
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭއާ ދެކޮޅަށް ކޯޗެއްގެ ގޮތުގައި ނުކުތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް އެމެރިކާގެ އިންޓަރ މަޔާމީގެ ކޯޗު އާޖެންޓީނާގެ ހާވިއޭ މަޝެރާނޯ ބުނެފިއެވެ. ކުލަބު ވޯލްޑް ކަޕުގެ ނޮކްއައުޓް ބުރުގައި އާދީއްތަ ދުވަހުގެ ރޭ މި ދެ ޓީމު ނުކުންނައިރު މަޝެރާނޯ އަކީ އެންރީކޭގެ ދަރިވަރެކެވެ. މި މީހުން އެންމެ ފުރަތަމަ ބައްދަލުވީ ބާސެލޯނާއިންނެވެ. އެންރީކޭ ކުޅެ، ކެޕްޓަންކަން ކުރި ބާސެލޯނާގެ ކޯޗުކަން އޭނާ ތިން އަހަރު ކުރި އިރު މަޝެރާނޯ އަކީ ޓީމުގެ އެންމެ މުހިންމު އެއް ޑިފެންޑަރެވެ. މި ދެ މީހުން ޖުމުލަ 11 ތަށި ހޯދި އެވެ. މީގެ ތެރެއިން އެންމެ ހާއްސަ ކާމިޔާބީ އަކީ 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި ޖެހިގެން އައި ސީޒަނުގައި 4-0ިން ބަލިވެފައި އޮއްވައި އަމިއްލަ ދަނޑުގައި ފަހަތުން އަރައި ޕީއެސްޖީ ބަލި ކުރުމެވެ.
މި ސަބަބުތަކާހުރެ މެޗުގެ ކުރިން މަޝެރާނޯ ވެސް ވަނީ އެންރީކޭ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. “އަހަރެންނާއި އޭނާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވޭ. އަހަރެންނާއި އޭނާގެ އާއިލާއާ ވެސް ވަރަށް ގާތް ގުޅުމެއް އޮވެ. އޭނާ އާ ދެކޮޅަށް މި މެޗުގައި ނުކުތުމަކީ ވަރަށް ހާއްސަ ކަމެއް. އެ ފަދަ މޮޅު ކޯޗަކާ ދެކޮޅަށް ނުކުތުމަކީ އަހަރެންނަށް ލިބޭ ޝަރަފެއް. އެއީ އަހަރެންގެ ކެރިއަރުގައި ފެނުނު އެންމެ މޮޅު އެއް ކޯޗު،” މަޝެރާނޯ ބުންޏެވެ. އޭނާ އަދި ބުނީ އެންރީކޭ ބާސެލޯނާގައި ހޯދި ކާމިޔާބީ އަކީ ވަރަށް ހާއްސަ ކާމިޔާބީތަކެއް ކަމަށާއި މިހާރު ޕީއެސްޖީގައި އޭނާ ޗެމްޕިއަންސް ލީގު އުފުލާލުމަކީ އެންރީކޭގެ މޮޅުކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ.
“އަހަރެން އެކަންޏެއް ނޫން. މިއާމީގައި ތިބި އެންރީކޭއާއެކު ބާސެލޯނާ އަށް ކުޅުނު ހުރިހާ ކުޅުންތެރިން އޭނާއާ ބައްދަލުވާތީވެ އުފާކުރެ. އެކަމަކު އަހަރުމެންނަކީ މިހާރު ވާދަވެރިން ވެސް މެ. މެޗު ފެށީމަ އޮންނާނީ މޮޅުވާން މަސައްކަތް ކުރުން. އޭނާގެ ޓީމަކީ ޔޫރަޕުގެ ޗެމްޕިއަން ޓީމު. ބަލި ކުރަން އުނދަގޫވާނެ،” މަޝެރާނޯ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
