
(ފޮޓޯ ކްރެޑިޓްސް: ފިނޭންސް މިނިސްޓްރީ)
އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު، އޭއައިއައިބީގެ ގަވަރުނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ވަޒީރު ޒަމީރު ވަނީ މި ދަތުރުފުޅުގެ ތެރެއިން އޭއައައިބީގެ ގަވަރނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ބޭއްވުނު ގަވަރނަރުންގެ ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާފައެވެ. ހުޅުވާނުލައި ބޭއްވުނު ޖަލްސާގައި ކެންޑިޑޭޓުގެ އިންޓަވިއު އަދި އޭއައައިބީގެ ދެން އަންނަ ރައީސް އިންތިޚާބުކުރުން ހިމެނެއެވެ.
މީގެ އިތުރުން “ބިލްޑިންގ އޮން އަ ޑެކޭޑް އޮފް އިމްޕެކްޓް” މި މައުޟޫއަށް ބައްދަލުވުމުގެ ތެރެއިން ބޭއްވި ބިޒްނަސް ރައުންޑްޓޭބަލްގައި ވަޒީރު މޫސާ ޒަމީރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭއައިއައިބީގެ ގަވަރުނަރުންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ޗައިނާގެ މާލީ ދައިރާގެ ބައެއް ބޭންކުތަކާއި އަދި އެނޫންވެސް ފަރާތްތަކާއި މާލީ ވަޒީރު ވަނީ ބައްދަލުކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ފިނޭންސް މިނިސްޓްރީ)
މީގެ ތެރޭގައި ޗައިނާ އެކްސްޕޯޓް އެންޑް ކްރެޑިޓް އިންޝުއަރެންސް ކޯޕަރޭޝަން (ސިނޯޝުއަރ)ގެ އިސްވެރިންނާއި، ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީ.ޑީ.ބީ) ގެ އިސް އޮފިޝަލުން ހިމެނެއެވެ. މި ބައްދަލުވުންތަކުގައި ވަޒީރު ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހިއްސާ ކުރައްވާފައެވެ. މި ބައްދަލުވުންތަކުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް އެ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް މާލީ ވުޒާރައިން ވިދާޅުވެއެވެ. މީގެ އިތުރުން އޭއައިއައިބީގެ ރައީސް ޖިން ލިކުން އާ މާލީ ވަޒީރު މޫސާ ޒަމީރު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، ދެފަރާތުންވެސް އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިބިކަން ފާޅުކުރެއްވިއެވެ. އަދި އޭއައިއައިބީގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ކުރިއަށްދާ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް ވަޒީރު ވަނީ ބައްދަލުވުމުގައި އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ކުރިމަގުގެ ފައިނޭންސިންގ ބޭނުންތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
އޭއައިއައިބީގެ 10 ވަނަ އަހަރީ ބައްދަލުވުން ބާއްވާފައިވަނީ މިމަހުގެ 24އިން 26 އަށެވެ. ބެއިޖިންގގައި ހުންނަ ޗައިނާ ނޭޝަނަލް ކޮންވެންޝަން ސެންޓަރު 2 ގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އޭއައިއައިބީގެ މެންބަރު ގައުމުތަކާއި، ބައިވެރިންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ މާހިރުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
