
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި، އިރުމަތީގެ ސަރަޙައްދުތަކުގައި ފެންބޮޑުވެ، މިހާތަނަށް ނުވަ މީހަކު މަރުވެފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ. އެ ސަރަޙައްދުގެ އެޑްމިނިސްޓްރޭޓަރު ޝެހްޒާދު މަހުބޫބް ވިދާޅުވީ މަރުވެފައިވާ ނުވަ މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށެވެ. ޖުމްލަ 16 މީހުންގެ އެ އާއިލާ އަކީ، ޚައިބަރު ޕަޚްތުންޚުވާ ސަރަޙައްދުގައި އޮންނަ ސްވާތު ކޯރު ކައިރިއަށް ހެނދުނުގެ ނާސްތާއަށް ދިޔަ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ އާއިލާގެ ކުޑަކުދިންތައް ކޯރަށް އެރި، ފޮޓޯ ނަގަން އުޅެނިކޮށް، މޫސުން ގޯސްވެ، ކޯރު ބަންޑުންވި ކަމަށާއި، އެ ކުދިން ސަލާމަތް ކުރަން ދިޔަ ބޮޑެތި މީހުން ވެސް ފެންގަނޑުގައި ތާށިވީކަމަށް މަހުބޫބް ވިދާޅުވިއެވެ.
އެ ސަރަޙައްދުގެ އިމަޖެންސީ ސަރވިސްގެ ތަރުޖަމާނު ޝާޙް ފަހުދު ވިދާޅުވީ، އެކި ގްރޫޕްތަކަށް ބަހާލައިގެން 100 އެއްހާ ސަލާމަތީ މުވައްޒަފުން ކުރި މަސައްކަތުން 58 މީހަކު ސަލާމަތްކޮށްފައިވާ ކަމަށާއި، ކޯރު ބަންޑުންވެ، ބެހިގެން ދިޔަ ފަތުރުވެރިންތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފަތުރުވެރިންގެ މެދުގައި މަޤުބޫލު އެ ކޯރު ބަންޑުވެދާނެކަމަށް ސަރުކާރުން މީގެކުރިން ވެސް ނެރެފައިވާ އިންޒާރު ފަހުދު ވަނީ ތަކުރާރުކުރައްވައިފައެވެ. ބޮޑުވަޒީރު ޝެޙްބާޒް ޝަރީފް ވަނީ މި ހާދިސާގައި ފަތުރުވެރިންތަކެއް މަރުވުމުން ހިތާމަ ފާޅުކުރައްވައި، ކޯރުތައް ކައިރީގައި ރައްކާތެރި ފިޔަވަޅުތައް ވަރުގަދަކުރަން ކަމާގުޅޭ އިދާރާތަކަށް އަންގަވައިފައެވެ.
މި ހަފްތާ ފެށުނީއްސުރެ ޕާކިސްތާނުގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ހައިވޭތައް ބަންދުވެ ގިނަ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ފެށޭ ހަފްތާގައި ވެސް ޕާކިސްތާނުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް، 2022 ވަނަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ ވިއްސާރަ މޫސުމުގައި ވިއްސާރައިގެ އަސަރު ކުޑަވާނެކަމަށް ޕާކިސްތާނުގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. 2022ވަނަ އަހަރު ކުރި ވިއްސާރައިގައި، ކޯރުތައް ބަންޑުންވެ، 1،739 މީހުން މަރުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
