
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި އެކަށީގެންވާ އެކައުންޓިން ނިޒާމެއް ނެތް ކަމަށް ފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީން ބުނެފިއެވެ. އެ ކޮމިޓީގެ ފަރާތުން މި ވާހަކަ ވިދާޅުވީ ހުކުރު ދުވަހު ބޭއްވި ކޮންގްރެންސްގައި އެފްއޭއެމުގެ 2023 އަދި 2024ގެ އޮޑިޓް ރިޕޯޓް ހުށަހަޅުއްވަމުން ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު ފަރީހާ ޝަރީފެވެ.
އޭނާ ވިދާޅުވީ އެފްއޭއެމުގައި މާލީ މުއާމަތާތްތައް ރަނގަޅަށް ބަލަހައްޓާފައި ނުވުމުން އޮޓިޑް ކުރުމަށް ވެސް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އަދި ގައުމީ ފުޓްބޯޅަ އިދާރާގައި މާލީ ލިޔެކިއުންތައް ނެތުމާއި ބައެއް މުއާމަލާތްތައް އެއްވެސް ލިޔެކިއުމެއްނެތި ކޮށްފައިވާކަން ވެސް އޮޑިޓަށް ފާހަގަވި ކަމަށެވެ. މީގެ އިތުރުން އެފްއޭއެމަށް ލިބިފައިވާ ބައެއް ފައިސާ އަކީ ކިހިނެތް ލިބިފައިވާ ފައިސާއެއްކަން ވެސް އެނގެން ނެތް ކަމަށެވެ. މީގެ އިތުރުން ކޮށްފައިވާ ބައެއް ހަރަދު ތަކަކީ ލިޔެކިއުންނެތި ކޮށްފައިވާ ހަރަދުތަކަކަށް ވުމުން ގިނަ މައްސަލަތަކަކާ ކުރިމަތިވި ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އޭނާ އަދި ވިދާޅުވީ އެފްއޭއެމުގައި ލިޔެކިއުން ނެތް ނަމަވެސް ބައެއް ފަރާތްތަކުން އެފްއޭއެމުން ފައިސާ ދޭން ޖެހޭ ކަމަށް ބުނެ ގިނަ ލިޔެކިއުންތަކެއް ހުށަހެޅި ކަމަށެވެ. މިހެންވެ ހުސްވި ދެ އަހަރުގެ އޮޑިޓާ މެދު ވަކި ގޮތެއް ނިންމަން ވެސް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. ފީފާއިން ހުސްވި އަހަރުގެ އޮގަސްޓް މަހު އެފްއޭއެމް ނޯމަލައިޒް ކުރީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިޔާނާތާއި ކޮރަޕްޝަން އަދި އިދާރީ އެތައް މައްސަލަތަކެއްގައި 9 މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ފަހު އެވެ. އޭގެ ފަހުން އަންނަ މަހު ބާއްވާ އެފްއޭއެމުގެ އިންތިހާބުގައި ވެސް އޭނާ އަށް ވާދަ ނުކުރެވޭ ގޮތަށް ފީފާއިން ވަނީ ހަމަޖައްސާފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
