
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވް (އެފްއޭއެމް) ގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އެފްއޭއެމްގެ ކުރަިގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ގެއްލިއްޖެއެވެ. އެފްއޭއެމްގެ މަގާމުތަކަށް މެންބަރުން ހޮވުމަށް އަންނަ ޖުލައި 26 ގައި އިންތިހާބު ބާއްވަން ނިންމާފައިވާއިރު ރައީސް ގެ މަގާމާއި ނައިބުން އަދި އާންމު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އިއްޔެ ހުޅުވާލާފައެވެ. މަގާމުތަކަށް ކުރިމަތިލުމަށް އިއުލާނުކޮށް އެފްއޭއެމުން ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ގޮތުން ރައީސްގެ މަގާމަށް ބައްސާމަކަށް ކުރިމައްޗެއް ނުލެވޭނެއެވެ. ސަބަބަކީ ނަޒާހަތްތެރިކަމާއި ގުޅޭ އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅުއަޅަަފައިވާ މީހަކަށް އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ފުރިހަމަނުވާކަމަށް ކަނޑައަޅާފައިވާތީއެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި، ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި 9 މަސް ދުވަހަށް އޭނާއަށް ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ގޮތަށް ފީފާއިން ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ. އެފްއޭއެމްގެ ފައިސާއަށް ހިޔާނަަތްތެރިވިކަމުގެ ތުހުމަތުގައި ބައްސާމްގެ މައްޗަށް ޖިނާއީ ތަހްގީގުތައްވެސް އަންނަނީ ހިންގަމުންނެވެ. ބައްސާމަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ އަނެއް ސަބަބަކީ މިއެވެ. އެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން ޖިނާއީ އެއްވެސް ދައުވާއެއް އުފުލާފައިވާނަމަ އެކަމުގެ ތަފްސީލު ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައިބުނެފައިވެއެވެ.
އަދި ފާއިތުވި 2 އަހަރުދުވަހު ފުޓްބޯޅައިގެ ހަރަކާތްތަކުގައި އުޅުނު ކަމުގެ ލިޔުންވެސް ހުށަހަޅަން ޖެހެއެވެ. މި ޝަރުތުތައް ބައްސާމުގެ ހަމަ ނުވާއިރު އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ދެ ކުލަބެއްގެ ތާއީދު އޮތްކަން ހުށަހަޅަންވެސް ޖެހެއެވެ. މިވަގުތު ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކުގެ ތާއީދު ބައްސާމަށް ވަނީ ގެއްލިފައެވެ. މީގެ ކުރިން ބައްސާމަށް ތާއީދުކުރި ބައެއް ކުލަބުތަކުން ވަނީ އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ އަހުމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރަން ނިންމާފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިޔަށްދާކަމަށް ފުލުހުން ބުނެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ތަހުގީގުކުރަމުންދާ މައްސަލަތަކުގެތެރޭގައި، ބައްސާމު ހިއްސާވާ ކުންފުންޏަކަށާއި، އެފް.އޭ.އެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފް.އޭ.އެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަވެސް ހިމެނޭކަމަށް އެއިދާރާއިން ހާމަކޮށްފަވެއެވެ. މީގެ އިތުރުން އެފްއޭއެމްއިން ކްލަބުތަކަށް ދެމުންދާ ސަބްސިޑީތައް ކުލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެފަރާތްތައް ހިއްސާވާ ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާތީ، އެ މައްސަލައިގެ ތަހުގީގުވެސް ކުރިއަށްދާކަން ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ކޮވިޑާ ގުޅިގެން ފުޓްބޯޅަ ކުލަބުތަކަށް ދިމާވި މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާއިން ވަނީ އެފްއޭއެމްއަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ޑޮލަރު ދީފައެވެ. އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ފުލެޓް ގަތް މައްސަލައިގައި ބައްސާމާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން މީގެ ކުރިން ފޮނުވިއިރު، ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައި ވަނީ ބައްސާމުގެ އިތުރުން އަމީން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުޙައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށެވެ. ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމީން އެވެނިއުއިން ދެ ފުލެޓް ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ ބައްސާމް އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުރެ، ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ދިހަހާސް ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް، 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި އުފުލާފައިވާ ހިޔާނާތުގެ ދައުވާގައި ބުނެފައިވަނީ އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޑޮލަރު ފޮނުވާފައި ވަނީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ބޭންކަށް ހުށަހަޅައިގެން ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ފައިސާ އެފްއޭއެމްއަށް ލިބިފައި ނެތުމުން އެއީ އެ ފައިސާއަށް ހިޔާނާތްތެރިވެފައިވުން ކަމަށް ވާތީ އެ ދައުވާ ވެސް ކުރިއެވެ.
މަނީ ލޯންޑްރިންގެ ދައުވާތައް ސާބިތުވެއްޖެނަމަ އެއްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސްއަހަރާ ފަނަރައަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް ބައްސާމަށް އަންނާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
