
(ފޮޓޯ ކްރެޑިޓްސް: ހައުސިންގ މިނިސްޓްރީ)
ދިވެހި ރައްޔިތުންގެ ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން “ފަހިމާލެ ސްކީމް” އާއި “ސަހަރު ސްކީމް” ފައިނޭންސިން ތަފްސީލުތައް ހާމަކޮށްފިއެވެ. މި ސްކީމްތަކަކީ ގެދޮރު އެޅުމަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ފަށާފައިވާ ވަރަށް މުހިންމު ސްކީމެކެވެ. މި ޕްރޮގްރާމްގެ ދަށުން ތަށުން 3 ސްކީމެއް ތަޢާރަފުކޮށްފަވާއިރު، ގެދޮރުވެރިކަމާ ބެހޭ ވުޒާރައިން ވަނީ “ފަހިމާލެ ސްކީމް” އާއި “ސަހަރު ސްކީމް”ގެ ތަފްސީލްތައް ޙިއްސާކުރައްވާފައެވެ.
ފަހިމާލެ ސްކީމްގެ ތަފްސީލުތައް:
މި ސްކީމް ފަރުމާކޮށްފައިވަނީ މާލެ ސަރަހައްދުގައި ގެދޮރު އެޅުމަށް އެހީތެރިވުމަށެވެ. ގިނަވެގެން ދޫކުރެވޭ އަދަދު: ގިނަވެގެން -/6,000,000 (ހަ މިލިއަން) ރުފިޔާ ދޫކުރެވޭނެއެވެ. ނަމަވެސް، ކުދި ބިންކޮޅުތައް (600 އަކަފޫޓަށްވުރެ ކުޑަ) އެއްކޮށްގެން ބިން ތަރައްޤީކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދީ، އެ ފަރާތްތަކަށް ގިނަވެގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ދޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭ އެންމެ ދިގު މުއްދަތަކީ 25 އަހަރެވެ. މި މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުންނެވެ.
ގްރޭސް ޕީރިއަޑް: ގިނަވެގެން 18 މަސްދުވަސް ދެވޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ މި ގްރޭސް ޕީރިއަށް ނުހިމަނައެވެ. އިކުއިޓީ ކޮންޓްރިބިއުޝަން: ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެއެވެ.
ރަހުނު: ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެއެވެ.
އެޑްވާންސް ޕޭމަންޓް: ގިނަވެގެން 15 އިންސައްތަ ދޫކުރެވޭނެއެވެ.
ބާކީ ފައިސާ ދޫކުރުން: ބާކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސަހަރު ސްކީމްގެ ތަފްސީލުތައް:
މި ސްކީމް ހާއްސަކޮށްފައިވަނީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްލު ހޯދައިދިނުމަށެވެ. ގިނަވެގެން ދޫކުރެވޭ އަދަދު: ގިނަވެގެން -/3,000,000 (ތިން މިލިއަން) ރުފިޔާ ދޫކުރެވޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭ އެންމެ ދިގު މުއްދަތަކީ 25 އަހަރެވެ. މި މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުންނެވެ.
ގްރޭސް ޕީރިއަޑް: ގިނަވެގެން 18 މަސްދުވަސް ދެވޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ މި ގްރޭސް ޕީރިއަށް ނުހިމަނައެވެ.
އިކުއިޓީ ކޮންޓްރިބިއުޝަން: ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެއެވެ.
ރަހުނު: ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެއެވެ.
އެޑްވާންސް ޕޭމަންޓް: ގިނަވެގެން 15 އިންސައްތަ ދޫކުރެވޭނެއެވެ.
ބާކީ ފައިސާ ދޫކުރުން: ބާކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެއެވެ.
މިހާތަނަށް ރަށްވެހި ފައިނޭންސިން ސްކީމަށް 1329 އެޕްލިކޭޝަން ލިބިފައިވެއެވެ. އަދި ސަހަރު ފައިނޭންސިން ސްކީމަށް 586 އެޕްލިކޭޝަން އަދި ފަހިމާލެ ސްކީމަށް 314 އެޕްލިކޭޝަން ލިބިފައިވާކަމށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިއީ އިސްލާމިކް ފައިނޭންސިންގެ ތެރެއިން ދޫކުރާ ފައިނޭންޝަލް ފެލިސިޓީއެކެވެ. މި މަސައްކަތަށް ސަރުކާރުން އަހަރަކު ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
