
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހަނގުރާމައާއި ބަނޑުހަހޫނުކަމުގެ ޙާލަތު ތަޙައްމަލް ކުރަމުންދާ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ހާމަކޮށްދިނުމުގެ ގޮތުން އިޓަލީވިލާތުގެ އެންމެ ބޮޑު އެއް ސުޕަމާކެޓް ޗެއިން ކަމަށްވާ ކޯއޮޕް އަލިއެންޒާ 3.0އިން ޔަހޫދީ އުފެެއްދުންތައް ވިއްކުން ހުއްޓާލައިފިއެވެ. މިއީ އިޓަލީވިލާތުގެ ބުޑު ވިޔަފާރިއަކުން މި ފަދަ ފިޔަވަޅެއް އަޅާ ފުރަތަމަ ފަހަރެވެ. މި ނިންމުމާއެކު އެ ސުޕަމާކެޓުގައި ވިއްކަމުން ދިޔަ ޔަހޫދީންގެ އުފެއްދުންތައް ކަމަށްވާ ބަދަނާއި ތަހީނީ ސޯސްއާއި ބުއިންތައް ކާބޮނޭޓު ކުރުމަށް ބޭނުން ކުރާ ސޯޑާސްޓްރީމް މަޝިންތައް ފިހާރަތަކުގެ ހަރުތަކުން ނަގައި ވިއްކުން ހުއްޓައިލާނެއެވެ. އޭގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންނަށް ހެޔޮއެދޭކަން ބަޔާންކުރުމަށް ފަލަސްޠީނިއަން ޣައްޒާ ކޯލާ ބުއިން ފިހާރަތަކުގައި ވިއްކާނެ ކަމަށް ކޯެއޮޕް އެލިއެންޒާ 3.0އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އިޓަލީވިލާތުގެ އަށް ސަރަޙައްދެއްގައި ކޯއޮޕް އަލިއެންޒާ 3.0ގެ 350އެއްހާ ފިހާރަ ހުރެއެވެ. ބަޔާނުގައި އިތުރަށް ބުނީ ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާމެދު ފިޔަވަޅެއް ނާޅައި ނުތިބެވޭނެ ކަމަށާއި ޣައްޒާގައި ޔަހޫދީން ހިންގާ އަސްކަރީ ޙަރަކާތްތައް ވަގުތުން ވަގުތަށް ނިމުމަކަށް ގެނައުމަށް ގޮވައިލާ ކަމަށެވެ. އިޓަލީވިލާތުގެ ފްލޮރެންސާއި މެދުތެރޭ ސަރަޙައްދުތައް ކަމަށްވާ ޓަސްކަނީއާއި ލޭޒިއޯއާއި އަމްބްރިޔާގެ ކޯއޮޕް ސުޕަމާކެޓުތަކުން ވެސް ޔަހޫދީ އުފެއްދުންތައް ވިއްކުން ވަނީ މެދުކަނޑާލައިފައެވެ.
ކޯއޮފް އަލިއެންޒާ 3.0ގެ އިތުރުން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގިނަ ޢަދަދެއްގެ ވިޔަފާރިތަކުން ދަނީ ޣައްޒާގެ ޙާލަތާމެދު ނުރުހުން ފާޅުކުރަމުންނެވެ. މި ހަފްތާގެ ތެރޭގައި އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ސުޕަމާކެޓު ވިޔަފާރި ކަމަށްވާ ކޯއޮޕުން ވެސް ވަނީ ޔަހޫދީ ދައުލަތް ހިމެނޭ ގޮތަށް އިންސާނީ ހައްޤުތަކަށް އަރައިގަންނަ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޤަވާއިދުތަކަށް ބޯނުލަނބާ ޤައުމުތަކުގެ އުފެއްދުންތައް ނުވިއްކާނެ ކަމަށް އިޢުލާނުކޮށްފައެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން، ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 56،000 މީހުން ޝަހީދުވެ 131،848އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއްނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅާފައި އޮތުމަށް ފަހު އެ ސަހަރަށް މިހާރު މަދު ޢަދަދެއްގެ އެހީގެ ސާމާނު ވެއްދުމަށް ވަނީ ފުރުޞަތު ދީފައެވެ. ނަމަވެސް އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާ ގުޅުންހުރި ކުންފުންޏަކަށެވެ. އެހީގެ ސާމާނު ހޯދެނީ ވެސް އަމިއްލަ ނަފްސު ނުރައްކަލަށް ހުށަހަޅައިގެން ކަމަށްވާއިރު، ޣައްޒާގެ ރައްޔިތުން އަދިވެސް ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން އިޙްސާސް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
