
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފަތުރުވެރިކަން ރާއްޖޭގައި ތަރައްޤީވެފައިނުވާ ސަރަޙައްދުތަކަށް ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި އިންވެސްޓަރުން ޝައުގުވެރިވާނެފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހއ.އަތޮޅާއި ހދ. އަތޮޅާއި، ށ.އަތޮޅާއި، ތ.އަތޮޅު އަދި ލ.އަތޮޅާއި އައްޑު ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން ނެތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކޮށް އޭގެ ނަފާ އެސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވަނީ އެވާހަކަ ތަކުރާރުކުރައްވާފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ފަތުރުވެރިކަމަށް އެކަށިގެންވާގޮތުގައި ރިސޯޓުތައް ތަރައްޤިވެފައި ނެތް ސަރަޙައްދުތަކުގެ ގޮތުގައި ފާހަގަކުރެވޭ ހއ.އަތޮޅާއި ހދ. އަތޮޅާއި، ށ.އަތޮޅާއި، ތ.އަތޮޅު އަދި ލ.އަތޮޅާއި އައްޑު ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން އެމަސައްކަތް ކުރިއަށްގެންދަވާނީ އިންވެސްޓަރުން ޝައުގުވެރިވާނެ އެކި ކަންކަން ހިމަނުއްވައިގެންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
As I pledged in the Manifesto and as stated in my address to Parliament in February this year, we are going to unlock the tourism potential in atolls that previously did not have much resort developments. These include Haa Alif, Haa Dhaalu, Shaviyani, Thaa, Laamu and Addu City.…
— Dr Mohamed Muizzu (@MMuizzu) June 27, 2025
އޭގެ ތެރޭގައި ރާއްޖެއަށް އިންވެސްޓުކުރާ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ދެވެން އޮތް އެކި ލުއިތައް ދިނުމާއި އެކި ޢިނާޔާތްތައް ދިނުމުގެ އިތުރުން އެސަރަޙައްދުތަކުގައި ފަތުރުވެރިކަން ގެނައުމަށް ބޭނުންވާ ޢުމްރާނީ އެކި ތަރައްޤީތައް ގެނައުމުގެ މަސައްކަތުގެ އިތުރުން އިންވެސްޓަރުން ޝައުގުވެރިވާނެހެން މާކެޓިންގ އުކުޅުތައް ސަރުކާރުން ބޭނުންކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީވަމުންދާ އެއަރޕޯޓުތަކާއެކު، އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ފުޅާވެފައިވާ މިދަނޑިވަޅަކީ ރާއްޖޭގެ ފަތުރުވެރިކަން އެހެން ޙަރުފަތަކަށް ގެންދިޔުމަށް އެންމެ މުނާސަބު ވަގުތުކަމަށެވެ. އިންވެސްޓުމަންޓުތަކާއި އަދި މިކަމުގެ އިތުރު މަޢުލޫމާތު އަންނަ ހަފްތާގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ޤައުމީ އެއަރލައިން ފަތުރުވެރިކަމުގެ ސިނާޢަތުގައި މިހާރަށްވުރެ ބޮޑަށް ބޭނުންކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް އެހެން ބައްރުތަކުން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއަރ ކްރާފްޓް ބޭނުންކުރަން ސަރުކާރުން ވަނީ ފައްޓަވާފައެވެ. މީގެއިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމާއި ރާއްޖެ އިޝްތިހާރުކުރުމަށް ޔޫރަޕްގެ ބޮޑު ފުޓުބޯޅަ ކްލަބާއެކުވެސް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
