
(ފޮޓޯ ކްރެޑިޓްސް: ޝޯޝަލް މީޑިއާ)
ރާއްޖޭގެ ފަތުރުވެރިކަމަކީ މުޅި ދުނިޔެއަށްވެސް މަޤްބޫލު ކާމިޔާބު ފަތުރުވެރިކަމެވެ. ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން 50 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު ތަފާތު އެކި ބާވަތްތަކުގެ ފަތުރުވެރިކަން ރާއްޖެއަށް ދަނީ ތަޢާރަފްކުރަމުންނެވެ. ސަރުކާރުން މިހާރު ދަނީ ރާއްޖޭގައި ހަލާލް ފަތުރުވެރިކަން ތަރައްޤީކުރުމަށް މަސައްކަތްކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ހަލާލު ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ދޫކުރައްވާނެ ރަށްތައް ކަނޑައަޅުއްވާފައެވެ. ހަލާލް ނުވަތަ އިސްލާމިކް ޓުއަރިޒަމަކީ މުސްލިމުންނަށް ހާއްސަކޮށް އިސްލާމް ދީނުގެ އަސާސްތަކާއި ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމެވެ. ހަލާލް ޓުއަރިޒަމް ކޮންސެޕްޓަށް ހިންގާ ތަންތަނުގައި ފަތުރުވެރިންނަށް ބޭނުންވާ އެކަހެރިކަމާއި، ހަލާލް ކެއުމާއި ބުއިންތައް ލިބެން ހުރުމާއި، ވަކި ޚިދުމަތްތައް ލިބެން ހުރެއެވެ.
ހަލާލް ފަތުރުވެރިކަމަކީ ދުނިޔޭގައި ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ. ހަލާލް ފަތުރުވެރިކަމުގެ ޚިދުމަތްތައް ލިބޭ ތަންތަނަށް މުސްލިމުން ދަތުރުކޮށް، ކޮންމެ އަހަރަކުވެސް މި ބާވަތުގެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އެތައް ބިލިޔަން ޑޮލަރަކަށް އަރައެވެ. މުސްލިމް ބައެއް އެހެން ޤައުމުތަކުގައިވެސް އަންނަނީ ހަލާލް ފަތުރުވެރިކަން ހިންގަމުންނެވެ. އޭގެތެރޭގައި މެލޭޝިއާ، އިންޑޮނޭޝިއާ، އަދި ތުރުކީ ފަދަ ޤައުމުތައް ހިމެނެއެވެ.

ރާއްޖޭގައި ހަލާލު ފަތުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިހާރު ވަނީ ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭ މަޤްބޫލުކަން ހޯދާފައިވާ ސިނާޢަތެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ހަލާލު ފަތުރުވެރިކަން ތަޢާރަފްކޮށް އެކަމުގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމަށްވުމަށް މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން، ހަލާލު ފަތުރުވެރިކަމަށް ޚާއްސަ ރަށްތަކެއް ކަނޑައެޅުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިކަން ކުރާނީ އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކާއި ލުއިތަކެއް ލިބޭގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެސަބަބުން ސިނާޢަތް ސިންދަފާތުވެ ފަތުރުވެރިކަމުގެ އިތުރު އުފެއްދުންތައްވެސް ފޯރުކޮށްދެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަލާލް ފަތުރުވެރިކަމަކީ ދުނިޔޭގައި ބޮޑު މާކެޓެއް އޮތް ސިނާއަތެއްކަމަށާއި މި ދާއިރާއިން ރާއްޖެއަށް ބޮޑު އާމްދަނީއެއް ހޯދިދާނެކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ރާއްޖޭގައި ހަލާލު ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މަތީ ފަންތީގެ ފަތުރުވެރިކަން ހިމެނޭހެން ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް އިސްތިހާރުކޮށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ރަށު ފަތުރުވެރިކަން ކުރިއަރުވައި، ކުޅިވަރާއި މުނިފޫހިފިލުވުމާއި އަދި މީނޫންވެސް އެކި ދާއިރާތައް ކުރިއަރުވަން ވަނީ މަސައްކަތް ކޮށްފައެވެ.
އިސްލާމީ ޤައުމުތައް ހިމެނޭ ސަރަހައްދުތަކުން ރާއްޖެއަށް އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ސައުތު އީސްޓް އޭޝިއާ ސަރަހައްދުން 28،815 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %12.5 އިތުރުވުމެކެވެ. ސައުތު އޭޝިއާ ސަރަހައްދުން %2.3 އިތުރުވުމަކާއިއެކު 78،157 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މެދުއިރުމަތިން 28،640 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ %3.2 އިތުރުވުމެއްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
