
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތް މުއްދަތަށް ނިންމާލެވޭނެ ކަމަށް އެ ކޮމިޓީގެ ޗެއާމަން އަޙްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މީރުމާގައި ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ފީފާއިން މިދިޔަ އަހަރު އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތު އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި އެހާތަނަށް އެފްއޭއެމުގެ އަސާސީ ގަވާއިދު، ފާސްކޮށް އިންތިހާބު ބާއްވައި ނިންމާލެވޭނެ ކަމަށެވެ. ހުކުރު ދުވަހުގެ ކޮންގްރެސްގައި އަސާސީ ގަވާއިދު ވަނީ ފާސްކޮށްފަ އެވެ. އަދި އިންތިހާބު ބާއްވާން ދުވަހެއްގެ ގޮތުގައި ޖުލައި މަހުގެ 26 ވަނީ ހަމަޖައްސާފަ އެވެ.
މުއިއްޒު ވިދާޅުވީ ފީފާއިން މިދިޔަ އޮގަސްޓް މަހު ނޯމަލައިޒޭޝަން ކޮމިޓީ އައްޔަން ކުރި ފަހުން މިހާތަނަށް އެފްއެއެމުގެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
އަދި އޭނާ އުއްމީދު ކުރަނީ މުވައްޒަފުންނަށް ހަމަޖައްސައިދޭން ޖެހޭ ކަންކަން ވެސް ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތުގެ ތެރޭގައި މުޅިން ހަމަޖެހިގެންދާނެ ކަމަށް ކަމަށެވެ. މުއިއްޒު ވިދާޅުވީ އެފްއޭއެމުގެ އާ މެނޭޖްމަންޓަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ހާއްސަކޮށް މާލީ ގޮންޖެހުންތައް ބޮޑު ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
