
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާންގެ ތިން ނިއުކްލިޔަރ މަރުކަޒަކަށް އެމެރިކާއިން ދީފައިވާ ޙަމަލާތަކުގައި އެ ތަންތަން ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ރަައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން އީރާނުން ދޮގު ކުރުމާ އެކު، އަނެއްކާ ވެސް އީރާނަށް ޙަމަލާ ދޭން ފަސްނުޖެހޭނެ ކަމުގައި ވިދާޅުވެ އޭނާ އިންޒާރު ދެއްވައިފިއެވެ. ޓްރަމްޕްގެ އަމުރަށް ބީ-2 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތަކާއި ޖީބީޔޫ-57 މަރުކާގެ ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން އެމެރިކާގެ އަސްކަރިއްޔާއިން ޙަަމަލާ ދީފައި ވަނީ ޖޫން 22ވަނަ ދުވަހުއެވެ.
އެމެރިކާގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ނަޠާންޛާއި ފޫރްދޫގެ އިތުރުން އަޞްފިހާންގައި ހުންނަ ނިއުކްލިޔަރ މަރުކަޒުތަކަށެވެ. އެ ޙަމަލާތަކަށް ފަހު ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން އީރާންގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ވަނީ ޙަމަލާތަކުގައި ބިމު އަޑީގައިވާ ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަން ހާމަ ކުރައްވާފައެވެ. އަދި، ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ޙަމަލާދީ، އީރާނުން “އެމެރިކާގެ މޫނުމަތީގައި ތަފާލެއްއަޅާފައި” ވާނެ ކަމުގައި ވެސް ޚާމަނާޢީ ވިދާޅުވިއެވެ. އަދި، އީރާނުން އަމާން ނުދޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޚާމަނާޢީގެ ބަސްފުޅުތަކާ ގުޅިގެން ޓްރަމްޕް ވަނީ ކޯފާވެ، އޭނާއަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ވިސްނަވަމުން ގެންދެވި ނަމަވެސް މިހާރު އެ ޚިޔާލު ދުކޮށްލައްވާފައިވާނެ ކަމުގައެވެ. އަދި، އީރާނުން ކަންބޮޑުވާ މިންވަރަކަށް ޔުރޭނިޔަމް މުއްސަނދި ކުރަން ފަށައިފި ނަމަ، އެ ޤައުމަށް އަލުން ޙަމަލާ ދިނުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގައެވެ. ޚާމަނާޢީ ފުރާނަ ސަލާމަތް ކުރެއްވީ އޭނާ ކަމުގައި ވެސް ޓްރަމްޕްް ވިދާޅުވިއެވެ. “އޭނާގެ [ޚާމަނާޢީގެ] ޤައުމު އެ އޮތީ ސުންނާފަތި ކޮށްލާފައި، އޭނާގެ ނިއުކްލިޔަރ މަރުކަޒުތައް އެ ވަނީ ސުންނާފަތި ކޮށްލާފައި، އޭނާ ފިއްލަވައިގެން ހުރި ތަން ވެސް އަޅުގަނޑަށް އެނގޭ، ނަމަވެސް އޭނާ ޝަހީދު ކޮށްލުމުގެ ފުރުޞަތު އިސްރާއީލުގެ އިތުރުން ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ލަޝްކަރު، އެމެރިކާގެ އަސްކަރިއްޔާއަށް ދިނުމަށް ހުރަސް އެޅީ އަޅުގަނޑު،” ޓްރަމްޕް ވިދާޅުވިއެވެ. “އަނިޔާވެރި މަރަކުން އޭނާ ސަލާމަތް ކުރީ ޚުދު އަޅުގަނޑު.”
ޓްރަމްޕްގެ ބަސްތަކަށް އީރާނުން ވެސް ވަނީ ރައްދު ދީފައެވެ. އަދި، ޚާމަނާޢީއަށް އިޙުތިރާމު ކުޑަ ބަސްތައް ރައްދު ކުުރުން ހުއްޓައިލުމަށް އީރާނުން ވަނީ ގޮވައިލާފައެވެ. “އެއްބަސްވުމެއް އެކުލަވައިލުމުގެ ސާފު ނިޔަތް ޓްރަމްޕް ގެންގުޅުއްވާ ނަމަ، އީރާންގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީއަށް ބަދުބަސް ރައްދު ކުރެއްވުމާއި، އިޙުތިރާމު ކުޑަ ކުރުން ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާނެ،” އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވިއެވެ. އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ދީފައިވާ ޙަމަލާތަކުގައި އެ ތަންތަނަށް ލިބިފައިވާ ގެއްލުމާއި ހާލަތު ވަޒަން ކުރުމުގެ ފުރުޞަތު އެކުވެރި ދައުލަތްތައް (އދ)ގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ)އަށް ދިނުމަށް ވެސް ޓްރަމްޕް ގޮވައިލެއްވިއެވެ. އެ އިދާރާގެ ވެރިޔާ ރަފަޔަލް ގްރޮއްސީ ވެސް ވިދާޅުވީ، މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކުގެ ހާލަތު ދެނެގަތުމަށް ކަމުގައެވެ. އަދި، އެ ތަންތަން މޮނިޓަރު ކުރުމުގެ ފުރުޞަތު އަލުން ހޯދުމަށް ކަމުގައެވެ. ނަމަވެސް، އައިއޭއީއޭއަށް އެ ފުރުޞަތު ނުދިނުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
