
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ އައު އިންޓަރނޭޝަނަލް ޓަރމިނަލް އެއަރލައިންތަކަށް ހުޅުވާލާނީ ކަނޑައަޅާ ވަކި ތަރުތީބަކުންކަމަށާއި، 26 ޖުލައިގައި ޓަރމިނަލް ހުޅުވާލާނީ މޯލްޑިވިއަންގެ އިންޓަނޭޝަނަލް ފްލައިޓް ޕެސެންޖަރ ސަރވިސްއާއެކުކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އެއަރޕޯޓް ފުލް ފްލެޖް ކުރަނީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއެއްގޮތަށް، ޚާއްސަ ކޮންސަލްޓަންޓެއްގެ އިރުޝާދާ އެހިތެރިކަމާއެކުއެވެ.
އެއަރޕޯޓްގެ ޚިދުމަތްތައް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، އައު އިންޓަރނޭޝަނަލް ޕެސެންޖަރ ޓަރމިނަލް ފުލީ އޮޕަރޭޝަނަށް ގެންނާނީ، 3 މަސް ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތްތަކާއެކުގައެވެ. އެމްއޭސީއެލްއިން ވިދާޅުވީ، ބޭރުގެ ޤައުމުތަކުގައި އައު ޕެސެންޖަރ ޓަރމިނަލްތައް ހުޅުވުމުގައި ބޭނުންކުރާ ބެސްޓް ޕްރެކްޓިސްތައް، މި ޓަރމިނަލް ހުޅުވާއިރު ބޭނުންކުރުމަށް އެކަމަށް ޚާއްސަ ކޮންސަލްޓެންޓެއް ކަނޑައަޅާފައިވާކަމަށެވެ.
ކޮންސަލްޓަންޓްގެ އިރުޝާދާ އެއްގޮތަށް އައު ޓަރމިނަލަށް ޚިދުމަތްތައް ބަދަލުކުރަމުންދާނީ، ކަނޑައަޅާ ވަކި ތާވަލަކާ އެއްގޮތަށްކަމަށެވެ. މީޑިއާތަކާއެކު ގުޅުން ބަދަހިކުރުމަށް މިމަހުގެ 22ވަނަ ދުވަހުގެ ރޭ، ވީއައޭގައި ބޭއްވި އިވެންޓެއްގައި، އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް އަޙުމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއަރލައިނަށް ދެއްވާ އިސްކަމުގެ ތެރެއިން، އައު ޕެސެންޖަރ ޓަރމިނަލް އެންމެ ފުރަތަމަ ހުޅުވާލާނީ މޯލްޑިވިއަންގެ އިންޓަރނޭޝަނަލް ދަތުރުތަކުގެ ފަސެންޖަރުންނަށްކަމަށެވެ. އެއަށްފަހު މޯލްޑިވިއަންގެ ފްލައިޓްތަކުގެ ތަޖުރިބާއަށް 2 ހަފްތާއެއްހާ މުއްދަތަށް ބަލާނެއެވެ.

(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް)
އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދު ވިދާޅުވީ، މޯލްޑިވިއަންގެ ފްލައިޓް ތަޖުރިބާއަށްފަހު، ޓަރމިނަލް ދެން ހުޅުވާލާނީ އެހެން އެއަރލައިންތަކުގެ ނެރޯ ބޮޑީ ފްލައިޓްތަކަށްކަމަށެވެ. މިއީ ގާތްގަނޑަކަށް 200 ޕެސެންޖަރުންގެ އެއަރކްރާފްޓްތަކެވެ. ނެރޯ ބޯޑީ ފްލައިޓްތައް ރާއްޖެއަށް ބާއްވާ 9 އެއަލައިނެއް މިހާރު ކަނޑައަޅާފައިވާކަމަށް މިހާދު ވިދާޅުވިއެވެ. ނެރޯ ބޮޑީ ފްލައިޓްތަކާއެކު، ގާތްގަނޑަކަށް 3 މަސް ދުވަހު ޓަރމިނަލް ތަޖުރިބާ ކުރާނެއެވެ.
މިހާދު ވިދާޅުވީ ފުރަތަމަ 3 މަހު، އައު ޓަރމިނަލް ބޭނުންކުރާ މީހުންގެ ކެޕޭސިޓީ ބަހައްޓަން ބޭނުންވަނީ 1000 ގައިކަމަށެވެ. އޮޕަރޭޝަންތައް ހަމަޖެހިފާގޮތަށް ތަޖުރިބާކޮށް، އަދި މައްސަލަތަކާއި އިތުރަށް ޙައްލުކުރަން ނުވަތަ ބަދަލުތައް ގެންނަންޖެހޭ ކަމެއް ހުރިނަމަ، އެކަން ދެނެގަތުމަށް އެ މުއްދަތު ބޭނުންކުރުމަށްކަމަށެވެ. ވައިޑް ބޮޑީ އެއަރކްރާފްޓްތައް އޮޕަރޭޓްކުރާ އެއަރލައިންތަކަށް ހުޅުވާލާނީ އެއަށްފަހުގައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ މުޅި ޓަރމިނަލް، މިއަހަރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށެންވާއިރަށް ފުލީ އޮޕަރޭޝަނަށް ގެންނާނެކަމަށެވެ. އެހާތަނަށް ޓަރމިނަލްގެ އެފްއެންބިއާއި ޑިއުޓީ ފްރީ، ފުލްފްލެޓް ކޮމާޝަލް އޭރިއާއެއްގެ ގޮތުގައި ތަރައްޤީކޮށް ނިމޭނެކަމަށެވެ. ނަމަވެސް ޓަރިމިނަލް ބޭނުންކުރަން ފަށާއިރުވެސް، މި ޚިދުމަތްތައް ކޮންމެވެސް މިންވަރަކަށް ޤާއިމުކޮށްފަ ހުންނާނެކަމަށް އެމްއޭސިއެލްއިން ވިދާޅުވެއެވެ. އެއަރޕޯޓްގެ ކޮމާޝަލް އޭރިއާއާއި އަދި އައު ޓާރމިނަލްގެ ލޭންޑްސްކޭޕާ މަގުތަކަށް ގެންނަ ބަދަލުތައް، ޓަރމިނަލް ކޮންޓްރެކްޓްކުރިއިރު އޮތީ ހަވާލުނުކޮށެވެ.
ވީއައިއޭގެ އައު ޓަރަމިނަލް ފަށާއިރު މުޅި ސަރަޙައްދަށްވެސް ބޮޑެތި ބަދަލުތައް ގެންނަންޖެހެއެވެ. އެގޮތުން ފަތުރުވެރިންނަށް ޚިދުމަތްދޭ ރިސޯޓްތަކާއި ޓުއަރ އޮޕަރޭޓާރުންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމާއި، ޕެސެންޖަރުން އެއަރޕޯޓާއި ކަނޑު ދަތުރަށް ފަހިވާގޮތަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައްވެސް ދަނީ ހަމަޖައްސަމުންނެވެ. މި ހުރިހާ ކަންކަން ހަމަޖެއްސުމުގެ މަސައްކަތްތައް އެމްއޭސީއެލްއިން ދަނީ ކުރިއަށްގެންދަވަމުންނެވެ. އައު ޕެސެންޖަރ ޓަރމިނަލަކީ އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރުގެ، އެންމެ ޒަމާނީ ޓަރމިނަލްއެކެވެ. މިއީ ޓަރމިނަލަކީ 78000 އަކަ މީޓަރުގެ ބޮޑު ޓަރމިނަލެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
