
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ރިޕްބްލިކް)
މިމަހުގެ މިހާތަނަށް މަސްވެރިންނަށް 46.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 672 ދޯންޏަކުން ކިރުވާފައިވާ މަހަށް ދޫކޮށްފައިވާ ފައިސާކަމަށް މިފްކޯއިން ވިދާޅުވެއެވެ. ސަރުކާރުގެ މަސްކުންފުނި، މިފްކޯގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 16.7 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މެއި މަހުގެ ފުރަތަމަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާއާއި އަޅާބަލާއިރު 7 އިންސައްތަ އިތުރު އަދަދެކެވެ.
މިމަހުގެ ދެވަނަ ހަފްތާގައި މަސްވެރިންނަށް 8.3 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މެއި މަހުގެ ދެވަނަ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 14.5 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 43 އިންސައްތަ ދަށް އަދަދެކެވެ. ޖޫން މަހުގެ ދެވަނަ ހަފްތާގައި، މަސްވެރިންނަށް ދޫކުރި ފައިސާ ދަށްވެފައިވަނީ، ދެވަނަ ހަފްތާގެ 3 ދުވަސް ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަހާއި ދިމާކޮށް މަސް ކިރުވާފައިނުވާތީކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޓްއަރ އެމްވީ)
މި މަހުގެ ތިންވަނަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 11.6 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ މެއި މަހުގެ ތިންވަނަ ހަފްތާގައި މަސްވެރިންނަށް ދޫކުރި 27.8 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 58 އިންސައްތަ ދަށް އަދަދެކެވެ. ހަތަރުވަނަ ހަފްތާގައި މިފްކޯއިން ވަނީ މަސްވެރިންނަށް 9.8 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ މެއި މަހުގެ ތިންވަނަ ހަފްތާ މަސްވެރިންނަށް ދޫކުރި 30.3 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 67 އިންސައްތަ ދަށް އަދަދެކެވެ. މި ދެ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ދަށްވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން މަހަށް ނިކުތް ދޯނީގެ އަދަދު ދަށްވެ، މަސްވެރިކަންވެސް ދަށްވުމުގެ ސަބަބުންކަމަށް މިފްކޯއިން ވިދާޅުވެއެވެ.

(މޯލްޑިވްސް މެރީޓައިމް ހިސްޓޯރިކަލް ސޮސައިޓީ)
މި ހަތަރު ހަފްތާއާއެކު މަސްވެރިންނަށް މިމަހުގެ މިހާތަނަށް މުޅި ޖުމްލަ 46،488،392 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ 672 ދޯންޏަކުން ކިރުވާފައިވާ މަހަށް ދޫކޮށްފައިވާ އަދަދުކަމަށް މިފްކޯއިން ވިދާޅުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ. ސަރުކާރުން ވަނީ އައު އުސޫލާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
މަސްވެރިކަމަށް ނިކުންނަ ދޯނިތައް އިތުރުވެ، މަސްވެރިންނަށް ޤަވާއިދުން ފައިސާން ދޭން ފެށުމާއެކު މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަކީ ދަޢުލަތް ދަންނަ ބަޔަކަށް ހެދުމަށް ސަރުކާރުން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން މަސްވެރިންގެ ދަފްތަރު އެކުލަވާލާއި، މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭގޮތް ވަނީ ހަމަޖައްސާވާފައެވެ. އަދި މިހާތަނަށް 14 މަސްވެރިއަކަށް ބީއެމްއެލުން ވަނީ ލޯނު ދޫކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
