
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަންނަ އަހަރުން ފެށިގެން އަސްކަރިއްޔާއަށް ކުރާ ޚަރަދު ކުޑަ ކުރުމާ މެދު ވިސްނަވަމުން ގެންދަވާ ކަން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހާމަކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އަސްކަރީ އަދި ދިފާޢީ ދާއިރާއަށް ކުރާ ހޭދަ އިތުރު ކުރުމަށް ނިންމާފައިވާ ކަން ހުޅަނގުގެ ދިފާާޢީ އިއްތިޙާދު (ނޭޓޯ)ން އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ނޭޓޯއިން ޤަބޫލު ކުރާ ގޮތުގައި އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިޔާއެވެ. ދާދިފަހުން ނެދަރލެންޑްސްގެ ދި ހޭގްގައި ބޭއްވި ނޭޓޯގެ މެންބަރު ޤައުމުތަކުގެ ސަމިޓުގައި އެ އިއްތިޙާދުގެ ގިނަ ޤައުމުތަކުން ވަނީ، އެ ޤައުމުތަކުގެ ޤައުމީ އުފެއްދުންތެރި ކަމުގެ %5 އަސްކަރީ އަދި ދިފާޢީ ދާއިރާއަށް ހޭދަ ކުރުމަށް ނިންމާފައެވެ. އެ ޤައުމުތަކުން އެ ކަން ހާސިލު ކުރުމަށް ނިންމާފައި ވަނީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައެވެ. ނޭޓޯއިން އަސްކަރިއްޔާއާއި ދިފާޢަަށް ކުރާ ހޭދަ އިތުރު ކުރުމަށް ނިންމާފައި މި ވަނީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ކަމަށް ބާރުއަޅުއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ރަޝިޔާގެ ރައީސް ޕުޓިން ނޭޓޯގެ ނިންމުމާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވާފައި މި ވަނީ ބެލަރޫސްގެ ވެރިރަށް މިންސްކްގައި ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ ކަމާ ގުޅޭ ގޮތުން ޕުޓިން ވިދާޅުވީ، އަސްކަރީ އަދި ދިފާޢީ ދާއިރާއަށް ނޭޓޯގެ މެންބަރު ޤަައުމުތަކުން ޚާއްޞަ ކޮށްފައިވާ ފަންޑުގެ ފައިސާ ޚަރަދު ކުރާނީ އެމެރިކާއިން ހަތިޔާރު ގަތުމަށް ކަމުގައެވެ. އަދި، އެ ކަމުގެ އިޤުދިޞާދީ މަންފާ އޮތީ އެމެރިކާއަށް އެކަނި ކަމަށާއި، އެއީ ރަޝިޔާއާ ރަޝިޔާއާ ބެހޭ ކަމެއް ނޫން ކަމުގައެވެ. “އެކަމަކު ދެން އޮތް އެންމެ މުހިންމު ނުކުތާއަކީ މިއީ. އަޅުގަނޑުމެން މި ދަނީ އަސްކަރީ ދާއިރާއަށް ކުރާ ޚަރަދުތައް ކުޑަ ކުރުމަށް ވިސްނަމުން. އަޅުގަނޑުމެންނަށް، ކުރިއަށް އޮތް އަހަރާއި އެއާ ޖެހިގެން އަންނަ އަހަރު، އަދި ކުރިއަށް އޮތް ތިން އަހަރު ވެސް، ރާވަމުން މި ދަނީ އެ ގޮތަށް،” ޕުޓިން ވިދާޅުވިއެވެ. އެ ކަމާ ގުޅޭ ގޮތުން ދިފާޢީ، މާލީ އަދި އިޤުތިޞާދީ ވުޒާރާތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނެތް ނަމަވެސް، ރަޝިޔާގެ ސަރުކާރުން ދަތުރު ކުރަމުން ދަނީ އެ މިސްރާބަށް ކަމުގައި ޕުޓިން ވިދާޅުވިއެވެ.
“ނަމަވެސް، ވިލާތުން ވިސްނަމުން އެ ދަނީ [އަސްކަރީ އަދި ދިފާޢީ ދާއިރާގެ] ބަޖެޓު ބޮޑު ކުރުމަށް. އެހެންވީމަ، ހަނގުރާމައިގެ އަމަލަކަށް ތައްޔާރުވަމުން އެ ދަނީ ކޮން ބަޔެއްތޯ؟ އެއީ އަޅުގަނޑުމެންތޯ؟ ނުވަތަ އެ މީހުންތޯ؟” ޕުޓިން ސުވާލު ކުރެއްވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ، ރަޝިޔާއިން ނޭޓޯއާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމަށް އެ އިއްތިޙާދުން ކުރަމުންދާ ތުހުމަތުތަކަށެވެ. ކުރިއަށް އޮތް އަހަރުން ފެށިގެން ރަޝިޔާއިން އަސްކަރިއްޔާއަށް ކުރާ ޚަރަދު ބޮޑު ކުރުމަށް ނިންމާފައިވީ ނަމަވެސް، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ރަޝިޔާގެ އަސްކަރިއްޔާއަށް ކުރާ ހޭދަ އެތަކެއް ގުނައަކަށް އިތުރު ކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ. އެ ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާ ދީފައި ވަނީ، ޔޫކްރެއިނުން ނޭޓޯއާ ގުޅުމަށް ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓައިލުމަށް އިންކާރު ކުރުމުންނެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، ފާއިތުވި ހަފުތާތަކުގެ ތެރޭގައި ރަޝިޔާއާއި ޔޫކްރެއިންގެ ފައުޖުތަކާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ މަންޒަރެއް ނުފެނެއެވެ. ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޕުޓިން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. “އޭނާ ދާދި ފަހުން ވިދާޅުވި، ހީކުރި ގޮތާ ޚިލާފަށް މިއީ މާ ދަތި، އުނދަގޫ ކަމެކޭ. ޙަޤީޤަކީ ވެސް އެއީ،” ޕުޓިން ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޕުޓިން ބޭނުންފުޅުވާ ކަމުގައި ޤަބޫލު ކުރައްވާ ކަމުގައެވެ. ނަމަވެސް، ޔޫކްރެއިނާއި ވިލާތުގެ ބާރުތަކުން ބުނަނީ، ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްވެސް ނިޔަތެއް ޕުޓިން ނުގެންގުޅުއްވާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
