
ރިވައިވަލް ސްޕޯޓްސްއިން ކުރިޔަށް ގެންދާ އޭދަފުށީ ޖޫނިއާ އޯޕަން 2025ގެ ފައިނަލްގައި ވާދަކުރާ ކުޅުންތެރިންނަށް އިންޑިއާއިން ހިލޭ ތަމްރީނުވުމުގެ ފުރުސަތު ލިބިއްޖެއެވެ. ރިވައިވަލް ސްޕޯޓްސްއިން ބުނީ އިންޑިއާގެ އޮޑިސާގައި ބިބާސް ޕަރިޑާ ހޮލީ ޗައިލްޑް ބެޓްމިންޓަން އެކަޑަމީގައި 2 ހަފްތާގެ ޓްރޭނިން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ. މި ފުރުސަތު ހުރިހާ ފައިނަލިސްޓުންނަށް ލިބިފައިވާއިރު އެތުލީޓުންނަށް އީމެއިލް މެދުވެރިކޮށް މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހެޅޭނެ ކަމަށް ރިވައިވަލް ސްޕޯޓްސް އިން ބުނެއެވެ. މި ފުރުސަތު ހުޅުވިފައިވަނީ މިއަދުން ފެށިންގެ 28 ޑިސެމްބަރުގެ ނިޔަލަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ އެތުލީޓުންނަށް ހުރުމާއި ކެއުން އަދި ޓްރޭނިން ފީތައް ހަމަޖައްސައިދޭނީ ބިބާސް އެކަޑަމީން ކަމަށާއި، އެހެންނަމަވެސް އިންޑިއާއަށް ދިއުމަށް ޓިކެޓް ނަގަން ޖެހޭނީ އަމިއްލަ ހަރަދުގައި ކަމަށް ރިވައިވަލްއިން ބުނެއެވެ. ރިވައިވަލް ސްޕޯޓްސް އިން ބުނީ މިއީ އެތުލީޓުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށާއި މިއީ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން 2025 ކުރިޔަށްދަނީ 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް ކެޓަގަރީގެ މެޗުތަކެވެ. މި މުބާރާތުގެ ސިންގަލްސް އިވެންޓުގައި 166 ކުޅުންތެރިންނާއި، ޑަބަލްސް އިވެންޓުގައި 67 ޕެއާ ވާދަކުރެއެވެ.
މިއީ ރިވައިވަލް ސްޕޯޓްސްއިން ޖޫނިއާ އެތުލީޓުންނަށް ހާއްސަކޮށްގެން މި މުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ. މިއީ ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގެ 2 ވަނަ އެޑިޝަނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
