
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ހުޅުމާލޭގައި ފުޓްބޯޅަ ސްކޫލް އަޅަން ސަރުކާރުން އެފްއޭއެމަށް ދީފައިވާ ބިން ނުއަގުގައި އެފްއޭއެމުން ކުއްޔަށް ދީފައިވާ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ބުނެފި އެވެ. މީރުމާގައި ހުކުރު ދުވަހު ބޭއްވި އެފްއޭއެމުގެ ކޮންގްރެސްގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ) އާއި އޭޝިއަން ފުޓްބޯޅަ ޖަމިއްޔާ (އޭއެފްސީ)ގެ މެމްބަރުންގެ ކުރިފުޅުމަތީގައި އަހަރީ ރިޕޯޓް ހުށަހަޅުއްވަމުން ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަހުމަދު މުއިއްޒު ވަނީ ވަރަށް ތަފްސީލުކޮށް މި ވާހަކަ ވިދާޅުވެ ދެއްވާފަ އެވެ.
އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފުޓްބޯޅަ ސްކޫލް އަޅަން އެފްއޭއެމަށް ދިން ބިމުން 28000 އަކަ ފޫޓަށް ކުލި ދައްކަން ޖެހޭ ކަމަށެވެ. މި ގޮތުން އެފްއެއެމުން ދައްކަން ޖެހިފައި އޮތީ އަކަ ފޫޓަކަށް 10 ރުފިޔާ ކަމަށެވެ. ނަމަވެސް އެ ބިމުން ގާތްގަނޑަކަށް 58000 އަކަ ފޫޓު އެފްއޭއެމުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ. މި ގޮތުން ކުއްޔަށް ދޫކޮށްފައިވަނީ އަކަ ފޫޓަކުން 3 ރުފިޔާ ނަގަން އެއްބަސްވެގެން ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް އަދާ ކުރެއްވި މުއިއްޒު ވިދާޅުވީ މިއީ ގައުމީ ފުޓްބޯޅަ އިދާރާ އަށް ވަރަށް ގެއްލުން ބޮޑުކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މި ގޮތަށް ކުއްޔަށް ދީގެން ބައެއް ފަރާތްތަކުން 40 އަހަރަށްވާ ކުލި އެއް ފަހަރާ އެފްއޭއެމުން ނަގާފައިވާ ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްގެ ލިޔެކިއުން އެފްއޭއެމުގައި މިހާރު ފެންނަން ނެތް ކަމަށެވެ. ނަމަވެސް މިކަން އެނގުނީ ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކާއެކު ދެކެވުނު ވާހަކަ ތަކުންނާއި އެ ފަރާތްތަކުން އެފްއޭއެމަށް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި ސިވިލް ކޯޓަށް ފޮނުވާފައިވާ ލިޔެކިއުންތަކުން ކަމަށެވެ. މުއިއްޒު ވިދާޅުވީ މިއީ ސައްހަ މުއާމަލާތެއް ކަމަށް ވާނަމަ އެ ބިންތައް އެ ފަރާތްތަކުން އަތުލުމަށް ގިނަ ގުނަ މަސައްކަތްތަކެއް އެފްއޭއެމުގެ އާ މެނޭޖްމަންޓުން ކުރަންޖެހޭނެ ކަމަށެވެ. އަދި މިއީ ބަދަލު ދޭން ޖެހިއްޖެނަމަ މާލީ ގޮތުން ވަރަށް ބޮޑު ގެއްލުންތަކަކާ ކުރިމަތިވާނެ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ފުޓްބޯޅަ ސްކޫލުގެ ބިން އެފްއޭއެމުން އަތުން އެޗްޑީސީން އަތުލުން، އެކަން ކުރަންވާނީ އެފްއޭއެމުގެ އިންތިހާބު ބާއްވައިގެން އަލަށް ހޮވޭ މެނޭޖްމަންޓާ ވާހަކަ ދައްކައިގެން ކަމަށް އެޗްޑީސީގައި ބުނެފައިވާނެ ކަމަށެވެ. މި ބިންތައް ކުއްޔަށް ދޫކޮށްލި ދުވަސް ވަރު އެފްއޭއެމުގެ ރައީސް ކަމުގައި ހުންނެވީ ބައްސާމް އަދީލް ޖަލީލެވެ. ފީފާއިން ހުސްވި އަހަރުގެ އޮގަސްޓް މަހު އެފްއޭއެމް ނޯމަލައިޒް ކުރީ ބައްސާމް އަދީލް ޖަލީލް ހިޔާނާތާއި ކޮރަޕްޝަން އަދި އިދާރީ އެތައް މައްސަލަތަކެއްގައި 9 މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ފަހު އެވެ. އޭގެ ފަހުން އަންނަ މަހު ބާއްވާ އެފްއޭއެމުގެ އިންތިހާބުގައި ވެސް އޭނާ އަށް ވާދަ ނުކުރެވޭ ގޮތަށް ފީފާއިން ވަނީ ހަމަޖައްސާފަ އެވެ. ބައްސާމާ ގުޅޭ އެތައް މައްސަލަ އެއް ސިވިލް ކޯޓުން ވެސް ދަނީ ބަލަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
