
އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފިކޭޝަނުގައި މި މަހުގެ 29 ވަނަ ދުވަހު ވިއެޓްނާމާ ދެކޮޅަށް ނުކުންނަ މެޗުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ފަރަގު ކުޑަކުރަން ކަމަށާއި، ބާކީ އޮތް ދެ މެޗުގައި އުއްމީދަކީ މެޗު ކާމިޔާބުކުރުން ކަމަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އާމިނަތު ލީޒާ (ލިޒީ) ބުނެފިއެވެ. ވިއެޓްނާމާ ދެކޮޅަށް ކުޅޭ މެޗަށް އެގައުމަށް ފުރުމުގެ ކުރިން “ޕީއެސްއެމް ނިއުސް” އާ ވާހަކަދައްކަމުން ލިޒީ ބުނީ މުބާރާތަށް ކުރެވުނު ޕްރެކްޓިސްތަކާމެދު ހިތްހަމަޖެހޭކަމަށެވެ. ފަރިތަކުރުންތައް 40 ވަރަކަށް ދުވަހަށް ކުރިއަށް ދިޔަކަމަށާ މުބާރާތަށް މިފުރަނީ ރަނގަޅަށް ތައްޔާރުވެގެންކަމަށެވެ.
“މިމުބާރާތަށް އަސްލު ޕްރެކްޓިސްތައް ވަރަށް ރަނގަޅަށް ދިޔައީ، ގާތްގަނޑަކަށް ސާޅީސް ވަރަކަށް ދުވަހުގެ ޕްރެކްޓިސްކޮށްލާފަ މިދަނީ، ދެން ޕްރެކްޓިސްތަކުގަ ހަމަ ވަރަށް ކިކުގަ ހުރިހާ ކުދިންވެސް ވަރަށް ފޯރީގަ ޖެއްސި، ދެން އަޅުގަނޑުމެން މިޖެހޭ ގްރޫޕްގަ މިއޮންނަނީ ވަރަށް ވަރުގަދަ އެއް ޓީމު އެބަ އިނދޭ. ވިއެޓްނާމް. ދެން އިން ދެ ޓީމަކީ އަޅުގަނޑުމެންނަށްވުރެން ރޭންކުގެ ގޮތުން މަތިވިޔަސް އަސްލު ވަރަށް ރަނގަޅު ފައިޓެއް ދެވޭނެ ދެޓީމު” ލިޒީ ބުނެފަވެއެވެ. މުބާރާތަށް ޓީމު އޮތީ ވަރަށް ވަރުގަދަ ރޫހެއްގައިކަމަށް ލިޒީ ފާހަގަކުރިއެވެ. އޭނާ ބުނީ ވިއެޓްނާމައި މީގެ ކުރިން ބައްދަކޮށްފަވާކަމަށާ، އެފަހަރު ރާއްޖޭގެ ޓީމު ބަލިވީ ބޮޑު ތަފާތަކުންކަމަށެވެ. އެހެންކަމުން އެގައުމާ ދެކޮޅަށް މިފަހަރު ނުކުންނާނީ ބަލިވިޔަސް އެ ފަރަގު ކުޑަކުރުމުގެ އަޒުމުގައިކަމަށް ލިޒީ ބުންޏެވެ.
“އެންމެ ފުރަތަމަ މެޗު މިއޮތީވެސް ވިއެޓްނާމާ އެއްކޮށް، އެހެންވީމަ އަޅުގަނޑުމެންގެ އެންމެ ބޮޑު ޓާގެޓާކީ އެމާޖިން ކުދަ ކުރުން، ވިއެޓްނާމާ ދެކޮޅަށް ކުޑަ ސްކޯއަކުން ބަލިވިޔަސް، ދެން އެންމެ ބޮޑު ޓާގެޓަކީ ހަމަ އެއްވަރެއް ވެއްޖެއްޔާ އަޅުގަނޑުމެން ވަރަށް އުފާވާނެ. އެހެންނަމަވެސް މިހާރު ވަރަށް ބޮޑު މާރިޖިންއަކުން ބަލިވެފަ އިނީމަ، އެންމެ ބޮޑު ޓާގެޓެއް އިނީ ހަމަ އޭތި ކުޑަކުރުން” ލިޒީ ބުންޏެވެ. އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފިކޭޝަނުގައި ރާއްޖެއިން މިމަހުގެ 29 ވަނަ ދުވަހު ނިކުންނާނީ ވިއެޓްނާމުގައި އެގައުމާ ދެކޮޅަށެވެ. އެއަށްފަހު ޖުލައި މަހުގެ ދެވަނަ ދުވަހު ގުއާމާ ވާދަކުރާމެޗު ތާވަލުކޮށްފަވާއިރު، ތިންވަމަ މެޗަށް ރާއްޖޭގެ ޓީމު ނިކުންނާނީ ޖުލައި މަހުގެ ފަސްވަނަ ދުވަހު ޔޫއޭއީއާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
