
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިހާރު މަޖިލީހަށް ފޮނުވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ބިލު ފާސްވުމާއެކު، ފްލެޓްތަކަށް ކުލި ނުދައްކާ އުޅޭ މައްސަލައިގައި ފިޔަވަޅުއަޅަން ފަސޭހަވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި އާއްމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ސަރުކާރުން ހިންގާ ހައުސިން މަޝްރޫޢުތަކުގައި ދޫކުރާ ހައުސިން ޔުނިޓްތަކަށް، ގިނަ ބަޔަކު ކުލި ނުދައްކާ ދިރިއުޅެމުންދާތީ، އާއްމު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ދަނީ ލިބެމުންނެވެ. އެގްރިމަންޓްގައި އޮންނަގޮތުން، ހައުސިން ޔުނިޓް މިލްކުވާނީ، ސަރުކާރާއެކު އެއްބަސްވެފައިވާ މުއްދަތަށް، ކަނޑައެޅިފައިވާ އުސޫލުން ކުލި ދައްކާ ފަރާތްތަކަށެވެ. ނަމަވެސް އެކި މަޝްރޫޢުތަކުން ފްލެޓް ލިބި، ދަޢުލަތަށް ލިބެން ޖެހޭ ކުލިން، 700 މިލިޔާން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދަޢުލަތަށް ނުލިބި އެބަހުއްޓެވެ.
އަހަށޭ ބުނާނަން ޕްރޮގްރާމްގައި މި މައްސަލައިގައި އާއްމުންގެ ކަންބޮޑުވުމާ ގުޅޭގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ކުލި ނުދައްކާ މައްސަލައިގެ ސަބަބުން ދަޢުލަތަށް އާމްދަނީއެއް ނުލިބުމަށްވުރެ، އެކަމުގައި މައްސަލަ ކުރިމަތިވަނީ އިތުރަށް ހައުސިން މަޝްރޫޢުތައް ހިންގުމާއި އެހެނިހެން މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސިންއަށް ދަތިވުންކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން މަޝްރޫޢުތައް ހިންގަން ނަގާ ލޯނުތައް ގަވާއިދުން ދައްކަމުންނުދާނަމަ، އިތުރު މަޝްރޫޢުތަކަށް ލޯނު ހޯދަން ދަތިވާކަމަށެވެ.
“ކުލި ނުދެއްކުމަކީ ދަޢުލަތަށް އާމްދަނީ ލިބުމުގެ ހުރަހަކަށްވުރެ އެއީ އެއަށްވުރެ މާ ބޮޑު މައްސަލައެއް. ބޭންކުން މަޝްރޫޢުތަކަށް ފައިނޭންސް ލިބެނީ ފީސިބަލް ވީމަ. ބޭންކަން އިނގޭ، ނަގާފައި ހުންނަ ލޯނުތައް ގަވައިދުން ފައިސާ ދައްކާނަމަ. އެހެންވީމަ ގަވާއިދުން ފައިސާ ނުދެއްކުމަކީ، ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުތައް ހިންގަން އެޅޭ ހުރަހެއް. ބޯހިޔާވަހިކަން ބޭނުންވާ އެހެން ރައްޔިތުންގެ ޙައްގަށް އެޅޭ ހުރަހެއް،” ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވަޒީރު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ހައުސިން ބިލާއެކު މި މަސައްލައަށް ލުއިފަސޭހަ ޙައްލެއް ހޯދޭނެކަމަށެވެ. ވަޒީރު ވިދާޅުވީ މިހާރު ދޫކޮށްފައިވާ ޔުނިޓްތައް ދޫކޮށްފައި ހުންނަނީ ސޭލް ޕަރޗޭސް އެގްރިމަންޓު އުސޫލުންކަމަށްވުމާއެކު، ދަޢުލަތުން ކޯޓު މަރުޚާލާއަށް ނުގޮސް ފްލެޓްތައް ސަރުކާރަށް ނަގަން ނުވަތަ ފިޔަވަޅުއެޅުމަށް ދަތިވާކަމަށެވެ. އަދި ކުލި ނުދައްކާ މީހުންނާމެދު ޤާނޫނީގޮތުން ފިޔަވަޅު އަޅަން ދަތިވާކަމަށެވެ. ނަމަވެސް ހައުސިން ބިލާއެކު، މިކަމަށް ބޮޑު ޙައްލެއް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“މި ބިލާއެކު، ކޯޓު މަރުޚަލާއަށް ނުގޮސް، އެހާ ދަތިއުންދަގޫތައް ކުރިމަތި ނުވެ، ކުލި ނުދައްކަންޏާ ފިޔަވަޅު އެޅުމުގެ ފުރުޞަތު ލިބޭނެ. މިހާރު ދޫކުރަންއުޅޭ 4000 ފްލެޓް އެގްރިމަންޓް ކުރާނީ 25 އަހަރުގެ މުއްދަތުގެ ކުލި ދެއްކީމަ އެތަން ރަޖިސްޓްރިކޮށްދެވޭގޮތަށް. ކުއްޔަށް ދޭ ތަނެއްގެ ގޮތަށް އޮތީމަ، ކުލި ނުދައްކާނަމަ ފިޔަވަޅު އަޅަން ފަސޭހަވޭ،” ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ފްލެޓްތައް ދޫކުރާއިރު އެގްރިމަންޓްކުރުމުގައި ބަދަލުތައް ގެންނާނެކަމަށެވެ. އެގޮތުން ބޭންކް މޯގޭޖް ފައިނޭންސްގެ ތެރެއިން މޯގޭޖެއްގެ ގޮތުގައި ދިނުން ނުވަތަ އަނެއްގޮތަކީ ކުލި ދައްކާ މުއްދަތު ނިމުމުން ވެރިފަރާތަށް ހައުސިން ޔުނިޓް މިލްކުވާގޮތަށް ބަދަލުގެނައުންކަމަށެވެ.
ވަޒީރު ވިދާޅުވީ ފްލެޓްތައް ލިބުނު މީހުންނާއެކު އެގްރިމަންޓްތައް ހެދުމާއި، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ޖުލައިމަހު ފަށާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
