
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ކެމްބޯޑިޔާއާ އެކު އުފެދިފައިވާ ނުތަނަވަސްކަމާމެދު ހިތްހަމަނުޖެހި، ތައިލެންޑުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ، ބޮޑުވަޒީރު ޕޭޓޮންގޓާން ޗިނަވާތުގެ އިސްތިޢުފާއަށް ގޮވާލައިފިއެވެ. ތައިލެންޑުގެ ވެރިރަށް ބެންގކޮކްގައި ކުރަމުންދާ މުޒާހަރާއަކީ، 2023 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އުމުރުފުޅުން 38 އަހަރުގެ ޕޭޓޮންގޓާންގެ ސަރުކާރާ ދެކޮޅަށް ކުރާ އެންމެ ވަރުގަދަ މުޒާހަރާއެވެ. ޕޭޓޮންގޓާނަކީ ތައިލެންޑުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައިވާ ދެވަނަ އަންހެން ބޭފުޅާއެވެ. އަދި, ބޮޑުވަޒީރު ކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއެވެ. އޭނާއަކީ, އެ މަޤާމު އަދާ ކުރައްވާ ޗިނަވާތު ޢާއިލާގެ ތިންވަނަ ބޭފުޅާއެވެ. އޭނާގެ ކުރިން އެ މަޤާމު ފުރުއްވާފައިވާ ބޭފުޅުންގެ ތެރޭގައި ބައްޕާފުޅު ތަކްސިނާއި ބޮޑުދައިތާފުޅު ޔިންގލަކް ޗިނަވާތު ހިމެނިވަޑައިގަންނަވައެވެ.
މިގޮތުން، 2006 އާއި 2014 ވަނަ އަހަރު ޗިނަވާތު އާއިލާއަށް ނިސްބަތްވާ ސަރުކާރުތަކަށް ނިމުމަކަށް ގެނައުމުގައި މިފަދަ މުޒާހަރާތައް އިސް ދައުރެއް އަދާކުރިއެވެ. ތައިލެންޑުގެ އިޤްތިޞާދީ ދަތިކަމަށް، މި މުޒާހަރާތަކުގެ ސަބަބުން ވަނީ އިތުރު ގޮންޖެހުންތައް ކުރިމަތިވެފައެވެ. ނަމަވެސް، މި މުޒާހަރާތަކުގެ ސަބަބުން ކަންބޮޑުވުމެއް ނެތް ކަމަށް ޕޭޓޮންގޓާން ވަނީ ވިދާޅުވެފައެވެ. އަދި ސުލްޙަވެރިކަމާ އެކު ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ދިނުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާނެކަމަށް އެ ކަމަނާ ވިދާޅުވެފައިވެއެވެ.
ތައިލެންޑުގެ ބުމްޖައިތައި ޕާޓީ މިދިޔަ ހަފްތާގައި ވެރިކަންކުރާ ކޯލިޝަނުން ވަކިވުމާ ގުޅިގެން، ޕޭޓޮންގޓާންގެ ކޮންޓްރޯލް މިހާރު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އެއާ އެކު، އަންނަ ހަފްތާގައި ޤާނޫނު ހަދާ މަޖިލިސް އަލުން ހުޅުވުމާއެކު، އެ ކަމަނާއަށް އިތުބާރު ނެތްކަމުގެ ވޯޓަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަމަށް ބެލެވެއެވެ. ބުމްޖައިތައި ޕާޓީން ސަރުކާރު ކޯލިޝަނުން ވަކިވީ، ޕޭޓޮންގޓާން އާއި ކެމްބޯޑިޔާގެ ބޮޑުވަޒީރު ހުން މަނެޓް އާދެމެދު ކުރި ފޯނު ކޯލެއް ލީކުވި މައްސަލައިގައެވެ. އެ ފޯނު ކޯލުގައި، ހުން މަނެޓް ރުއްސަން، ޕޭޓޮންގޓާން ވަނީ ކެމްބޯޑިޔާ އާ ގުޅޭ ބޯޑަރު ސަރަޙައްދުގައި ހުރި ތައިލެންޑުގެ އަސްކަރީ އިސް ވެރިއަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މި ފޯނު ކޯލު ލީކުވެފައިވަނީ، ސަރަޙައްދީ ރޮނގުގެ މިލްކުވެރިކަމާ މެދު ދެ ޤައުމުގެ ދެމެދުގައި އޮތް ދެބަސްވުންތަކާ ގުޅިގެން މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ފޯނު ކޯލާ ގުޅިގެން، ޕޭޓޮންގޓާން ޢަމަލުކުރެއްވި ގޮތާމެދު ސުވާލު އުފައްދައި، އެ ކަމަނާ އާ ދެކޮޅަށް ތަލެންޑުގެ ދުސްތޫރީ ކޯޓުގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ވަނީ މައްސަލައެއް ވައްދައިފައެވެ. އެ ފޯން ކޯލާ ގުޅިގެން، ޕޭޓޮންގޓާން ވަނީ މަޢާފަށް ވެސް އެދިވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
