
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމުގައި އިޒްރޭލުން ޝަހީދުކުރާ އާންމުންގެ އަދަދު އިތުރުވެ ފާޑުކިޔުންތައް އިތުރަށް ބޮޑުވެފައި ވަނިކޮށް ހަމަލާތައް ހުއްޓުމަކަށް ގެނެވިދާނެ ކަމުގެ ވާހަކަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދައްކަވައިފި އެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޓްރަމްޕު ވިދާޅުވީ އަންނަ ހަފްތާގައި އެކަން ވެދާނެ ކަމަށް މިހާރު ބެލެވޭ ކަމަށެވެ. “އަންނަ ހަފްތާގައި އެކަން ވެދާނެ، ހަމަލާތައް ހުއްޓުމަކަށް އަންނާނެ،” ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕު ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ އިންތިގާލީ މަރުހަލާ ތެރޭގައި އޭރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ވަނީ ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނެސްފަ އެވެ. އޮކްޓޫބަރު 7، 2023 އިން ފެށިގެން ދެމުން ގެންދާ އެ ހަމަލާތައް އޭރު ހުއްޓުމަކަށް ގެނެސް ޣައްޒާއަށް އެހީގެ ސާމާނު ވައްދައި ދެ ފަރާތުން އަސީރުން ބަދަލުކުރި އެވެ. ނަމަވެސް އިޒްރޭލުން މިހާރު ވަނީ އަލުން ހަމަލާތައް ފަށައި އެހީގެ ސާމާނު ވެއްދުން ވެސް ހުއްޓުވައި ސީދާ އިޒްރޭލުން ބޭނުންވާ އެއްޗެއް ބޭނުންވާ ގޮތަކަށް ނޫނީ އާންމުންނަށް ނުލިބޭ ގޮތް ހަދައި ވަރަށް ބޮޑަށް ދަތިކޮށްފަ އެވެ.
ޓްރަމްޕު މިދިޔަ ހަފްތާގައި ވެސް ވަނީ ޣައްޒާއާ ގުޅޭ ގޮތުން އުފާވެރި ހަބަރެއް ވަރަށް އަވަހަށް ލިބިދާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އޭރު ވިދާޅުވީ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތައް ލިބެމުން އަންނަ ކަމަށެވެ. ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ ވާހަކަ އަލުން ދައްކާއިރު ޣައްޒާގައި ކޮންމެ ދުވަހަކު އެތައް ބަޔަކު މިހާރު ދަނީ ޝަހީދުކުރަމުންނެވެ. އެހީ ހޯދަން މަރުކަޒުތަކުގެ ކައިރިއަށްދާ މީހުންނަށް އިޒްރޭލުން ހަމަލާދިނުން އާންމު ކަމަކަށް ހަދާފައި ވާތީ އެކަން ކުށްވެރިކުރަމުން ދާއިރު އިޒްރޭލުން ދަނީ ހަމަލާ ދޭ ކަމަށް އިންކާރުކުރަމުންނެވެ. މިދިޔަ 48 ގަޑިއިރު ތެރޭގައި ވެސް 100 އަށް ވުރެ ގިނަ މީހުން ޣައްޒާގައި ވަނީ ޝަހީދުކޮށްލައިފަ އެވެ.
އަނެއްކޮޅުން، އިޒްރޭލާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމާގައި އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމަކީ ވެސް އިޒްރޭލުން މި ވަގުތަށް ހަމަލާތައް މެދުކަނޑާލަފާނެ ސަބަބެއް ކަމަށް ވަނީ ބެލެވިފަ އެވެ. ޓްރަމްޕު ވެސް ވަނީ އިޒްރޭލަށް ލިބުނު ގެއްލުންތަކުގެ ބޮޑުކަމުގެ ވާހަކަ ދައްކަވައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
