
ފީފާ ކުލަބު ވޯލްޑް ކަޕުގައި އާދީއްތަ ދުވަހުގެރޭ ފްރާންސްގެ ޕީއެސްޖީ އާއި އެމެރިކާގެ އިންޓަރ މަޔާމީ ބައްދަލުކުރާ މެޗަކީ އެތައް ގޮތަކުން ޝައުގުވެރިވާނެ މެޗަކަށް ވެއްޖެއެވެ.
މި މެޗަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އާޖެންޓީނާގެ ލަޔޮނަލް މެސީ އޭނާ އެންމެ ފަހުން ކުޅުނު ކުލަބު ކަމަށްވާ ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ. މެސީ އޭނާގެ ކުލަބަކާ ދެކޮޅަށް ކުޅޭތަން މީގެ ކުރިން ފެނިފައިނުވެ އެވެ. 17 އަހަރަށް ފަހު މަޖުބޫރީ ހާލަތައް ދިމާވެގެން 2022 ވަނަ އަހަރު ސްޕޭނުގެ ބާސެލޯނާ ދޫކޮށް މެސީ ބަދަލުވީ ޕީއެސްޖީ އަށެވެ. އެކަމަކު އެ ކުލަބުގައި ހޭދަކުރި ދެ އަހަރު މެސީ ސިފަ ކުރަނީ އުފަލެއްނެތި ކުޅުނު ދެ ސީޒަނުގެ ގޮތުގަ އެވެ. އޭނާ އަށް ޕީއެސްޖީގެ ސަޕޯޓަރުން މަލާމާތް ކުރެ އެވެ. މި މެޗު ކުޅެން ޖެހުމުން އެކަން އަނެއްކާ ވެސް ވަނީ ފެށިފަ އެވެ.
މެސީ އާއި ޕީއެސްޖީގެ ގުޅުން ގޯސްވި ބައިވަރު ސަބަބުތައްވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުން އެ ކުލަބުން މެސީގެ ކާމިޔާބީ ފާހަގަ ނުކުރުމެވެ. ސަބަބަކަށްވީ ޕީއެސްޖީ އަކީ ފްރާންސްގެ ކުލަބަކަށްވެފައި ފްރާންސް ބަލިކޮށް އާޖެންޓީނާ ވޯލްޑްކަޕް ކާމިޔާބު ކުރުމެވެ. ދެން އޮތީ ބާސެލޯނާގައި ދެއްކި ފަދަ މޮޅު ކުޅުމެއް މެސީ އަށް ނުދެއްކުމެވެ. މިހެންވެ ޕީއެސްޖީއާ ދެކޮޅަށް ކުޅެން މެސީ ފަހެއް ނުޖެހެ އެވެ. އެކަމަކު މިއީ ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހުނު މެޗެއް ނަމަ މެސީ ނުކުޅުން އެކަށީގެންވެ އެވެ. އޭނާ ލޯބިވާ އަދި ހިތް އޮތް ކުލަބަކީ ބާސެލޯނާ އެވެ.

މެޗު ޝައުގުވެރިވާ މި ނޫން ސަބަބުތައް:
އިންޓަރ މިއާމީގައި ބާސެލޯނާގައި ކާމިޔާބީތަކެއް ހޯދި ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. މެސީ އާއި އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް އާއި ސްޕޭނުގެ ދެ ކުޅުންތެރިން ކަމަށްވާ ޑިފެންޑަރު ޖޯޑީ އަލްބާ އާއި މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އެވެ. ކޯޗަކީ އާޖެންޓީނާގެ ހާވިއާ މަޝެރާނޯ އެވެ. މި އެންމެނަކީ ޕީއެސްޖީގެ މިހާރުގެ ކޯޗު ލުއިސް އެންރީކާގެ ކޯޗުކަމުގައި 2015 ވަނަ އަހަރު ޗެމްޕިއަންސް ލީގު ބާސެލޯނާ އަށް ހޯދައިދިން ކުޅުންތެރިންނެވެ. އޭނާއާއެކު ބާސެލޯނާގައި މި އެންމެން ތިން ސީޒަން ހޭދަކޮށް 11 ތަށި ހޯދި އެވެ.
މިހެންވެ ސުއަރޭޒް ބުނީ މިއީ ވަރަށް ހާއްސަ މެޗެއް ކަމަށެވެ. “އޭނާ އަކީ އަހަރެންގެ ކެރިއަރުގައި ވަރަށް މުހިންމު މީހެއް. އޭނާގެ ގާތުން އަހަރެންނަށް ވަރަށް ގިނަ ކަންކަން ދަސްވި. އޭނާގެ ކޯޗުކަމުގައި ކުޅެން ފެށުމުގެ ކުރިން އަހަރެންގެ ޑީއެންއެގައި ވާދަވެރިކަން ހުރި. އެކަމަކު އޭނާ އެކަން ވަރަށް ބޮޑަށް އަޕްގްރޭޑްކޮށްލި،” ސުއަރޭޒް ބުންޏެވެ.

ޖޯޑީ އަލްބާ ބުނީ އެންރީކޭ އަކީ އޭނާގެ ކެރިއަރުގައި ފެނުނު އެންމެ މޮޅު ކޯޗު ކަމަށެވެ. “އަހަރެން މި ވާހަކަ ވަރަށް ގިނަ ފަހަރު ބުނެފިން. ލުއިސް އެންރީކޭ އަކީ އަހަރެން ދުށް އެންމެ މޮޅު ކޯޗު. އޭނާ މުޅި ޓީމު މެނޭޖްކުރާ ގޮތް ވަރަށް މޮޅު. އޭނާ އަކީ ވަރަށް ތަފާތު މޮޅު މީހެއް. އަހަރުމެން އޭނާއާ ބައްދަލުކޮށް، ބައްދައި ހަދާނަން. އެއީ ވަރަށް ހާއްސަ ކަމެއް. އަހަރުމެން އެންމެނަކީ ވަރަށް ގާތް ރަހުމަތްތެރިން. އެކަމަކު ރެފްރީ ކަށިގަނޑު ފުމުމާއެކު އަހަރުމެން އޭނާ ބަލިކުރަން މަސައްކަތް ފަށާނަން. އަހަރުމެން މި ކުލަބުގައި މި ތިބީ އެކަން ކުރަން،” އަލްބާ ބުންޏެވެ.
މިއާމީގެ ކޯޗު ހާވިއާ މަޝެރާނޯ ވެސް ވަނީ އެންރީކޭ އަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ އެއީ ކެރިއަރުގައި ބައްދަލުވި އެންމެ މޮޅު އެއް ކޯޗު ކަމަށެވެ. “ވަރަށް ހާއްސަ ކަމެއް އޭނާ އާއި އަލުން ބައްދަލުވުމަކީ. އޭނާ އަކީ އަހަރެންނާއި އަބަދުވެސް ވަރަށް ގާތްކަން އޮންނަ މީހެއް. ކޯޗެއްގެ ގޮތުން އޭނާއާ ދެކޮޅަށް ނުކުތުމަކީ އަހަރެންނަށް ލިބޭ ޝަރަފެއް،” މަޝެރާނޯ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
