
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ދެކުނު ލުބުނާނަށް އަމާޒުކޮށް އަނެއްކާ ވެސް ގިނަ ޢަދަދެއްގެ ޙަމަލާތަކެއް ދީފިއެެވެ. ޔަހޫދީންގެ ވައިގެ ޙަމަލާތައް ދީފައި ވަނީ ދެކުނު ލުބުނާނުގެ ނަބަޠީހަށެވެ. ޔަހޫދީން އެ ޙަމަލާ ދީފައި ވަނީ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތް، ޙިޒްބުاللهން މީގެ ކުރިން ބޭނުން ކުަރަމުންދިޔަ އަސްކަރީ މަރުކަޒަކަށް ޙަމަލާދީ ގެއްލުންދީފައިވަނިކޮށް އެ މަރުކަޒު އަލުން މަރާމާތުކޮށް ބޭނުން ކުރުމަށް އެ ޖަމާޢަތުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެއެވެ. އެއީ މިދިޔަ އަހަރުގެ ތެރޭގައި ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ބަދަލުކުރަމުންދިޔަ ޙަމަލާތައް ހުއްޓައިލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފު ޢަމަލެއް ކަމަށް ޔަހޫދީން ބުނެއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ލުބުނާނުގެ ރައީސް ޖޫޒީފް އޫން ވިދާޅުވީ ޔަހޫދީން ވެސް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެވިދާނެ ކަމަށެވެ. އެއްބަސްވުން ޤާއިމުކުރުމަށްފަހުގައި ވެސް ޔަހޫދީން ލުބުނާނަށް އެތައް ފަހަރެއްގެ މަތިން ޙަމަލާ ދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ދެ ފަރާތުގެ ދެމެދުގައި ޤާއިމުކޮށްފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގައިވާ ގޮތުން ދެކުނު ލުބުނާނުގައި ދައުލަތުގެ ސިފައިން ފިޔަވައި އިތުރު ހަތިޔާރު އެޅި ބަޔަކަށް އެ ސަރަޙައްދުގައި ޙަރަކާތްތެރި ނުވެވޭނެ ކަމަށެވެ. އަދި ޔަހޫދީ ސިފައިން ވެސް އެ ސަރަޙައްދު ދޫކޮށް ދާން ޖެހެއެވެ. އަދި ލުބުނާނާއި ޔަހޫދީންގެ ސަރަޙައްދީ ރޮނގުގައި ބަދަލުކުރާ ޙަމަލާތައް ވެސް ހުއްޓުމަށް ގެނައުމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ.
ލުބުނާނުގެ ފަސް ސަރަޙައްދެެއްގައި އެމެރިކާގެ ސިފައިން އަދިވެސް ޤާއިމުވެ ތިބެއެވެ. އެމެރިކާގެ ވައިގެ އަސްކަރިއްޔާއިން ޤަވާއިދުން ޙިޒްބުاللهގެ މެންބަރުން ޝަހީދު ކޮށްލައިފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
