
(ފޮޯތ ކްރެޑިޓްސް: ރައީސް އޮފީސް)
އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަރާދެވޭނެ މަގު ފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މާލީ އެހީތެރިކަމާއި އެކި ބާޒާރުތައް އެ ފަންތިތަކުގެ ވިޔަފާރިތަކަށް ފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2025 ގެ ކާމިޔާބީއާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަރައި ދެވި، ރާއްޖޭގެ އިޤުތިޞާދު ސިންދަފާތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި 2040 ވަނަ އަހަރުގެ ކުރިން ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މުހިންމު ދައުރެއް އަދާކުރާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
On this Micro, Small and Medium-sized Enterprises Day, we celebrate the entrepreneurs and innovators driving sustainable growth across our islands and around the world. We remain committed to empowering MSMEs through inclusive financing and improved access to markets. Building on…
— Dr Mohamed Muizzu (@MMuizzu) June 27, 2025
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެ ފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރައްވާފައިވާ އެންމެ ކާމިޔާބު އެއް މަސައްކަތަކީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމެވެ. މި މައުރަޒުވީ އެތައް ވިޔަފާރިއަކަށް އިންވެސްޓަރުންގެ ލޯތައް ހުޅުވި، ވިޔަފާރިތަކަށް އިންވެސްޓްމެންޓް ލިބުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިން މައުރަކަށެވެ.
މީގެ އިތުރުން ކުދި ވިޔަފާރިތައް ކުރިއަރުވައި ފުޅާކުރުމަށް މިއަހަރުގެ ތެރޭގައި ފަހި ގިނަ ފުރުޞަތުތަކެއް ހުޅުވި، ޤާނޫނެއް ހަދައި ޤާނޫނީ ރައްކާތެރިކަން މިއަހަރު ފޯރުކޮށްދެވޭނެކަން ސަރުކާރުން ހާމަކުރައްވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
