއް ޕާކިސްތާނުގައި ޤާއިމުކުރާށެވެ. ޖާނުންފިދާވުމުގެ މި ޙަމަލާއާ ޓީޓީޕީއާ ގުޅުމެއް ވާކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
