
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ޗައިނާގެ މާކެޓަށް އިތުރަށް ފުޅާކުރުމަށް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޓްރެވަލްސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް، ޖީޑީއެސްއާ ރަސްމީކޮށް ގުޅިއްޖެއެވެ. މޯލްޑިވިއަނުން މިކަން އިޢުލާންކޮށްފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ. ޓްރެވެލްސްކައި ޖީޑީއެސް އަކީ ޓްރެވަލްސްކައި ޓެކްނޮލޮޖީ ލިމިޓެޑް އިން ހިންގާ ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް، ޖީޑީއެސްއެކެވެ. މިއީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ، ޗައިނާގެ ކުންފުންޏެކެވެ. ދުނިޔޭގައި އެންމެ ބޮޑު ތިން ޖީޑީއެސްގެ ތެރޭގައި ހިމެނޭ، މި ސިސްޓަމުން އެއަރލައިންތަކަށާއި ޓްރެވަލް އޭޖެންސީތަކަށް ޓިކެޓް ރިޒާވްކުރުމާއި، ފުރުމުގެ ކަންކަން ބެލެހެއްޓުމާއި، ޑިސްޓްރިބިއުޝަންގެ އިތުރުން މެނޭޖްމެންޓުގެ ޚިދުމަތްތައް ފޯރުކޮށްދެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި، މޯލްޑިވިއަނުން ވަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޓްރެވެލްސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް، ޖީޑީއެސް އަދި ޗައިނާގެ އައިއޭޓީއޭގެ ބިލިންގ އެންޑް ސެޓްލްމަންޓް ޕްލޭން، ބީއެސްޕީއާއެކު ރަސްމީކޮށް ގުޅިފައިވާކަމަށް އިޢުލާންކޮށްފައެވެ.
Maldivian proudly expands its reach in China!
We’re now live on TravelSky GDS and part of IATA’s BSP in China, enabling convenient ticketing. With direct flights to Beijing, Shanghai & Chengdu, this milestone enhances travel convenience for agents and customers alike. 🌏✈️… pic.twitter.com/AQuBNMG3R6— MaldivianAero (@MaldivianAero) June 26, 2025
މީގެ މައިގަނޑު މަޤްޞަދަކީ ޗައިނާގެ ޓްރެވަލް އޭޖެންޓުންނަށާއި ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް މޯލްޑިވިއަންގެ ޚިދުމަތްތައް ފަސޭހައިން ލިބެން ހުރުމާއި، ޓިކެޓް ހެދުމުގެ ފަސޭހަކަން އިތުރުކުރުންކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ. މި ބަދަލާއެކު ޗައިނާގައި ތިބި އައިއޭޓީއޭއިން އެކްރެޑިޓްކޮށްފައިވާ އޭޖެންޓުންނަށް މިހާރު ޓްރެވެލްސްކައި ޕްލެޓްފޯމް މެދުވެރިކޮށް މޯލްޑިވިއަންގެ އީ-ޓިކެޓް ފަސޭހަކަމާއެކު ދޫކުރެވޭނެކަމަށް އެ އެއަރލައިނުން މައުލޫމާތުދެއެވެ. އަދި މިއީ މިވަގުތު ދުނިޔޭގައި އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރަމުންދާ އައުޓްބައުންޑް ޓޫރިޒަމް މާކެޓްތަކުގެ ތެރެއިން އެއް މާކެޓް ކަމުގައިވާ ޗައިނާގައި މޯލްޑިވިއަންގެ މަޤްބޫލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް އެ އެއަރލައިނުން ވިދާޅުވެއެވެ.
މޯލްޑިވިއަނުން ވިދާޅުވީ، މި ޕާޓްނަރޝިޕްގެ ސަބަބުން ޗައިނާއިން ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި ޗައިނާއަކީ މި ވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަށް ވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް އެ ކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
މީގެ އިތުރުން، މިކަމުގެ ސަބަބުން މޯލްޑިވިއަންއަށް ބައިނަލްއަޤްވާމީ އެހެން އެއަރލައިންތަކާއެކު ގުޅުންތައް ޤާއިމުކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ. މޯލްޑިވިއަނުން ދަނީ ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ. އެއީ ބެއިޖިންގ، ޝަންގްހާއި އަދި ޗެންގްޑޫއެވެ. މި ރޫޓުތަކުގައި ޚިދުމަތް ދެނީ އެއަރލައިންގެ އޭ330-200 ވައިޑްބޮޑީ މަތިންދާބޯޓުންނެވެ. މިއީ ދުރު މަންޒިލްތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް އަމާޒުކޮށްގެން ޚިދުމަތް ދިނުމަށް އެއެރލައިންގެ ފްލީޓަށް ގެނައި ބޯޓެކެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 26 މަތިންދާބޯޓެއް ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 8 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
