
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިނުގެ ދަނޑުތަކުން ރަޝިޔާއިން ވަގަށް ނަގާފައިވާ ކަމަށް ބުނާ ގޮދަން ބަންގްލަދޭޝުން އެތެރެކުުން ހުއްޓައިލުމަށް އެދުމުން ވެސް އެ ގޮތަށް ޢަމަލުކޮށްފައި ނުވާތީ ބަންގްލަދޭޝްގެ ވިޔަފާރިތަކާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ވިލާތުގެ އިއްތިޙާދުގެ ކިބައިން އެދޭނެ ކަމަށް ޔޫކްރެއިނުން ބުނެފިއެވެ. 2014ވަނަ އަހަރުން ފެށިގެން ރަޝިޔާގެ އަސްކަރީ ބާރުތަކުން ވަނީ އުތުރު ޔޫކްރެއިންގެ ދަނޑުވެރި ސަރަޙައްދުތަކުގެ މައްޗަށް ވެރިވެގަނެފައެވެ. 2022ވަނަ އަހަރު ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހަނގުރާމަކުރަން ފެށުމުގެ ކުރިން ވެސް ޔޫކްރެއިންގެ ގޮދަން ރަޝިޔާއިން ވަގަށް ނަގާ ކަމަށް އެ ޤައުމުން ވަނީ ތުހުމަތު ކޮށްފައެވެ. ނަމަވެސް ރަޝިޔާއިން ބުނަމުންދަނީ މީގެ ކުރިން ޔޫކްރެއިންގެ ސަރަޙައްދުތައް ކަމަށް ބެލެވުނު އެ ސަރަޙައްދުތަކަކީ މިހާރު ރަޝިޔާގެ ސަރަޙައްދުތައް ކަމަށާއި އެ ސަރަޙައްދުތައް ދެމި އޮންނާނީ ރަޝިޔާގެ މިލްކެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން އެ ސަރަޙައްދުގައިވާ ގޮދަން ވަގަށް ނަގާ ކަމަށް ނުބުނެވޭނެ ކަމަށް ރަޝިޔާއިން ޤަބޫލުކުރެއެވެ.
އެނގިފައިވާ ގޮތުގައި އިންޑިޔާގެ ނިއު ދިއްލީގައި ހުންނަ ޔޫކްރެއިންގެ އެމްބަސީން ވަނީ މި އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާއަށް ސިޓީ ފޮނުވައި، ރަޝިޔާގެ ކަވްކަޒު ބަނދަރުން ވަގަށް ނަގާފައިވާ ކަމަށް ބުނާ 150،000 ޓަނުގެ ގޮދަން ބަލައިނުގަތުމަށް އެދިފައެވެ. ބަންގްލަދޭޝަށް ފޮނުވާފައިވާ ސިޓީތަކާ ގުޅޭގޮތުން ސުވާލުކުރުމުން އިންޑިޔާއަށް ކަނޑައަޅާފައި ހުންނަވާ ޔޫކްރެއިންގެ ސަފީރު، އޮލެކްސަންޑާ ޕޮލިޝުކް ވިދާޅުވީ އެމްބަސީން ފޮނުވި ސިޓީތަކަށް ބަންގްލަދޭޝުން ޖަވާބުދީފައި ނުވާ ކަމަށެވެ. ޔޫކްރެއިނުން ޤަބޫލުކުރާ ގޮތުގައި ޔޫކްރެއިންގެ ސަރަޙައްދުތަކުން ވަގަށް ނަގާ ގޮދަން ރަޝިޔާއިން ބޭރު ކުރަނީ ރަޝިޔާގައި އުފައްދާ ގޮދަނާ އެއްކޮށްގެންނެވެ. ޕޮލިޝުކް ވިދާޅުވީ އެއީ ކުށެއް ކަމަށެވެ. އޭނާ ވިދާޅުވީ ޔޫކްރެއިންގެ ޖާސޫސީ އިދާރާތަކުން ހޯދާފައިވާ މި ހޯދުން ވިލާތުގެ އިއްތިޙާދާ ޙިއްޞާކުރާނެ ކަމަށާއި އެ ކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެދޭނެ ކަމަށެވެ.
ބަންގްލަދޭޝްގެ ކާބޯތަކެއްޗާބެހޭ ވުޒަރާގެ އިސްވެރިޔަކު ވިދާޅުވީ އެ ޤައުމަށް ރަޝިޔާއިން ގެންނަ ގޮދަނުގެ އަސްލަކީ އިސްތިއުމާރުކޮށްފައިވާ ސަރަޙައްެއް ކަމަށްވާ ނަމަ އެ ފަދަ ގޮދަން އެ ޤައުމަށް އެތެރެ ނުކުރެވޭނެ ކަމަށެވެ. އެ ޤައުމުން ވަގަށް ނަގާފައިވާ ގޮދަން އެތެރެ ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާއާއި ޔޫކްރެެއިން ހަނގުރާމަކުރަމުންދާއިރު ޔޫކްރެއިނަށް މުދާ ބޭރުކޮށްގެން އާމްދަނީ ލިބޭ މައި އެއް ދާއިރާއަކީ ދަނޑުވެރިކަމުގެ ދާއިރާއެވެ. އެ ޤައުމުން ގޮދަނާއި ތަރުކާރީން އުފައްދާ ތެލާއި އޮށުން އުފައްދާ ތެޔޮ ބޭރު ޤައުމުތަކަށް ބޭރުކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
