
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ފަލަސްޠީނުގެ ޣައްޒާގައި އަސާސީ ބޭހާއި ސާފު ބޯފެން ނުލިބި، އާންމު ބަލިތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާކަމަށް އދ.އިން ބުނެފިއެވެ. އދ.ގެ އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާ، އޯސީއެޗްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ފާއިތުވި ދެ ހަފްތާގެ ތެރޭގައި ބޭރަށް ހިންގުމުގެ 19،000 ކޭސް ރިޕޯޓުކޮށްފައިވާއިރު، ފުރަމެއަށް ގެއްލުން ލިބިގެން އިތުރު 200 ކޭހެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ބަލިމަޑުކަން ސީދާ ގުޅިފައިވަނީ ޣައްޒާގައި ސާފު ފެނާއި ސާފުތާހިރުކަން ނެތުމާ ކަމަށާއި، މިއީ އާންމު ސިއްޙަތުގެ ނިޒާމު އިތުރަށް ގޯސްވުން ހުއްޓުވުމަށް، ތެލާއި ސިއްޙީ ސާމާނާއި ފެނާއި ސާފުތާހިރުކަމުގެ ތަކެތި އިންތިހާއަށް ބޭނުންވާކަން އިތުރަށް ހާމަވެގެންދާ ކަމެއްގެ ގޮތުގައި އެ އިދާރާއިން ވަނީ ސިފަކޮށްފައެވެ.
ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ތިން މަހެއްހާ ދުވަސްވަންދެން ޔަހޫދީން ހުރަސްއެޅުމަށް ފަހު މިހާރު އެ ސަހަރަށް އެތެރެ ކުރެވެނީ އެހީގެ ސާމާނުގެ ކުޑަ މިންވަރެކެވެ. ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންނެވެ. ޣައްޒާއަށް ހުއްޓުމެއްނެތި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދެމުންދާ ޢުދުވާނުތަކުގައި ފެން އުފައްދާ މަރުކަޒުތަކާއި ހަސްފަތާލުތަކާއި، ކަރަންޓު ވިއުގަތައް ވެސް ވަނީ ސުންނާފަތިކޮށްލައިފައެވެ. އޭގެ މައްޗަށް، ޔަހޫދީން ދަނީ ކޮންމެ ދުވަހަކު ފަލަސްތީނުގެ އާންމުންގެ އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.
ޣައްޒާއަށް ވައްދާ އެހީގެ ސާމާނު ބެހުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރުމަށް ޙަވާލުކޮށްފައި ވަނީ އެމެރިކާއާ ގުޅުންހުރި ޣައްޒާ ހިޔުމަނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފަށެވެ. ޖީއެޗްއެފުން އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރަނީ އެމެރިކާގެ އަމިއްލަ ސަލާމަތީ ކުންފުންޏަކާ ގުޅިގެންނެވެ. ޣައްޒާގައި ޖީއެޗްއެފުން ޙަރަކާތްތެރިވާން ފަށާފައި ވަނީ މިދިޔަ މެއި މަހުގެ 26ވަނަ ދުވަހުއެވެ. ނަމަވެސް އދން ވަނީ އެ ޖަމްޢިއްޔާ މެދިވެރިކޮށް އެހީގެ ސާމާނު ބެހުމަށް ދެކޮޅު ހަދާފައެވެ. ޖީއެޗްއެފަކީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ފައުންޑޭޝަނެއް ކަމަށް އދން ޤަބޫލެއް ނުކުރެއެވެ. އދން ވަނީ ޖީއެޗްްއެފުން އެހީގެ ސާމާނު ބަހާ ނިޒާމަކީ އެހީގެ ސާމާނު ހަނގުރާމައިގެ ހަތިޔާރަށް ހަދައި، ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވާ ނިޒާމެއް ކަމަށް ތުހުމަތު ކޮށްފައެވެ.
ޖީއެޗްއެފް މެދުވެރި ކޮށް ޣައްޒާގައި އެހީގެ ސާމާނު ބަހަން ފެށި ފަހުން، އެޙީގެ ސާމާނު ބަހާ މަރުކަޒުތައް ހުންނަ ސަރަޙައްދުތަކުން 410އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 55،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ޔަހޫދީންގެ ޢުދުވާނީ ޙާމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ވަނީ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
