
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ފަލަސްޠީނުގެ ޣައްޒާއަށް މިހާރު ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އާ މެދު ކަންބޮޑުވުންފާޅުކުރިޔަސް، ޔަހޫދީންގެ އެ ލާއިންސާނީ ޢުދުވާނުތައް ހުއްޓުވަން، އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުވަން، ވިލާތުގެ ޤައުމުތަކުގެ އިއްތިހާދު، އީޔޫގެ ލީޑަރުންނަށް އެއްގަލަކަށް ނޭރުނެވެ. ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ޔަހޫދީންނާއި ވިލާތުގެ އިއްތިޙާދާ ދެމެދު ގުޅުން ބަދަހި ކުރުމަށް ޤާއިމު ކޮށްފައިވާ އެއްބަސްވުމަކާ ޚިލާފުވެފައިވުން އެކަށީގެންވާ ކަމަށް، އެ އެއްބަސްވުން މުރާޖަޢާކުރި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސުން ނެރުނު ކަރުދާހުގައި ވަނީ ދައްކައިފައެވެ. 2000ވަނަ އަހަރު އަމަލު ކުރަންފެށި އެއްބަސްވުމުގައި ޔަހޫދީންނާއި ވިލާތުގެ އިއްތިޙާދުން ވަނީ ދެ ބައި މީހުންގެ ގުޅުން ބިނާކުރާނީ އިންސާނީ ހައްޤުތަކާއި ދިމުޤުރާތީ އުޞޫލުތަކަށް އިޚްތިރާމު ކުރުމުގެ މައްޗަށް ކަމަށް އެއްބަސްވެފައެވެ.
ނަމަވެސް، އީޔޫގެ ލީޑަރުން ބްރަސަލްސްގައި ބޭއްވި ބައްދަލުވުމުގައި އެ ކަރުދާހަށް ޢަމަލުކުރުން ނުވަތަ ޔަހޫދީންނާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައެއްނުވެއެވެ. “ޔޫރަޕިއަން ކައުންސިލުން ގޮވާލަނީ ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލައި، ހުރިހާ އަސީރުން އެއްވެސް ޝަރުތުތަކާ ނުލައި ދޫކޮށްލައި، ދާއިމީ ގޮތެއްގައި ޢުދުވާނުތައް ނިމުމަކަށް ގެނައުމަށް،” އެ ބައްދަލުވުމަށް ނެރުނު ގުޅިފައިވާ ބަޔާނުގައިވެއެވެ. ޔަހޫދީން ޣައްޒާގައި މީހުން ބަނޑަށް ޖައްސަމުންދާކަމުގެ ތުހުމަތުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޔަހޫދީންނާއެކު ހަދާފައިވާ އެއްބަސްވުން މުރާޖަޢާކުރުމަށް މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ފަށައިފައެވެ.
އެކަން މުރާޖަޢާ ކުރުމަށްފަހު، މިދިޔަ ހަފްތާގައި މެމްބަރު ގައުމުތަކަށް ފޮނުވި ކަރުދާސް ވަނީ ސިއްރުކޮށްފައެވެ. ނަމަވެސް، އެކަމަކު މައުލޫމާތު ލިބިފައިވާ ޚާރިޖީ ދާއިރާގެ އިސް ބޭފުޅުންނާ ޙަވާލާދީ ބައެއް މީޑިއާތަކުން ބުނީ އެ ކަރުދާހުގައި އަލިއަޅުވާލާފައިވަނީ ޣައްޒާއަށް އެހީ ނުވެއްދޭ ގޮތަށް ޔަހޫދީން ފުރަބަންދުކޮށްފައި އޮތުމާއި، ހުއްޓުމެއްނެތި އާންމުން ޝަހީދުކުރުމާއި ހަސްފަތާލުތަކަށް އަމާޒުކޮށް ގަސްދުގައި ޙަމަލާ ދިނުމާއި ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ގެއްލުވާލުމާއި، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޤަވާޢިދާ ޚިލާފަށް އާބާދީތައް ފުޅާކުރުމުގެ މައްޗަށް ކަމަށެވެ.
އީޔޫގެ ބައެއް ޤައުމުތަކުގެ ޕްރެޝަރު ބޮޑުވެ، ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގެ ނިންމުންތަކުގައި ޣައްޒާގައި އާންމުންގެ އެތައް ހާސް މީހުން ޝަހީދުކުރަމުން ދިޔުމާއި ހައިހޫނުކަމުގެ ޙާލަތު އިންތިހާއަށް ގޯސްވެފައިވާ މިންވަރާ މެދު ކަންބޮޑުވާކަމަށް ބުނާ ބަޔާނެއް ހިމަނާފައިވެއެވެ. ނަމަވެސް، ޔަހޫދީންނާއެކު ހަދާފައިވާ އެއްބަސްވުން މުރާޖަޢާކުރި ރިޕޯޓާމެދު ގޮތެއް ނިންމުން އަންނަ މަހަށް ފަސްކުރަން ވަނީ ހިމަނައިފައެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 55،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ޔަހޫދީންގެ ޢުދުވާނީ ޙާމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ވަނީ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ތިން މަހެއްހާ ދުވަސްވަންދެން ޔަހޫދީން ހުރަސްއެޅުމަށް ފަހު މިހާރު އެ ސަހަރަށް އެތެރެ ކުރެވެނީ އެހީގެ ސާމާނުގެ ކުޑަ މިންވަރެކެވެ. ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންނެވެ.
ޣައްޒާއަށް ވައްދާ އެހީގެ ސާމާނު ބެހުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރުމަށް ޙަވާލުކޮށްފައި ވަނީ އެމެރިކާއާ ގުޅުންހުރި ޣައްޒާ ހިޔުމަނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފަށެވެ. ޖީއެޗްއެފުން އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރަނީ އެމެރިކާގެ އަމިއްލަ ސަލާމަތީ ކުންފުންޏަކާ ގުޅިގެންނެވެ. ޣައްޒާގައި ޖީއެޗްއެފުން ޙަރަކާތްތެރިވާން ފަށާފައި ވަނީ މިދިޔަ މެއި މަހުގެ 26ވަނަ ދުވަހުއެވެ. ނަމަވެސް އދން ވަނީ އެ ޖަމްޢިއްޔާ މެދިވެރިކޮށް އެހީގެ ސާމާނު ބެހުމަށް ދެކޮޅު ހަދާފައެވެ. ޖީއެޗްއެފަކީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ފައުންޑޭޝަނެއް ކަމަށް އދން ޤަބޫލެއް ނުކުރެއެވެ. އދން ވަނީ ޖީއެޗްްއެފުން އެހީގެ ސާމާނު ބަހާ ނިޒާމަކީ އެހީގެ ސާމާނު ހަނގުރާމައިގެ ހަތިޔާރަށް ހަދައި، ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވާ ނިޒާމެއް ކަމަށް ތުހުމަތު ކޮށްފައެވެ. ޖީއެޗްއެފް މެދުވެރި ކޮށް ޣައްޒާގައި އެހީގެ ސާމާނު ބަހަން ފެށި ފަހުން، އެޙީގެ ސާމާނު ބަހާ މަރުކަޒުތައް ހުންނަ ސަރަޙައްދުތަކުން 410އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
