
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ އެތަކެއް މިލިޔަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި އެމެރިކާއިން އަޑީގައި އޮވެ، ޔަހޫދީންނާ ގުޅިގެން ހިންގަމުންދާ ހަރަކާތަކީ ޣައްޒާގެ ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަ ކުރައްވައި، އެ ހަރަކާތުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވަމުންދާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ. ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނަށް ފާޑުވިދާޅުވަމުން ގުތެރޭޝް ވިދާޅުވީ: “އޭގެ ސަބަބުން މީހުންގެ ފުރާނަ ގެއްލެމުންދާ” ކަމުގައެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އަދި، މާރިޗު 2ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ޔަހޫދީން ވަނީ އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. އަދި، ނިކަމެތި ކޮށްލާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އދއާއި އެހީދޭ ޖަމުޢިއްޔާތަކުން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާފައެވެ. އެއީ، އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު ހިންގަމުންދާ ޖަރީމާއެކެވެ.
ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް މި ވަގުތު ކާބޯތަކެތި ފޯރުކޮށްދެމުންދާ ހަމައެކަނި ޖަމުޢިއްޔާއަކީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފެ)ވެ. އެއީ، ޣައްޒާގައި ކާބޯތަކެތި ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. އެ ޖަމުޢިއްޔާއާ ގުޅިގެން ޔަހޫދީ ފައުޖުން ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. މި ގޮތުން، ކާބޯތަކެތި ބެހުމުގެ ނަމުގައި ޖީއެޗްއެފުން ޤާއިމު ކޮށްފައިވާ މަރުކަޒުތައް ކައިރިއަށް ޖަމާވާ މީހުންނަށް ޙަމަލާދީ، ޔަހޫދީ ފައުޖުން ދަނީ އެތަކެއް ސަތޭކަ ބަޔަކު ޝަހީދު ކުރަމުންނެވެ. ޣައްޒާގައި އެހީ ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ޖީއެޗްއެފާ ބައިވެރިވުމަށް އެމެރިކާއާއި ޔަހޫދީން ވަނީ އދގެ ކިބައިން އެދިފައެވެ. ނަމަވެސް، އދން ވަނީ އެ ކަމަށް އިންކާރު ކޮށްފައެވެ. އދން ދެކޭ ގޮތުގައި އެއީ ވަކި ކޮޅަކަށް ބުރަވެފައިވާ އޮޕަރޭޝަނެކެވެ. އަދި، އެއީ އެހީ ބެހުމުގެ ނަމުގައި ޣައްޒާގެ ރައްޔިތުން ޝަހީދު ކުރުމަށް ހިންގާ އޮޕަރޭޝަނެއްގެ ގޮތުގައި ވެސް އދން ވަނީ ސިފަ ކޮށްފައެވެ.
“[ޣައްޒާގެ ޢާންމުން] ހަތިޔާރު އެޅި ސިފައިން ތިބި ސަރަޙައްދަކަށް ޖަމާކުރުމަށް ހިންގާ ކޮންމެ އޮޕަރޭޝަނަކީ، އެ ރައްޔިތުންގެ ފުރާނަައަށް ނުރައްކާވާނެ އޮޕަރޭޝަނެއް. އޭގެ ސަބަބުން [ޢައްޒާގެ ރައްޔިތުންގެ] ފުރާނަ ދަނީ ގެއްލެމުން،” ޖީއެޗްއެފްގެ ނަމުގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވިއެވެ. ގުތެރޭޝް ވިދާޅުވީ، ޣައްޒާގައި އިންސާނިއްޔަތަށް ޓަކައި އދން ހިންގަމުންދާ އޮޕަރޭޝަނުގެ “ކަރުގައި ހިފައި ނޭވާހާސްކޮށްލާފައިވާ” ކަމުގައެވެ. އިންސާނިއްޔަތަށް ޓަކައި ޣައްޒާގައި މަސައްކަތް ކުރަމުންދާ އދގެ މުވައްޒަފުން ހައިހޫނުގައި ޖެހިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި، ފަލަސްޠީނުގެ ބިންތަކުގެ މައްޗަށް ވެރިވެގަނެފައިވާ އިސްތިޢުމާރީ ބާރުގެ ގޮތުން، އެ ޤައުމުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުޞަތު ދިނުމަކީ ޔަހޫދީންގެ ޒިންމާއެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
“ބަނޑުފުރާނަ މުއްތިކޮށް، ޢާއިލާގެ މެންބަރުންނަށް ކާބޯތަކެތި ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ [ޣައްޒާގެ ރައްޔިތުން] އެ ދަނީ ޝަހީދު ކުރަމުން. ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރުމަކީ މަރުގެ އަދަބުގެ ޙުކުމަކަށް ހަދައިފި،” ގުތެރޭޝް ވިދާޅުވިއެވެ. “މިއީ ސިޔާސީ ހިތްވަރު ނެރެ، ޣައްޒާ ޢުދުވާން މެދުކަނޑައިލަންވީ ވަގުތު.” ޣައްޒާގެ ފުރަބަންދަށް ލުއިތަކެއްދީ، ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުޞަތު ޔަހޫދީން އދއަށް ދީފައި ވަނީ މޭ 19ވަނަ ދުވަހުއެވެ. ނަމަވެސް، އދން ބުނީ، އެހީ ބަހާ މަރުކަޒުތައް ކައިރިއަށް ޖަމާވާ މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން މިހާތަނަށް ހިންގާފައިވާ ޖަރީމާތަކުގެ 400އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ޖީއެޗްއެފްގެ އިތުރުން އދގެ އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޝަހީދު ކޮށްލާފައިވާ މީހުން ހިމެނެއެވެ.
ޣައްޒާގައި އެހީ ބެހުމުގެ މަސައްކަތް ޖީއެޗްއެފުން ފަށާފައި ވަނީ މޭ 26ވަނަ ދުވަހުއެވެ. އެ ޖަމުޢިއްޔާގެ އެހީ ބަހާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ އެމެރިކާގެ ކުންފުނިތަކުންނެވެ. އެ ޖަމުޢިއްޔާއިން ބުނީ، އޭގެ ފަހުން 48 މިލިޔަން ކެއުން ޣައްޒާގެ ރައްޔިތުންނަށް ބަހާފައިވާނެ ކަމުގައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ، އެ ޖަމުޢިއްޔާއަށް އެހީގެ ގޮތުގައި 30 މިލިޔަން އެމެރިކާ ފޯރުކޮށްދީފައިވާނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
